ދިރާގު ހެޑް އޮފީސް: އެކުންފުނިން ވަނީ މުނިފޫހި ފިލުވުމަށް "ދިރާގު ޕްލޭ" ގެ ނަމުގައި އާ އެޕްލިކޭޗަނެއް ތައްޔާރު ކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 މެއި 2020 - 21:28
މުނިފޫހި ފިލުވުމަށް "ދިރާގު ޕްލޭ" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.
ތަފާތު ވައްތަރުގެ ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ދިރާގުން ތައާރަފްކުރި މި އެޕްލިކޭޝަނުގައި ތަފާތު އެކި ފީޗާތައް ހިމެނެ އެވެ. އެގޮތުން އެއް ސަބްސްކްރިޕްޝަނަކުން އެއްފަހަރާ އެކި ޑިވައިސްތަކުން ބޭނުންކުރެވޭ ފީޗާ އާއި ރެކޯޑު ކުރުމާއި ޕްރޮގްރާމުތަކުގެ ބައިތައް އަލުން ބަލާލުން (ކެޗްއަޕް) ކުރުމާއި ޕްރޮގްރާމް ކުރިއަށްދާ ދުވަސްވަރު އަލުން ފަށައިގެން އެ ޕްރޮގްރާމް ބަލައިލުމުގެ (ރީސްޓާޓް) ފީޗާތައް ހިމެނެ އެވެ.
ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ. އަދި މި އެޕް ތައާރަފު ކުރުމުގެ ގޮތުން ކޮންމެ ސަބްސްކްރިޕްޝަކާއެކު އެއް މަސްދުވަހު ހިލޭ އެޕް ބޭނުން ކުރެވޭނެ ޕެކޭޖެއް ވެސް ދިރާގުން ވަނީ ތައާރަފު ކޮށްފަ އެވެ. މި ޕެކޭޖު އެކްޓިވޭޓު ކުރެވޭނީ ޖޫން 15 ގެ ކުރިން ސބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.
ފުރަތަމަ އެއް މަސް ދުވަހު ހިލޭ މި އެޕް ތަޖުރިބާ ކުރުމަށްފަހު އޭގެ ފަހުން ކޮންމެ މަހަކު ޕެކޭޖް އެކްޓިވޭޓް ކުރުމަށް 30ރ. ދައްކަން ޖެހޭނެ އެވެ. މި ޕެކޭޖު މެދުވެރިކޮށް 23 ޗެނަލެއް ބަލާލެވޭނެ އެވެ.
ދިރާގުން ބުނީ މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގައި ތިބެންޖެހިފައިވާ ދުވަސްވަރަކަށް ވުމުން، މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތަކުގެ ބޭނުން ކުރަން ކުރިއަށްވުރެ އިތުރަށް ޖެހިފައިވާ ކަމަށެވެ. އަދި ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ އާއި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން އަލަށް ތައާރަފު ކުރި މި އެޕްލިކޭޝަން މިހާރު ގޫގަލް ޕްލޭއާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެޕެ
22 May 2020
މަގޭ ބިލުގަ ޑަބަލް ޗާޖުކޮށްފަ 123 އަށް އެތައްސަތޭކަފަހަރަކު އެތައްއިރަކު މަޑުކޮށްގެން ގުޅިމަ ބުނި 10 ދުވަސް ތެރޭ ބިލު ރަނގަޅުކޮށްފަ ފޮނުވާނަމޭ. މަމީނީ އެބުނާ ރަނގަޅޔބިލެއް ލިބޭތޯ. ޢަދިއަދައްދާންދެނވެސް ނުލިބޭ. ޢެކަމު އިރުކޮޅުކޮޅުން ކުރާ ޖެއްސުމެއްހެން މެސެޖް އަދި އޭމެއިލް އެބަ ފޮނުވާ ބިލުދައްކާށެ އެހެންނޫނީ މިބެނިކަމެއް އެވެނިކަމެއް ވެދާނޭ ކިޔާފަ. ކަލޭމެންގެ އެޕެއްނުލިބިގެނެއްނޫޅެން.
ށީޒާ
22 May 2020
އަގުހެޔޮވެެގެން ގޮސް އެކޮޅުކޮޅުން ޖަހާފަ ތިއޮތީ
ތިރަށުއައްމަޑޭ
22 May 2020
ރެޖިސްޓަރ ކުރީމަވެސް ނުބެލެ. އެޑްމިން ކޮންމެވެސް ރައިޓެއް ނުދެޔޯ އެއްޗެކޯ އޮތީ.. ވަގުތުން އަންއިންސްޓޯލްކޮށްފިން
ސީރިއަސްކޮށް
22 May 2020
އަނެއްކާ އަނެއް އެޕް؟ އެހަށްދުވަހުވެސް އެޕެއް ނެރުނެތްނޫންތަ؟
ދީފް
22 May 2020
ޕްލޭ ސްޓޯރުން އެޕު ނުފެނެ
ރަދީފްް
22 May 2020
ފޭސްބުކުން ޖީއޯ ނެޓްވޯޓް ގަތީ ސަބަބުތަކެއް އޮތުމުން. ކޮން އެޕްލޮކޭޝަނެއް. ގަނެބާ އިންޑިއާއިން އެވިއްކާ ޖީއޯފޯނެއް. އެިއިރުން ވައިފއިކޮށް ހުރިހާ އެއްޗެއް ބަލާލެވޭނެ. ފްރީ ފިލްމުވެސް އަބަދު އާއެއްޗެހި ހުނަނާނީ ކޮންމެ ދުވހަކުވެސް. ކުޑަކުދިންގެ ސީރިސްތަކާއި ކާޓޫނުވެސް އެވަރެއްނެތް
ޒިމް
21 May 2020
މި އެޕުން ޑޭޓާ ކޮޅައް ވާނީ ކިހިނެއްބާ؟ އެކަމައް ޖަވާބެއް ބޭނުން.
ހަރުދާ
21 May 2020
ބެލޭނެ ޗެނަލްތަކުގެ ނަންޖަހާލި ނަމަ..