ވިލާ ގޭހުން ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި

ވިލާ ގޭހުން ހިދުމަތް ދޭ ވަގުތަށް އަނެއްކާ ވެސް ބަދަލުތަކެއް ގެނެސްފި އެވެ.


ވިލާ ގޭހުން ބުނީ ކުރިއަށް އޮތްތަނުގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 8:30 އަށެވެ. މިދިޔަ ހަ ރޯދަ ތެރޭގައި ވިލާ ގޭހުގެ ހިދުމަތް ދިނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް އަދި ރޭގަނޑު 08:30 އިން 10:30 އަށެވެ.

މީގެ އިތުރުން ހުސްވެފައިވާ ގޭސް ފުޅި ވިލާ ޓްރޭޑް ސެންޓަރަށް ގޮންގޮސްފި ނަމަ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ވެސް އެ ހިދުމަތް ލިބޭނެ އެވެ.

އޯޑަރު ދިނުމަށް ކޯލް ސެންޓަރު 3336633 އަށް އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ގޭސް ފުޅިއަށް އޯޑަރު ކޮށްލެވޭނެ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ވިލާ ގޭހުން އޮންލައިންކޮށް އޯޑަރު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ އިރު ވެބްސައިޓުގެ އިތުރުން ވިލާ ގޭހުގެ އެޕް ޑައުންލޯޑް ކޮށްގެން ވެސް ގޭހަށް އޯޑަރު ދެވޭނެ އެވެ. އެހެންކަމުން ކޮމްޕިއުޓަރުގެ އިތުރުން ފޯނުން ވެސް ފަސޭހަކަމާ އެކު އޮންލައިންކޮށް ގޭހަށް އޯޑަރުކޮށްލެވޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގޭސް އުފުލުމައި ކުރިން އަމަލު ކުރަމުން އައި އުސޫލުތަކަށް ވިލާ ގޭހުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ގިނަ އޯޑަރު ދިނުމާއި ޕޭމެންޓް ހެއްދުމުގެ ހިދުމަތް ދެނީ އޮންލައިންކޮށެވެ.