އެމްޓީސީސީގެ މަހާޖައްރާފް. - ފޮޓޯ: އެމްޓީސީސީ
10 ޖޫން 2020 - 19:38
ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފުގައި މަސައްކަތް ކުރާ ބިދޭސީންގެ މުވައްޒަފުންގެ ބަދަލުގައި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މުޅިން ވެސް ދިވެހި މުވައްޒަފުންނަށް ބަދަލު ކުރާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި އާޒިމް ވިދާޅުވީ، ކޮންމެ ކުންފުންޏެއްގެ ވެސް ހިންގުން ވަރުގަދަ ކުރުމަށް ދިވެހި މުވައްޒަފުން ގިނަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އެމްޓީސީސީގެ އެންމެ ހަރަދު ބޮޑު މަހާޖައްރާފުގައި މަސައްކަތް ކުރަން މުޅިން ވެސް ދިވެހި މުވައްޒަފުން ނެގުމުން އަހަރެއްގެ މައްޗަށް 7.5 ނުވަތަ 8 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހާޖައްރާފުގައި މިހާރު މަސައްކަތް ކުރަނީ ފަސް ބިދޭސީންނެވެ.
އާޒިމް ވިދާޅުވި ގޮތުގައި، އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވާއިރު، އެފަދަ ކުންފުންޏަކަށް ލިބޭ ކޮންމެ ފައިދާއަކީ ވެސް ދިވެހިންނަށް ލިބޭ ފައިދާއަކަށް ހަދަން ޖެހޭ އެވެ. އެހެންކަމުން ބޮޑު ހޭދައެއްކޮށް، ބޭރު މުވައްޒަފުން ގެނައުމުގެ ބަދަލުގައި އެކަށީގެންވާ އަގެއް ދީގެން ދިވެހި މުވައްޒަފުން ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހިންނަށް ވީމާ ވަކި ކޮން ކަމެއްހޭ ނުކުރެވެންވީ؟ އެހެންވެ މަހާޖައްރާފަށް ބޭނުންވާ ޓެކްނިކަލް މީހުން ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތުން މި ވަނީ ރާއްޖޭން އެ ފެންވަރުގެ މީހުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައި،" މީގެ ކުރިން ވެސް ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ބައެއް މުއައްޒަފުންނާ އެކުންފުނީގެ އެމްޑީ އާޒިމް (މ) ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު
މަހާޖައްރާފުގެ އިތުރުން، އިމާރާތް ކުރުމުގެ ދާއިރާގައި ވެސް އެމްޓީސީސީ އަށް ދިވެހިން ގިނަ ކުރުމަށް އާޒިމް ވަނީ ނިންމަވައިފަ އެވެ. ނަމަވެސް އެ ދާއިރާ އަށް ދިވެހި މުވައްޒަފުން ހޯދަން އެންމެ ރަނގަޅު ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި، ތަމްރީންކޮށް މަޑުމަޑުން މީހުން ވެއްދުމެވެ.
އޭނާ ވިދާޅުވީ، އެމްޓީސީސީން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 200 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. މީގެ ތެރެއިން 50 ޕަސެންޓު ހޭދަ ކުރަނީ ބިދޭސީންނަށް ކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ކުންފުންޏަށް ލިބޭ ކޮންމެ ފައިދާއަކީ ދިވެހިންނަށް ލިބޭ ފައިދާއަކަށް ހެދުމަށް ދިވެހި މުވައްޒަފުން ހޯދަންޖެހޭ ކަމަށެވެ. އެގޮތުން މިހާތަނަށް އެކި ރަށްރަށުން ދިވެހި މުވައްޒަފުން ހޯދަން ގިނަ މަސައްކަތްތައް އެމްޓީސީސީން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެމްޓީސީސީގައި ހުރި އާލާތްތައް ބޭނުންކޮށްގެން މަސައްކަތް ނުކުރެވޭ ވަރު ދިވެއްސެއް މިއަދު އެމްޓީސީސީއަކު ނެތް. އެހެން ކަމަށް ވާ ނަމަ އަޅުގަނޑުމެން އެބަޖެހޭ ކޮންސްޓްރަކްޝަން ދާއިރާގައި ވެސް ދިވެހިން ގިނަ ކުރަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމްގެ މި ވާހަކަތަކަށް އެންއެފްއެމްއީ އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލި ޖަނާހު ވެސް ތާއީދު ކުރެއްވި އެވެ. ކުންފުނިތަކުގައި ދިވެހިން ގިނަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އޭނާ ލަފާދެއްވި އެވެ.
ޖަނާ ވިދާޅުވީ ގޮތުގައި ދިވެހިން ކޮންސްޓްރަކްޝަން ދާއިރާ އަށް ނެރުމަށް ތަމްރީން ކުރަން ޖެހޭނީ ސްކޫލް ދައުރުން ފެށިގެންނެވެ. ޒުވާނުން ތަމްރީން ކުރުމަށް، ރިޓަޔާ ކޮށްފައި ތިބޭ ހުނަރުވެރި މަސައްކަތްތެރިންގެ އެހީ ހޯދުމަށް ވެސް އޭނާ ލަފާ ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ali45678
11 June 2020
ހުސް ދިވެހިން ލީމަ ގިނަފަހަރު ބޭނުން ނުކޮށް ބާއްވަން ޖެހޭނީ. އިރުކޮޅަކާ ޗުއްޓީ ނެގުމާ ސަލާމް ބުނުން ނޫންކަމެއް ނުކުރާނެ. 25 ކްރޫ ސެޓް ގެންގުޅެން ޖެހޭނެ
ޖައްސަބަ
11 June 2020
ދިވެހިން ކޮންސްޓްރަކްޝަން ދާއިރާއާ ވޭޓަރކަންވެސް ކުރާނެ. އެ ޖޮބްތަކުގެ މާކެޓިންގ ރަގަޅުކޮށްލާ އެއީ ދިވެހިން ކުރަން ދެރަވަރު މަސައްކަތްތަކެއް ނޫންކަން ވިސްނައިދީ، އަންހެން ކުދިންވެސް އެފަދަ މަސައްކަތްކުރާ ފިރިހެން ކުދިންނާ ގަޔާވާކަން ޕްރޮމޯޓްކޮށްލައި ތަންކޮޅެއް ގަދައަށް އާ އައިޑިއާސް ވައިގަ ހިފުވާލައިފިނަމަ. ހުރިހާ ކަމަކީ މަސައްކަތަކާމެދު މީހުން ދެކޭ ގޮތް ބަދަލުކުރުން. އޭރުން ކޮންމެ މަސައްކަތެއްވިއަސް ކޮންމެ މީހަކުވެސް ކުރާނެ ފަސްޖެހުމެއްނެތި.
ރާއްޖެ.
11 June 2020
އަދިވެސް ހެލިކޮޕްޓަރު ދުއްވާން އެނގޭ ދިވެއްސަކު ނެތް ދޯ؟
ދަރަނި ދަންތުރަ
10 June 2020
މަހާޖައްރާފުގެ ދުވަސް ތިޔަދިޔައީ ދުވަސްކޮޅަކުން ނަހުލާ ބުނިހެން ބާދަގަޑަށް ކިރާލާ ކަލޭމެނަން ވާނީ ތިވަރު
ޔެސް
10 June 2020
ސަރުކާރުގެ އޮފީސްތަކުން ކުރާ ގިނަ މަސައްކަތްތައްވެސް އެކުރަނީ ނުޤަވާޢިދުން އުޅޭ ބިދޭސީން ލައްވާ. ދެން ކޮންކަމެއް ރަނގަޅު ކުރެވޭނީ؟
ހަންހާ
11 June 2020
ނުވިތާކަށް މިގައުމުގެ ދިފާއީ މައިމަރުކަޒުގެ ބޭރުގައި ކޮންމެވެސް މަސައްކަތަކު އެތަނަށް ވަންނަން ސަފު ހަދާލާފަ ޔުނިފޯމެއް ލައިގެން ބިދޭސީން ތިއްބާ 4 މަހެއްހާ ކުރިން ދުށިން. އެތަނުގައިވެސް ބިދޭސީން ބޭނުންކުރާ ވަރެއް ހޯދާ ބަލައިލައިފިއްޔާ އެނގޭނެ. އެންމެ ފަހުން ކޮވިޑްގައި މަރުވި ބޭރު މީހާވެސް އެތަނުގެ މަސައްކަތުގަ އުޅުނު މީހަކަށްވީ.
ދެރަދޯ
10 June 2020
މަހާޖައްރާފުގެ މުހިއްމުކަން އަދި ކިރިޔާ ތިޔަ ވިސްނެނެނީ ރައީސް ޔާމީން އަށް ޝުކުރިއްޔާ
ގއ.މާމެންދޫ މީހެއް
10 June 2020
ޖަނާ ކާރީގައި އަހާބަލަ ގއ. ދިގުރަށާއި މާމ މުޓާގައި ރިސޯޓު ހަދައި ނި މުނުއިރު އެތަނުގައި ކިތައް ދިވެހިން މަސައްކަތް ކުރިތޯ؟ ހަނދާންވަނީ ކުޑައިރު ބެލި އޮ މްރިޝްޕޫރީގެ ފިލް މެއްގެ މަތިން....... ހައްތަހާވެސް ހިޔަޅުގެ ކަރުނައެޅުން.
ޔެސް
10 June 2020
ޖަނާއޭ! ތިހެން ބުނީމާ ހަނދާނަށް އަންނަނީ މިޤައުމަށް ބަންގާޅީން އަޅައިގެން މުއްސަނދިވެގެން އެ އުޅޭ ޖަނާގެ މަތިން
ހަ މަބީސް
10 June 2020
ހުސް ދިވެހީން އުޅެން ފަށާތާ މާގިނަދުވަހެއް ނުވަނީސް އޮޑީގެ ބައިތައް ލޯކަލް މާރުކޭޓުގަ ވިއްކަން ތިއްބާ ފެންނާނީ.
އެމްސް
10 June 2020
ބިދޭސީން ފުރަތަމަ ރާއްޖެ އެތެރެކުރަންފެށީ މާލޭ މުނިސިޕަލްޓީއަށް! އެހެންވީމަ މައްސަލައިގެފެށުން އޮތްތަނުން، މައްސަލަ ޙައްލުވެސްކުރަން އިސްނަގަންވާނެ! މަޖިލިހަށް ބިލެއް ލާންވީ، ސަރުކާރު ޙިއްސާވާ އެއްވެސްތަނެއްގަ ބިދޭސީން ނުގެންގުޅެވޭނެ އޭ ކިޔާފަ!
ޮއޮޅޭ ސަރުކާރު
10 June 2020
4 މަސްފަހުން އެހެންސީއީއޯ އެއް ބުނާނެ މީ ކުރާވަރުކަމެއް ނޫނޭ. އޮޅިގެން ބުނެވުނު އެއްޗެކޭ.