މީހަކު ފޭސްބުކް ބޭނުންކުރަނީ: އުރީދޫން ވަނީ ފޭސްބުކްގެ ހިލޭ ބޭނުން ކުރެވޭ ވާޝަނެއް ތައާރަފުކޮށްފައި--
12 ޖޫން 2020 - 20:46
އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ ހިލޭ ބޭނުން ކުރެވޭ ވާޝަން "ފޭސްބުކް ފްލެކްސް" އުރީދޫން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ފޭސްބުކާ ގުޅިގެން އުރީދޫން ތައާރަފުކުރި މި ވާޝަނުން އުރީދޫގެ ކަސްޓަމަރުންނަށް ފޭސްބުކް އަދި ފޭސްބުކް މެސެންޖާ ހިލޭ ބޭނުންކުރެވޭނެ އެވެ. މިއީ އުރީދޫ ކަސްޓަމަރުންނަށް އެކަކު އަނެކަކާ މުއާމަލާތްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ހުރިހާ ކަސްޓަމަރުން ވެސް ގުޅުވާލަދިނުމުގެ ގޮތުން ތައާރަފުކުރި ވާޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯބައިލް ޑޭޓާގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ފޭސްބުކާއި މެސެންޖާގެ "ފްރީ މޯޑް"އަށް ފިއްތާލުމުން ހިލޭ ބޭނުންކުރެވޭނެ އެވެ. އަދި މޯބައިލް ފޯނު ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް free.facebook.com މެދުވެރިކޮށް މިހިދުމަތް ބޭނުންކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
ފޭސްބުކް ފްލެކްސް
މީގެ އިތުރުން މި ހިދުމަތާއެކު އާދައިގެ މޯބައިލް ފޯނު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ހިދުމަތް ފޯނު މެދުވެރިކޮށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.
މި ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕޯސްޓްކުރުމާއި، ޕޯސްޓްތަކަށް ލައިކް ކުރުމާއި، ކޮމެންޓްކުރުން އަދި ލިޔެފައި ހުންނަ ކޮންޓެންޓް ބްރައުޒް ކުރުން ހިމެނެ އެވެ. މީގެ އިތުރުން ފޭސްބުކް މެސެންޖާ މެދުވެރިކޮށް މުޅިން ހިލޭ ޗެޓް ކޮށްލެވޭނެ އެވެ. ނަމަވެސް ފޮޓޯ އަދި ވީޑިއޯ ހިމެނޭ ޕޯސްޓްތައް ބަލާލުމަށް، ބޭނުންވާ ޕޯސްޓްއަށް ފިތާލުމުން ޑޭޓާއަށް ޗާޖް ކުރާނެ އެވެ. މި ހިދުމަތަށް ޑޭޓާ ޗާޖު ކުރާނީ ކަސްޓަމަރަށް ނޮޓިފިކޭޝަނެއް ފޮނުވުމަށްފަހު އެވެ.
އުރީދޫން ބުނީ ފޭސްބުކް ފްލެކްސްގެ ހިދުމަތާއެކު، ޑޭޓާ ބޭނުންކުރާވަރު އިތުރަށް ކޮންޓްރޯލް ކުރުމަށް މަގުފަހިވނެ ކަމަށެވެ. އަދި، ޑޭޓާ ބެލެންސް ނެތިވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖަގެ ބޭސިކް ޚިދުމަތްތައް ބޭނުންކޮށް އާއިލާ އާއި ރަހުމަތްތެރިންނާ ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަޓިސްޓް، ރ.ވާދޫ
13 June 2020
ފޭސްބުކްގަ އޮންނަނީ ހުދް ޓެކްސްޓްތަ؟ މީހުން ގަޅިހައްދައިގެން ތިކަހަލަ ކަންކަން މިހާރަކު ކނުމުރެވޭނެ. އެޒަމާން ގޮއްސި.
މުހައްމަދު..
13 June 2020
ހިލޭ ވަނީ ހަމަ އެކަނި ޓެކްސްޓް ކޮޅު އެކަނި، ވީޑިޔޯއެއް ފޮޓޯއެއް ލޯޑް ކުރަންޏާ ޑޭޑާ ކެނޑޭނެ.
އާރީ
13 June 2020
ސަޅިކަމެއް
ދަރަނި ދަންތުރަ
12 June 2020
ދިވެހިންގެ ކުއްފުނި ދިރާގު ކަބައި...
ދީފް
13 June 2020
ދިރާގު އުޅެނި އެޕުލިކޭސަން ހެދުމުގަ