އެޗްޑީސީގެ އޮފީސް: މިހާރު ނަގާފައިވާ ލޯނުތަކާ ހެދި މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި --ފޮޓޯ:ހުސައިން ވަހީދު/މިހާރު
25 ޖޫން 2020 - 18:14
ހުޅުމާލޭގެ ބިމަކީ ތަރިކަ މުދަލެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލައިގެން ނުވާނެ ކަމަށާއި މިގޮތަށް ދެކޭ ނަމަ އެ ކުންފުނި އުވާލަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ނިންމާފައިވާ ކަމަށް ބުނެ އެކަން ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީން ފޮނުވި ސިޓީގައި ވަނީ ދެވަނަ ފިޔަވަހިން ބިން ވިއްކަން މަޝްވަރާ ކުރި ނަމަވެސް މިވަގުތު ބިން ވިއްކަން ނުނިންމާ ކަމަށް ބުނެފަ އެވެ. ސިޓީގައި އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ މާލިއްޔަތާއި އެސެޓްގެ ތެރޭގައި ހުޅުމާލޭގެ ބިން ހިމެނޭ އިރު އެ ބިންތައް ފެންނަ އަގެއްގައި ވިއްކުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
އެޗްޑީސީން ދިން ޖަވާބާ ގުޅިގެން ބޮންޑޭ ވިދާޅުވީ، އެޗްޑީސީ އުވާލުމަށްފަހު، ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރަށްރަށުގެ ބިން ބޭނުން ކުރުމުގައި އަމަލު ކުރާ އުސޫލުގެ ތެރެއަށް ފެއްތުމަށްފަހު އާ ކުންފުންޏެއް އުފައްދަން ޖެހޭ ކަމަށެވެ.
"ކުންފުނީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން ޖެހޭ. މިހާރު ރައްޔިތުންގެ އަތުގައި ފައިސާ ނެތް ދަނޑިވަޅެއްގައި ރައްޔިތުންގެ ތަރިކަ މުދާ އެޗްޑީސީން ވިއްކަން، ކުރީގެ އިނގިރޭސީން އިންޑިޔާއަށް އަރައިގެން އުޅުނު ޒަމާނުގައި އީސްޓް އިންޑިއަން ކުންފުނިން އަމަލު ކުރި ގޮތަށް ހުޅުމާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ ތަރިކަ މުދަލޭ ކިޔާ، ހުޅުމާލެ އެއްކޮށް ވިއްކާލައިފި ނަމަ މާ ހުރިހާ ރައްޔިތުންނަށް ވެސް ދެރަވާނެ ކަމަށެވެ.
އެޗްޑީސީއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް 2001 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި އެންމެ ބޮޑަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރާ ރަށެވެ.
މި މައްސަލައާ ގުޅިގެން ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވީ، އެޗްޑީސީން ފޮނުވާފައިވާ ސިޓީއާ މެދު ކަންބޮޑުވާ ކަމަށެވެ. މާލޭގެ ބިމަކީ ދިވެހި ދައުލަތުން ބަލަހައްޓާ ބިންތަކަކަށްވާ އިރު ހުޅުމާލޭގެ ބިން ވެސް އޮންނަން ވާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ގްރޭޓާ މާލޭ އޭރިއާއޭ ކިޔާ އިރު ހުޅުމާލެ ސަރަހައްދު ވެސް ހިމެނެނީ މާލެ ސިޓީގެ ދަށުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކުންފުންޏެއްގެ އެސެޓެއްގެ ގޮތުގައި ހުޅުމާލޭގެ ބިން އޮތުން އެއީ ބިރުވެރިކަމެއް. މިއީ ޕޮސިލީ ލެވެލްގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
މިކަން ސަރުކާރާއި މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް ވަނީ ބޮންޑޭގެ ވާހަކަތަކަށް ތާއީދު ކުރައްވާ އެޗްޑީސީ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ފުވައްމުލަކު ޑިވަލޮޕްމަންޓް ކޯޕަރޭޝަން، ދިއްދޫ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އައްޑޫ ސިޓީ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، މަތިވެރި ޑިވަލޮޕްމަންޓް ކޯޕަރޭޝަން ހަދާފައި އަޅުގަނޑުގެ ބިންތައް ހަވާލު ކުރީގައި އަޅުގަނޑުމެންނަށް ވެސް ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އެޗްޑީސީން އުވާލަން ބައެއް މެންބަރުން ހުށަހެޅި އިރު މިއަށް ވުރެ ކޮމިޓީގެ މެންބަރުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.
"ދައުލަތުން ކުންފުންޏެއް އުފައްދާފައި އޮންނަނީ ވަރަށް ބޮޑު މަގްސަދެއްގައި. އަޅުގަނޑުމެންގެ މެންޑޭޓަކީ ދައުލަތުން އުފައްދާފައިވާ ކުންފުންޏެއްގެ މަގްސަދު ހާސިލުވޭތޯ ނޫންތޯ ބެލުން. ބަލައިފައި ގޯސްކޮށް ކަމެއް ހިނގާނަމަ ރަނގަޅުކުރަން އެދުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތަނެއް އުވާލަން ޖެހޭ ވަރަށް ގޯސްކޮށް ހިނގާ ނަމަ އެ ރިކޮމަންޑޭޝަން ވެސް ސަރުކާރަށް ދެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވެސް ވިދާޅުވީ، ބިން ވިއްކުމާ ގުޅިގެން ހުށަހެޅި މައްސަލައިގެ ޖަވާބު އެޗްޑީސީން ލިބިއްޖެ ކަމަށާއި އެހެން ކަމުން މައްސަލަ ވަރަށް ސާފު ކަމަށެވެ.
"މީގެ ތެރެއިން އެހެން މައްސަލައެއް މި ފެންމަތިވީ. އެއީކީ އަޅުގަނޑުމެންނަށް ނިންމޭނެ މައްސަލައެއް ނޫން. ޕޮލިސީ ލެވެލްގެ މައްސަލައެއް. މިއީ ވިޔަފާރި ކުންފުންޏަކަށްވާތީ މި ކުންފުނިން ބިން ވިއްކޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން މިހާރު. އެއީ އަޅުގަނޑުމެންގެ ސަރުކާރުން ހަދާފައި އޮތް ގޮތް. ދިވެހި ދައުލަތުން ނިންމާފައި އޮތް ގޮތް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
26 June 2020
އެޗްޑީސީ އުވާލާފަ އެކުންފުނީގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައޭ ކިޔާފަ ޕާޓީގެ ކޮންމެވެސް ބަޔަކައް އަނެއްކާ ދައުލަތުން ލާރިގަނޑެއް ހޯދަދީ
ޢިބޫ
26 June 2020
އެޗްޑީސީ އުވާލާފަ މާލޭ ސިޓީކައުންސިލް ދަށަށް ހުޅުމާލެ ގެންނަންވީ އެއީ މާލޭގެ އަށެއް.
އަލިފްބާ
26 June 2020
ބޮންޑޭ މިފަހަރު އެބުނީ ރަނގަޅަށް.
ކެލާ
26 June 2020
އެޗްޑީސީގައި ބޭކާރު މުވައްޒަފުންލަެިގެން އެތަނުގެ ޚަރަދުތައް ބޮޑުކޮށްގެން ކެމްޕޭނުތަކަށް ޚަރަދުކޮށްކުންފުނި ބަނގުރޫޓުކޮށްފަ މުއްސަނދިންނަށް ބިން ވިއްކައިގެން ނިކަމެތިން ނިކަމެތިވާގޮތް ހަދަން މިއުޅެނީ. ބޮންޑާ ބުންޏަސް ރަނގަޅު ވާހަކައެއް ވާނީ ރަނގަޅު
ވަކިކުރަން
26 June 2020
ހުޅުމާލެ އެއީ މިހާރު މާލެ ސިޓީގެ ދަށުގަ އޮންނަންވީ ތަނެއް ނޫން. އެތައް ހާސް ބަޔަކު އެތަނުގަ މިހާރު ކުރިއާ ޚިލާފަށް އާބާދުވެއްޖެ. އެއީ ވަކި ކައުންސިލެއް އޮންނަންޖެހޭ ފަދަ ތަނެއް މިހާރު. މާލެ ސިޓީގެ ކަންކަން މާލެ ސިޓީ ކައުންސިލަށް ނުބެލެހެއްޓިގެން އުޅޭއިރު ހުޅުމާލޭ ކަންކަން އަމުދުން ނުބެލެހެއްޓޭނެ.
ތުރާކުނު ބޮޑުމާލޫދު
26 June 2020
ތިންބާރު އެއްވިޔަސް ގައުމުގެ ހަރުމުދަލާއި ބިންތައް ނުވަތަ ގޯތި ނުވަތަ ރައްޔިތުން ގެ ވާރުތަމުދާ ހިތުހުރިގޮތަކަށް ނީލަންކިޔަން ފުރުސަތު ދީގެން ނުވާނެ . ބޮންޑޭއަށް ތާއީދު
ޖާބެ
26 June 2020
ކުންފުންޏެއް ނުން މައްސަލައަކީ ތަން ހިންގަން ލާފަ ތިބި ވެރިން މމ މީހުން ބަދަލުކުރަން ޖެހޭ ޒީރޯ ޓޮލަރަންސް އޭކިޔާފަ ހުސްޖަރީ މާ މިތަނުގެ ސީ.އީ.ޢޯ އެ މް.ޑީ ގެ މައްސަލާ ބަލަންޖެހޭ މިތަނުގަ ފިތުނަވެސް އެބައޮތް ޑީ.އެ މް.ޑީ ނާޖާއިޒް ގޮތުގަ ކަންކަން ހިންގާ ވާހަކަ ވެސް އެބަ ދެކެވޭ ބޮންޑާ މެން ވަކާލާތު ކުރި އެއްވެސް ކަ މެއް ނުހިގާ މުޅިންވެސް ހުސް އަނގަ ތިތަޅަނީ މިހާރު ތިޔައީ ރައްޔިތުންނައް ވެވޭ ޙިޔާނަތެއް ވިސްނާ
އެމްސް
26 June 2020
ޑިމޮކްރެޓިކް ވެއްޓެއްގަ، 3 ބާރަށް ޙަރަކާތްތެރިވެވޭނެ މިންގަނޑު މަޖިލިސް މެމްބަރުންނަށް ކިޔާދޭނީ ކާކުބާ؟ ހަމަގައިމުވެސް ބޮންޑޭ އަކީ އެފަދަ މީހެއް ނޫން، އެއީ ނަސްލީތަފާތުކުރުމުގެވެސް ބޮޑެއް!
ބަސް
26 June 2020
ﷲ މި މުސީބާތުން މިގައުމު ރައްކާތެރިކޮށްދެއްވާ. މަޖިލީހަށް އަދިވެސް ގައުމުގަ ތިބި މޮޔައިން ހޮވާ.
އެމްސް
26 June 2020
ޝަރުޠު ހަމަވޭ، ބުއްދި ހުރެފަ/އަސާސީ ފެންވަރު ހުރޭ! އަޑުގަދަވީމަ ވޯޓް ހޯދޭ!
ކަކުނިބޯ
26 June 2020
ބޮންޑޭބުންޔަކަސް ތެދެއްވާނީ ތެދަކަށް އެތަނުގެ ބިންވިއްކާގެންނާއި ބިންތައްކުޔަށްދިގެން ލިބޭހާފައިސާއެއް އެތަނުގައި ތިބިމީހުންގެ މުސާރަޔަށްގޮސް ހުސްވަނީ ހެސްކިޔާފަ ބޮޑެތި މުސާރަތަށް
އެމްސް
26 June 2020
މަޖިލިސް މެމްބަރުންގެ މުސާރަތައް ކުޑައީތޯ؟
ގަބުޅި
26 June 2020
އެޗްޑީސީ ވެރިން ގެ މުސާރަތައް ހާމަކުރޭ