ބީއެމްއެލް އިސްލާމިކް ކުރިން ހިންގަމުން އައި އިމާރާތް: ޕޮޒިޓިވްވެފައިވަނީ މި އިމާރާތުުގައި ހުންނަ އެ ބެންކުގެ ޑިޕާންޓެއްގައި މަސައްކަތް ކުރާ މުވައްޒަފެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު
08 ޖުލައި 2020 - 14:58
ކުރިން ބީއެމްއެެލް އިސްލާމިކް ހިންގި މ. ސީޓްރެކްސް ބިލްޑިންގުގައި ހުންނަ ބީއެމްއެލްގެ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ބީއެމްއެލް އިން ބުނީ މުވައްޒަފަކު ޕޮޒިޓިވްވިކަން އެނގުމާ އެކު އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަމުން އަންނަ ކަމަށެވެ.
އެ ބޭންކުން އެޗްޕީއޭއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރަމުން ކަމަށާއި މިވަގުތު އެންމެ މުހިންމީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާތީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޭންކުން މުވައްޒަފަކު ޕޮޒިޓިވް ވިޔަސް ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތް ދޭނެ އެވެ. މި ހިދުމަތްތައް ކުރިއަށްގެންދިއުމަށް އިމާރާތުގެ އާއްމު ތަންތަން ސާފުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ރާއްޖޭން މިހާތަނަށް 2،501 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވެ ވެފަ އެވެ. މީގެ ތެރެއިން 2،158 މީހުން ބަލިން ރަނގަޅުވެފައިވާއިރު 12 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮއްޔި
09 July 2020
ގައުމީ ޔުނިވަރސިޓީގައިވެސް އުޅެނީ އެއްފަހަރާ ހުރިހައި އިދާރީ މުވައްޒަފުން ނެރެގެން، 8-2އަށް
859 އަދުރޭ
08 July 2020
ކުރެޑިޓް ޑިޕާރޓްމަންޓަކީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅާފަ އޮތް ތަނެއް ނޫން އެ ޑިޕާޓްމަންޓުން ގަބޫލް ކުރާކަމައްވަނީ ކޮވިޑް19 އަކީ އާދައިގެ އަރުދޮފުސް ރޯގައެއްކަމުގަ އެތާތެރެޔަކު ގައިދުރުކަމެއް ނޯވެ ހިތައްއެރިމީހަކު މާސްކްވެސް އަޅައިގެން އުޅެނީ، މޮޅުވާނެ ވާހަކަދައްކަން ކަންކަން ފޫބައްދަން. ވަރައް ވެދުމާ ސަލާމް
ރަސްފާ
08 July 2020
ކޮވިޑް19 ދެކެބިރުން އުޅެނީ ބަލިނެނގޭތީ ކުރެޑިޓް ޑިޕާރޓްމެންޓައް އަންގާފަ އޮންނާނެ އިރުކޮޅުކޮޅުން އަތްދޮންނަން ބެންކުގެ އެހެން ޑިޕާޓްމެންޓްތައް ބައްލަވާ އެޗް ޕި އޭ ބޭފުޅުން.
މުޖާހިދު
09 July 2020
ހާދި ހީވެޔޭ ބީ.އެމް.އެލް ގެ ކުރެޑިޓް ޑިޕާޓްމެންޓުގައި މަސަކަތްކުރާ ކުއްޖެެއްހެން......
ސީރިއަސްކޮށް
08 July 2020
ބައެއް ދިވެހިންނަށް ހީވަނީ ގައިދުރުކުރާށޭ، މާސްކް އަޅާށޭ ބުނީމާ އެމީހުންގެ މިނިވަންކަމަށް އަރައިގަންނަނީއޭ...
ސިއްތީ
08 July 2020
ޝަފާކަﷲ.
ބަންދު ދުވަސް
08 July 2020
ރޭގަޑާއެކު ހުޅުވާފައި ބަހައްޓަން ފެނެއެވެ.
ކަސަބު
08 July 2020
އިރާދަކުރެއްވިއްޔާ އިތުރު ބަޔަކަށް ބަލި ނުޖެހޭނެ. ބޭންކަކީ އާންމުންނަށް ޚިދުމަތްދޭތަނެއް. ގިނަ ބަޔަކު ގޮސްއުޅޭތަނެއް.