ވިޔަފާރި / އަކުއާ ވިޓާ

ހުޅުމާލޭގެ ހިތްގައިމު ދިރިއުޅުމަކަށް އަވަހަށް އަކުއާވީޓާ އިން ފްލެޓެއް ގަނެލާ!

މާލެ ސަރަހައްދުގެ ހަލަބޮލި މާހައުލުގެ ތެރެއިން ހިތްފަސޭހަ، އަމާން ދިރިއުޅުމަކަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ހުޅުމާލެ އެވެ. ހުޅުމާލޭގެ ތަރުތީބު ކަމާއި އިމާރާތްތައް ރޭވިފައިވާ ގޮތުން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. ހުޅުމާލެ އަށް ބަހާއި ފެރީގައި ދަތުރު ކުރެވޭ އިރު ބްރިޖާ އެކު އެރަށަށް ދިއުމަށް ވަނީ ވަރަށް ބޮޑު ފަސޭހައެއް ލިބިފަ އެވެ.

ވެހިކަލްތަކުގެ އަޑު މަޑުވެފައި ޒަރޫރީ ހުރިހާ ބޭނުމެއް ވެސް ފަސޭހަކަމާ އެކު ހުޅުމާލެ އިން ފުއްދާލެވެ އެވެ. މި ހުރިހާ ކަމަކާ ގުޅިގެން ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މީގެ ކުރިން މޫސުން ގޯސްވުމުން ދަތުރުތައް ކުރުމުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫތަކާ ދިމާވި ނަމަވެސް ބްރިޖާ އެކު އެކަމަށް ވެސް ވަނީ ހައްލު ލިބިފަ އެވެ.

މާލޭގެ ހަލަބޮލި މާހައުލުގައި އުޅޭ ރައްޔިތުން ވެސް ހިތްހަމަ ޖައްސާލުމަށް ހުޅުމާލެ އަށް ބަންދުތަކުގައި ގޮސް އުޅޭ އިރު ހުޅުމާލެ އަކީ ޕާކުތަކާއި ބީޗް ސަރަހައްދު ވެސް ބޮޑު ވަރަށް ބޮޑަށް ރޭވިގެން ތަރައްގީކޮށްފައިވާ ރަށެކެވެ. މަގުތަކުގެ ތަރުތީބުކަމާއި ކޮންމެ މަގެއްގެ ދެ ފަރާތުގައި ހެދިފައިވާ ގަސްތަކުން އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ހިންހަމަޖެހުން ލިބޭނެ ކަން ޔަގީނެވެ. މީގެ އިތުރުން ހުޅުމާލޭގައި އަޅާފައި ހުރި ރީތި މިސްކިތްތަކުން އެ ރަށުގެ މަންޒަރު އިތުރަށް ފުރިހަމަކޮށްދެ އެވެ.

އަކުއާ ވީޓާގެ އެޕާޓްމެންޓެއް

މިކަންކަމުގެ އިތުރުން ހުޅުމާލެ އަކީ މޫދަށް ލޯބިކުރާ މީހުންނަށް ވެސް މަރެކެވެ. އެގޮތުން ސްނޯކްލިން އާއި ޑައިވިން އާއި ޕެރެސެއިލިން އާއި ކެނޯއި ދުއްވާލުން ފަދަ މޫދުގެ ތަފާތު ހަރަކާތްތައް ވެސް ފަސޭހަކަމާ އެކު އެރަށުން ކޮށްލެވޭނެ އެވެ. އަދި އެންމެ ޒަމާނީ ކެއުންތަކުގެ ރެސްޓޯރެންޓްތައް ވެސް އެރަށުގައި ވަނީ ހުޅުވައިފަ އެވެ. މިއީ ތަފާތު ކެޔުންތަކަށް ލޯބި ކުރާ މީހުންނަށް ރައްތެހިންނާއި އާއިލާއާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަށް ލިބޭ އިތުރު ފުރުސަތެކެވެ.

މި ހުރިހާ ކަމެއް ތަޖުރިބާކޮށް ހުޅުމާލެ އަށް ވަޒަންވެރިވެ ލަގްޒަރީ ދިރިއުޅުމެއް އުޅުމަށްޓަކައި އަކުވާ ވީޓާއިން ވަނީ ރަނުގެ ފުރުސަތެއް ހުޅުވައިލައިފަ އެވެ. އަކުވާ ވީޓާއިން ދޫކުރާ އެޕާޓްމެންޓްތަކަށް އިންވެސްޓްކޮށްގެން އެންމެ ޒަމާނީ ފްލެޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބުނީ އެވެ.

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗުން ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ. އެއީ ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ. މި އެޕާޓްމެންޓްތަކުގެ ކޮންސްޓްރަކްޝަންގެ ބޮޑުބައި މިހާރު ވަނީ ނިމިފަ އެވެ.

ދެ ކޮޓަރި އާއި މެއިޑް ރޫމެއް ކަހަލަ ކޮޓަރިއެއް ހުންނަ އެޕާޓްމަންޓެއްގެ އަގު ފެށެނީ ތިން މިލިއަން ރުފިޔާ އިންނެވެ. ތިން ކޮޓަރި އާއި މެއިޑް ރޫމެއް ކަހަލަ ކޮޓަރިއެއް ހުންނަ އެޕާޓްމަންޓެއްގެ ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ އެވެ.

އަކުއާ ވީޓާ ރެޒިޑެންސްގައި ހުންނަ ޖިމް

މި ތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމަށް ބަލައިގެންނެވެ. މި އެޕާޓްމެންޓް ކޮމްޕްލެކްސް 14 ބުރި އަށް ނަގާއިރު ހާއްސަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ހުރިހާ އެޕާޓްމަންޓްތަކެއް އެއާ ކޮންޑިޝަންކޮށްފައި ވުމުގެ އިތުރުން ހުންނާނީ ލަކުޑި ޕްލޯރިން އަޅައިފަ އެވެ. މީގެ އިތުރުން ޕާކު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިތުރުން ސްވިމިން ޕޫލާއި ޖިމަކާއި ކްލަބް ހައުސްގެ އިތުރުން ޕާޓީތަކަށް ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ އެވެ.

އެޕާޓްމެންޓްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7708866 އަދި 7288661 ނުވަތަ 7388866 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ގަޑިއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ހަވީރު 5 ޖަހަންދެންނެވެ.

31 ކޮމެންޓް, 238 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 16%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާލަފިލި

27 July 2020

މިއީ އިސްތިހާރެއްދޯ!؟

The name is already taken The name is available. Register?

އިބޫރާހިމް

27 July 2020

ކީއްކުރާނީ އަދި ރައްޔިތުންނަށް ރަންގަޅު އޯގާތެރި ސަރުކާރެއް ނާދޭ އަންނާނެބާ!

The name is already taken The name is available. Register?

ލޭނޑް ލޯޑްސް

27 July 2020

މާލޭ މަހުޖަނުންނަށް ލޭންޑް ލޯޑްސް އަށް އިތުރު ފުރުސަތު މިއޮތީ. މަހުޖަނުންގެ ފުލެޓް. މިމީހުންވެސް މަރުވާނެ ކަން ހަނދާން ބަހައްަތަން ރަނގަޅު. އެދުވަހުން ކުލި ނަގާ ބޮޑު އަގުގަ ެތަންތަން ވިއްކަކަށް ނޫޅެވޭނެ

The name is already taken The name is available. Register?

އަޅުކަލޭގެ

27 July 2020

މީކީ އެއްވެސް ހާލަތެއްގައި ނުފޯރާ މީހަކަށް ނޫނީ ނިކަމެތިންނަށް ހުރި ތަނެއް ނޫން. މިތަން ލިބުނަސް ނިކަމެއްޗަކައް މިތަނުގައި އުޅެން ދަތިވާނެ އެއީ ޚަރަދުތައް ބޮޑުކަމުން. މިއީ ފޯރާ މީހުންނަށް ހުރި ތަނެއް. އަހަރމެން ނިކަމެތިން ކޮންމެހެން މިތަނަށް ކަޅިއަޅާ ކޮމެންޓު ކުރާކަށްވެސް ނުޖެހޭ.. ރާއްޖޭގައި ހަދާ ހުރިހާ އެޕާޓްމަންޓަކީ ނިކަމެތިންނަށް ފޯރާފަށުގައި ހުންނާނޭ ތަންތަން ކަމުގައި ވިސްނުމަކީވެސް ގޯހެއް.

The name is already taken The name is available. Register?

އއމނ

27 July 2020

މައްސަލައަކީ މެދުފަންތީގެ މީހުންނަށް ފްލެޓް ނާޅާތީ

The name is already taken The name is available. Register?

ކައުންސެލަރު

27 July 2020

ނޫސްވެރިން!!! އެންމެ އަގުހެޔޮކޮށް ލިބޭ ތަންތަނުގެ އަގު ފެށެނީވެސް 3 މިލިއަން ރުފިޔާއިން. ދެރުފިޔާ އެއްތާ އޮއްވާ ނުފެންނަ ދެރަނިކަމެތިމީހާއަށް ތީން ތަނެއް ގަނެވޭނީ ކިހިނެއްހެއްޔެވެ؟ މިތަންތަނާމެދު ނުރުހޭނަމަ ފުރަތަމަވެސް އަގުގެ ވާހަކައިން ލިޔުން ފެށީހީ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ.

The name is already taken The name is available. Register?

ޝަރުމާ

27 July 2020

ޔާމީނު ހެދި ކޮތަރު ކޮށިތަކުގެ ސަަބަބުން ހުޅުމާލޭގެ ތަރުތީބު ގެއްލި އެތަން ސުލަމް އޭރިޔާއަށް ވެގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑު.

The name is already taken The name is available. Register?

އަލީދާ

27 July 2020

ބުނަން ރަގަޅުވާހަކައެއް. ތަރުތީބުކޮށް ރާވައިގެން މުއްސަދިން މުއްސަދިވީމަވެސް. ބާކީމިހުންވެސް އުޅޭނީ ސަލަމުގަ

The name is already taken The name is available. Register?

ފައިސަލު

27 July 2020

ސީލައިފް އަށް ދެއްކި ފައިސާ އެޗްޑީސީން ނުދީގެން މިއުޅެނީ އަދިވެސް އޭރުންތާ ދެންވެސް ތަނަކަން ފައިސާދެއްކޭނީ..ކޯޓްއިން ހުކުމު ކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެ.

The name is already taken The name is available. Register?

ދާލު

27 July 2020

ތިއީ މުއްސަދިންނަށް އެކަނި ގަނެވޭތަނެއް 4.8 މިލިޔަނަށް. ލޯނުގަނޑެއް ލިބުނަސް އަތުގަ އޮންނަން އެބަޖެހޭ 9 ލައްކަ60 ހާސް ރުފިޔާ. ޢަދި ލޯނު ލިބިއްޖެނަމަ ލޯނުލިބިއްޖެނަމަ މަހަކު 39 ހާސް ރުފިޔާ 20 އަހަރުވަންދެން. އިންޓަރެސްޓަށް އެކަނި 5 މިލިޔަން 6 ލައްކަ 72 ހާސް. ޖުމްލަ 9 މިލިޔަން 5 ލައްކަ 12 ހާސް ހަރަދުވާނެ.3 ރޫމު އެޕާޓެއްގެއަގުއެ. މަ އެކައުންޓުގަ އިނީ 400 ރުފިޔާ ބާކީ. ކިހިނެއް މިތަން ގަންނަނީ.

The name is already taken The name is available. Register?

އަހު

27 July 2020

4 މިލިޔަން 11% އިންޓްރެސްޓުގަ 20 އަހަރަށް ބަހާލީމަ 10 މިލިޔަން ދައްކަންޖެހޭ. މަހަކު 42ހާސް ދައްކަން ޖެހޭ. ކޮންތާކުން ނެރޭނީ

The name is already taken The name is available. Register?

ސޮރީ

28 July 2020

ލައިކް ކުރަން އުޅެނިކޮށް އޮޅިގެން ޑިސްލައިކަށް ފިތާލެވުނީ.

The name is already taken The name is available. Register?

އިބްނު ސީނާ

26 July 2020

3 މިލިއަން ރުފިޔާ ދެއްވައިފިނަމަ ވަގުތުން ގަނެލަން އަޅުގަނޑު މިހުރީ ތައްޔާރަށް އިނގޭތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454