މާލެ ޕޯޓުސަރަހައްދުގައި ކޮންޓެއިނާތަކެއް ބަހައްޓަފައި--ފޮޓޯ: އަހުމަދު އަވްޝަން / މިހާރު
16 އޯގަސްޓް 2020 - 13:17
ރާއްޖޭގައި ހިދުމަތް ދޭ ޝިޕިން ކުންފުނިތައް ރަޖިސްޓްރީވުމުގެ މުއްދަތު އަންނަ މަހުގެ 15 އަށް އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ޓްރާސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝިޕިން އޭޖެންޓުން މި މަހުގެ 17ގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި މާދަމާ އިން ފެށިގެން ހިދުމަތް ދެވޭނީ ރަޖިސްޓްރީވާ ކުންފުނިތަކަށް އެކަނި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ނަމަވެސް މި ގެނައި ބަދަލާއެކު އިތުރު އެއްމަހުގެ މުއްދަތެއް އޭޖެންޓުންނަށް މިހާރު ވަނީ ދީފަ އެވެ.
ޝިޕިން އޭޖެންޓުން ރަޖިސްޓްރީވާން އެންގީ، އެކި ނަންނަމުގައި އެޖެންސީތަކުން ފީތައް ނަގާތީ އެކަން ހައްލު ކުރުމަށެވެ. އެޖެންސީތަކުން ގިނަ ފީތަކެއް ނަގާތީ ވިޔަފާރިވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ގަވާއިދުގެ ދަށުން ރާއްޖޭގައި ޝިޕިން އެޖެންޓު ނުވަތަ ފްރައިޓު ފޯވާޑަރަކު، ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އެޖެންޓު ނުވަތަ ފްރައިޓް ފޯވާޑަރާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިން ނަގަމުން އައި އިތުރު އެއްވެސް ފީއެއް ނުނެގޭނެ އެވެ. ނަމަވެސް ކޮންސައިނީގެ އަތުން ފްރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500ރ. ނެގޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާ އެކު، ޝިޕިން އެޖެންޓު ނުވަތަ ފްރައިޓު ފޯވާޑަރަށް ރާއްޖެ އަށް އިމްޕޯޓްކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަން ޖެހޭނެ އެވެ. އަދި ގަވައިދާ ހިލާފުވާ މީހުން 10،000ރ. އިން ޖޫރިމަނާކުރާނެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގައި މިހާތަނަށް ރަޖިސްޓްރީވި ކުންފުނިތަކުގެ ލިޔުން ހުށަހެޅުމަށް ކަސްޓަމްސް އިން ވެސް ވަނީ އެ ކުންފުނިތަކަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
17 August 2020
ވާނުވާ ނޭނގޭ މީހުން ގަވާއިދު ހަދައިގެން މި އެތި އަތަށް ގޮވީތަ؟
އޮނަރަބްލް އަފީފު ދީދީ
16 August 2020
އެސްޓީއޯ އިން އިސްނަގައި "ޝިޕިންގ އޭޖަންޓް އެސޯސިއޭޝަން" ރެޖިސްޓްރީކޮށް ރާއްޖޭގައި ހިންގާ ބިދޭސީ އޭޖަންޓުންގެ ފަރާތުން ހިންގާ މުޑުދާރު އަމަލުތަށް ހުއްޓުވާ ރަނގަޅު ގޮތުގައި ވިޔަފާރި ކުރާ އޭޖަންޓުންނަށް ކަންކަން ފަހިވާގޮތަށް ސަރުކާރަށް ލަފާދީގެން ޤަވާއިދުތަށް ގަރުދަނާ ކުރުވަންޖެހޭ.
ވާވާ
17 August 2020
ބިދޭސީން މުޅި ރާއްޖޭގައި. ހުރިހާ އިންޑަސްޓްރީ އެއްގައި ވެސް ބިދޭސިން! އެމް އެމް އެކްސްޕޯޓް ކިޔާ ބަޔެއް މުޅި އިންޑިޔާ އިން ގެންނަ މުދާ އެސްޓީއޯ އާއި ގުޅިގެން ކޮންޓްރޯލް ކުރަނީ!
ހާސަރު
16 August 2020
ރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތު ދިނަސް މިހާރު ކަނޑައަޅާފާ އޮތް ވަރަށްވުރެ އިތުރަށް މިމުއްދަތުގައިވެސް ފައިސާނެގިގެން ނުވާނެ.