01 ޖުލައި

July 01, 2020
މާލެ-ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނެސްފި

މާލެ އާއި ހުޅުމާލޭގައި ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލު ގެނެސްފި އެވެ.

06 ޖޫން

June 06, 2020 37
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން

އެއް ގަރާޖެއްގައި ގިނަ އަދަދެއްގެ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުުލާ މިރޭ ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2020 14
ބްރިޖުގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ދީފި

ސްކޫލްތައް ހުޅުވެންދެން ބްރިޖު މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

29 ޖެނުއަރީ

January 29, 2020 57
ޓްރާންސްޕޯޓުން ނޯޓިސް ދިން މުވައްޒަފުން ވަކިކޮށްފި

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިިކުރާނެ ކަމުގެ އިންޒާރު މިދިޔަ އަހަރު ދިން 11 މުވައްޒަފުންގެ ތެރެއިން 10 މުވައްޒަފަކު މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.

02 ޖެނުއަރީ

January 02, 2020 69
"ދެން ލައިސަންސް ލިބޭނީ އިތުރު ތަމްްރީނެއް ހަދައިގެން"

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ހަދަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 28
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި ބޮޑު އެކްސިޑެންޓުގައި، އެ ޖިޕް ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސަންސް އިއްޔެ ބާތިލް ކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2019 27
ބީލަމުގެ އުސޫލުން ޑޮމެއިން ވިއްކާ ގޮތަށް ހަމަޖައްސައިފި

އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ދޫކުރުމުގައި ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ މީހަކަށް ވިއްކަންޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019 31
ޓްރާންސްޕޯޓު މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލަބަލަނީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން ބަލަން މިއަދު އެޖެންޑާކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2019 110
ނަހުލާ ވިދާޅުވި ގޮތަށް މުވައްޒަފުންނަށް ފިޔަވަޅު

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަރުވާކުޑަ ކުރާ މުވައްޒަފުންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވުމުން އެކަމުގެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދީފި އެވެ.

14 އޮކްޓޯބަރ

October 14, 2019 47
ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކުރި!

އުސޫލާ ޚިލާފަށް، އެއް ގަރާޖަކަށް 1،700 އުޅަނދު ވެސް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

October 14, 2019 26
ފަރުވާކުޑަކޮށް ޚިދުމަތްދޭ ނަމަ ފިޔަވަޅު އަޅާނަން:ނަހުލާ

ފަރުވާކުޑަކޮށް ޚިދުމަތްދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކުރާ ހުރިހާ މުވައްޒަފުންނާ ދޭތެރޭގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ...

01 އޮކްޓޯބަރ

October 01, 2019 102
ނަހުލާ ދެއްކެވި ވާހަކަ އާންމުކުރުމުން ލިބުނީ ތައުރީފް

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ދޭ ޚިދުމަތުގެ ފެންވަރު ދަށެވެ. ޚިދުމަތް ހޯދަންދާ މީހާގެ ގިނަ ވަގުތު ބޭކާރުވެ ޝަކުވާކުރަން ޖެހެ އެވެ. އެ މީހުން މުއާމަލާތްކުރާ ގޮތް ވެސް ބަދަލުކުރަން ޖެހެ އެވެ.

30 ސެޕްޓެމްބަރ

September 30, 2019 107
ނަހުލާ ވިދާޅުވީ ފަރުވާކުޑަ ނަމަ ފިޔަވަޅު އަޅާނެކަމަށް

ގިނައީ ވަރަށް ދަށް ފެންވަރުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި އެކަން ހައްލުކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވާ އޯޑިއޯއެއް މިރޭ އާއްމުކޮށްފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 70
ވަޒީފާ އިން ވަކިކުރުމުގެ ބިރާއެކު ރައީސަށް ޕެޓިޝަނެއް!

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

29 އޯގަސްޓް

August 29, 2019 12
"ލައިފްޖެކެޓު އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް"

ފަސިންޖަރުން ލައިފްޖެކެޓު އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިރޭ ބުނެފި އެވެ.

25 އޯގަސްޓް

August 25, 2019 68
ބޮޑު އަގުގައި ޓެކްސީ ކުރާނަމަ ހުއްދަ ބާތިލް ކުރަނީ

ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި، ޓެކްސީކޮށްގެން ވަކި އަދަދަކަށް ވުރެ ގިނައިން ޖޫރިމަނާ ކޮށްފައިވާ ނަމަ ހުއްދަ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

07 އޯގަސްޓް

August 07, 2019 19
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ

ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތައް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

01 އޯގަސްޓް

August 01, 2019 62
ޓެކްސީ އެޕްލިކޭޝަން މަޖްބޫރުކޮށް، އަގު ކަނޑައަޅައިފި

ޓެކްސީގައި މިއަދުން ފެށިގެން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ. އެއަށްފަހު ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

25 ޖުލައި

July 25, 2019 7
އަތުގުޅާލުމުގެ ހަރަކާތެއް ބޮޑުތަކުރުފާނުމަގުގައި ބާއްވަނީ

އަންނަ އަންގާރަ ދުވަހުގެ ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަތުގުޅައިލުމުގެ ހަރަކާތެއް ބާއްވާތީ އެ ގަޑީގައި އެ މަގުގައި ވެހިކަލް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.

21 ޖުލައި

July 21, 2019 3
ޓްރާންސްޕޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް ފަށައިފި

ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

16 ޖުލައި

July 16, 2019 60
ސްޓިކާ ޖަހަނީ ޕާކުކުރާނެ ތަން ދައްކާފައި: ނަހުލާ

އުޅަނދުތަކުގައި ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަން ދެއްކުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއްޔެ ވިދާޅުވެއްޖެ އެވެ.