01 ސެޕްޓެމްބަރ 2020 - 16:27
ދިރާގުގެ ވިޔަފާރިތަކަށް ހާއްސަ، ބިޒް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
މި ބަދަލުތަކާއެކު އިތުރު ހަރަދަކާ ނުލައި އެންމެ ބާރު ސްޕީޑުގައި 40 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ ލިބޭނެ އެވެ. އަދި ދިރާގު ބިޒް ފައިބަ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް މި ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބިޒް ފައިބަ ބޭސިކް 10އެމް ޕެކޭޖުން މަތީގެ ޕެކޭޖް ގެންގުޅޭ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ ނިޔަލަށް ހިލޭ ވާޗުއަލް މީޓިން ރޫމް ހިދުމަތް ދިނުމަށް ވެސް ނިންމައިފަ އެވެ. މި ބަދަލުތަކާއެކު މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބޭނެ ކަމަށް ދިރާގުން ގަބޫލު ކުރެއެވެ.
ވާޗުއަލް މީޓިން ރޫމްގެ ހިދުމަތަކީ "ކްލައުޑް ހޮސްޓެޑް" ހިދުމަތެއްގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޯލް ވެސް ކުރެވޭ ހިދުމަތެކެވެ. އެހެންކަމުން ވިޔަފާރިތަަކަށް ބޭނުން އިރެއްވަންދެން ހިލޭ ވާޗުއަލް މީޓިންތައް ބޭއްވޭނެ އެވެ.
މީގެ އިތުރުން ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ދިރާގުން ވަނީ މަކްރޯސޮފްޓް އޮފީސް 365 އެޑް-އޮންސް ވެސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފަ އެވެ. އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕްތަކާއި، ކްލައުޑް ހިދުމަތުގެ އިތުރުން ފެންވަރު ރަނގަޅު ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ ޑިރެކްޓާ، ބިޒްސަސް ސޮލިއުޝަންސް މުސްތާގު އަހުމަދު ދީދީ ވިދާޅުވީ ނިއު ނޯމަލްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ އަށް ބަރޯސާވާން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ، އެހެންކަމުން ބިޒް ފައިބަ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން، ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ސާވިސްތަކުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންގެ ޑިޖިޓަލް ކޭޕަބެލިޓީސް އާއި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިރާގުން ބިޒް ފައިބަ ބްރޯޑްބޭންޑު ޕެކޭޖުތަކަށް މި ބަދަލު ގެނައީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑު ވިޔަފާރިތަކަށް ވެސް ޑިޖިޓަލް ޚިދުމަތް ހޯދުމަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
ދާފި ފަހުން ދިރާގުން ވަނީ އެ ކުންފުނީގެ ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
02 September 2020
ދިރާގައް ގައުމީ އެވޯޑެއް ދޭން ހައްގު މިކޮވިޑުތެރޭ އެބޭފުޅުން ދެއްވިލުޔައް، ދިރާގު އެކަންޏެއްނޫ މިކަހަލަ ބައިވަރު ކުންފުނިތައް ފެނިގެން ދިޔަ
އޮޅިގަނޑު
01 September 2020
ދިރާގުން ވެެެއްޖެނުން މިހާރު ދެމުންދާ ހިދުމަތް ރަނގަޅުކުރަން؟ ޑާޓާ ޕެކޭޖު ހަމަ ނުވަނީސް ލިބޭ ސްޕީޑު ފިނިހަކައަށް ދޫނުކުރޭ. ހިތުން 4ޖ.
ކޯވިޑުއޮނަވިހި
01 September 2020
ށުކުރިޔާ ދިރާގު، ގައުމާއގެން ކުރިޔަށް
އެޖެންގާ 19
01 September 2020
ހޯމް ފައިބާގައި، ލިމިޓް ހަމަވުމުން ދެން މިވެއްޓެނީ 1 އެމްބީޕީއެސް އަށް، މީތި 2 އެމްބީޕީއެސް އަށް ބަދަލުކުރުން އަވަސްކުރަންވެއްޖެ
ޢިބޫ
01 September 2020
މިދިޔަމަހުވެސް ތިހެންކިޔާފަ ބަދަލު ގެނައި އެހެން މަސްތަކަށް ވުރެގޯސްވީ.
ފުނާ
02 September 2020
ޕެކޭޖު ހުސްވިލެއް އަވަސްވީ މީގެ ސަބަބުން އެޑް އޮން ގަންނަން ޖެހޭ