މީހަކު ކޭޝް ކާޑު ބޭނުންކޮޮށްގެން އޮންލައިން ޕޭމަންޓު ހަދަނީ-- ފޮޓޯ: ބީއެމްއެލް
16 ސެޕްޓެމްބަރ 2020 - 09:47
ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި ޑޮލަރުގެ މުއާމަލާތު ކުރެވޭނެ މިންވަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން ލިމިޓު ކޮށްފި އެވެ.
މި ގެނައި ބަދަލާއެކު، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.
ހޮސްޕިޓަލް، ކޮލެޖު އަދި ސްކޫލް ފީ ދެއްކުމަށް ދިވެހި ރުފިޔާ އެކައުންޓުން ޑޮލަރުން ފައިސާ ހޭދަ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކަސްޓަމަރުންނަށް ފަހިކޮށްދޭނެ ކަމަށް ވެސް ބީއެލުން ބުނެ އެވެ.
ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި މުއާމަލާތު ކުރެވޭނެ އަދަދުތަކަށް ބީއެމްއެލުން ބަދަލު ގެނައި ނަމަވެސް ޑޮލަރު އެކައުންޓުން މުއާމަލާތް ކުރުމުގައި އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
New limits on BML Debit and Credit cards for Foreign Transactions.
— Bank of Maldives (@bankofmaldives) September 16, 2020
Please view the below links for more details.
Press release: https://t.co/YWTLmqix7a
FAQs: https://t.co/L5hpbBzakE pic.twitter.com/KCvxbJ1Xgl
ޑޮލަރުގެ މުއާމަލާތު ކުރެވޭ މިންވަރު ލިމިޓު ކުރުމާ ގުޅޭ ގޮތުން ބީއެމްއެލް އިން ކުރި ޓުވީޓު
ބީއެމްއެލުން ބުނިގޮތުގައި، މި ބަދަލު ގެނައީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވުމުންނެވެ. މި ފިޔަވަޅު އަޅަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ދިމާވި ދަތިތަކާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުންނެވެ.
ދާދި ފަހުން، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށާއި މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމަށް ނިންމައިފަ އެވެ. ނަމަވެސް ޑޮލަރުގެ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ، މި ބަދަލު ގެނައި ނަމަވެސް އެ ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް ދައްޗެއް ނުވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ޑޮލަރު ލިބެން ފެށުމުން މި ނިންމުން އަލުން ބަދަލު ކުރާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
17 September 2020
ވަރަށް ނާގާބިލް ބަޔަކާ ގައުމު ހަވާލުކުރީމާ ވާނީ މިހެން. ދެން ޗުއްޓީ އެއްގައިވެސް ރާްއްޖޭން ބޭރަށް ނުދެވޭނެ. ކާޑުން ހުންނަ ތަނަށް ވެސް ފައިސާ ދައްކާ ނުލެވޭނެ. އޮންލިއިން ވިޔަފާރު ތަށްވެސް ހުއްޓުނީ.
ފަހުދު
17 September 2020
އިކޮނޮމިސްޓް އުޅުނު ދުވަސްވަރު އޭޓީއެމްއައް ފައިސާ ނަގަންގޮސް ނުކުންނަ އިރު ފައިދައްފުށުގަ ޑޮލަރު ތަތްލާފަވެސް ހުރޭ.
ރަދީފްއޮފިޝިއަލް
17 September 2020
އެކައުންޓް ހުޅުވާ ފޯމް، ކާޑަށް އެޕްލައިކުރާ ފޯމްގެ ނުފުށުގަ ވަރަށް ކުދިއަކުރުން ފަންޑިތައެއްހެން ލިޔެފަހުންނަ ހުރިހާ ޓާމްސް އަދި ކޮންޓިޝަންތަކަށް އެއްބަސްވެގެން އެމީހަކަށް ބޭންކުން އެހިދްމަތެއް މިލިބެނީ.އަހަރުމެންގެ ތެރެއިން އެކަކުވެސް އެބައި ނުކިޔާނެ.އޮންލައިންކޮށް ކާޑަށް އެޕްލައިކުރާއިރުވެސް ޓާމްސްއަށް އެއްބަސްވެގެން އެހިދްމަތް މިލިބެނީ.އެހެންވީމަ ބޭންކަށް މިކަންކުރެވޭނެ އަހަރުމެން އަދި ބޭންކް ބައިންޑްވާ އެއްބަސްވުން އެއީ މީގެ ލީގަލް ޕޮއިންޓް.
8.33 ޑޮލަރ
17 September 2020
ދިވެހިން ދުވާލަކައް ވިޔަފާރި ކުރަން ޖެހޭނީ 8.33 ޑޮލަރުކަމައް ސަރުކާރުން ދެކުމަކީ ވަރައް ކޮސް ކަމެއް. ޑޮލަރުގެ އަގު މަތިވުމުން އޭގެ ފައިދާ އެކި ގޮތްގޮތުން ކާޑުބޭނުންކޮށްގެން އެބިއުސް ކުރެވުނީ ބޭންކުގެ ކޮސްކަމުން. މިނޫންގޮތަކަށް މިކަންތައް ހައްލު ކުރެވިދާނެކަމައް ދެކެން.
މުޖާހިދު
17 September 2020
''ޓްރާންސްފާރވައިސް'' ބޭނުންކޮށްގެން ބަގްލަދޭޝް މީހުންނަށް ފައިސާ ފޮނުވާގެން ބޮޑެތި އަދަދުތައް ކޮމިޝަންގޮތުގައި ނަގަމުން ދިޔަ މީހުންނަށް ބޮޑުގެއްލުމެއް،،،،،،،
ބޭބެ1
17 September 2020
ނުވާނެޔޭ ކިޔާފާދެން އިސްތިއުފާދީ މިހާރު އެބައިންގޭ އަތަށް ގޮވައިގެން އުޅޭކަން
ރިފޯމް ނައު!
17 September 2020
އެމްޑީޕީ ހިންގަނީ މަހުޖަނުންގެ ފައިދާއަށް، ފެމިލީ ބިޒްނަސްއަށް ވަންނަ ޑޮލަރު މަދުވެދާނެތީ ރިސޯޓްތަކަށް ވަންނަ ޑޮލަރު ރާއްޖޭގެ ބެންކިން ސިސްޓަމަށް ނުވައްދާ ބޭރުކުރަނީ
ބާބާ
17 September 2020
ގިނަބަޔަކު އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ދުވަސްވަރެއްގައި ތިފިޔަވަޅަކީ ވަރަށް ބޮޑު ހުރަހެއް. އަހަރެން އޮންލައިންކޮށް ލެޕްޓޮޕެއް ގަންނަން އުޅެނިކޮށް ތިކަން ތިކުރީ. 250 ޑޮލަރަށް އެކަން ދެން ނުވާނެ. ޑޮލަރު އެކައުންޓެއް ނޯވޭ މަގޭ އަތަކު.
މޫޗީ/މީދޫ
16 September 2020
މިގައުމަށް ދިމާވެގެން މިއުޅޭ ހުރިހާވެސް މައްސަލައަކީ ލޯ އެންފޯސް ކުރެވޭ ވަރުގެ ފުލުހުން ގެ އިދާރާއެއް ނެތީ.
ޒުލޭޙާ ދިއްދޫ
16 September 2020
ހާދަ ލޯބިކުއްޖެކޭ