ފޮރިން މިނިސްޓަރު ޝާހިދު އާއި އިންޑިއާ ސަފީރު ސަންޖޭ، ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
15 ސެޕްޓެމްބަރ 2020 - 15:24
އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކުރިޔަސް، ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އިންޑިއާގެ ފިޔާ ގެނެވޭނެ ކަމަށް، އިންޑިއާގެ އެމްބަސީން މިއަދު ބުނެފި އެވެ.
އެމްބަސީން ބުނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިންޑިއާއިން މެދުނުކެނޑި ލިބޭނެ ކަމަށެވެ.
އިންޑިއާއަށް ކުރަމުން ދާ ވިއްސާރައިގެ ސަބަބުން ފިޔާ ލިބުން ދަތިވެފައިވާތީ ފިޔާ އެކްސްޕޯޓު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެކަމަކު އެމްބަސީން ބުނީ ޓުޓިކޮރިން އާއި ކޮޗިން އިން މެދުނުކެނޑި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.
އެމްބަސީން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ހާލަތުގެ ގޮތުން ބައެއް ތަކެތީގެ އެކްސްޕޯޓް މަނާކުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ އެކްސްޕޯޓް މެދުނުކެނޑި ކުރިއަށް ދާނެ އެވެ.
މިދިޔަ މަހުގެ 13 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖޭޝަންކަރް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ޔަގީންކަން ދެއްވައިފަ އެވެ.
އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓް ކުރާ ފިޔާ، އަލުވި، ހަނޑޫ، ގޮދަން ފުށް، މުގު އަދި ބިސް ފަދަ ތަކެތީގެ ކޯޓާ ވަނީ އިތުރުކޮށްދީފަ އެވެ. އެގޮތުން މި އަހަރުގެ ފިޔާގެ ކޯޓާ 29،605 މެޓްރިކް ޓަނަށް އިތުރުކުރުމަކީ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓު މަތިވުމެކެވެ.
މި މަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ވެސް އިންޑިއާއިން ރާއްޖެއަށް ތަކެތި އެތެރެކުރަން ލުއިވާނެ ކަމަށް އެމްބަސީން ބުންޏެވެ. މި ފެރީ އެންމެ ފުރަތަމަ ބަނދަރު ކުރާނީ މި މަހުގެ 26 ގައި ކުޅުދުއްފުށީ ޕޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެރީ ރޯނު
16 September 2020
ތިފިޔާ ބަސްތާ އަންނަ ދުވަހު ބޮޑު ޖަލްސާއެއް ބާއްވާނެ. އަމިއްލަ ހަރަދުގަ އެސްޓީއޯއިން ގައިން ބޭސް ޝިޕްމެންޓު ގެނައި ފަހަރުވެސް ބޮޑު ހަފްލާ ބޭއްވި، ދިވެހިން މޮޔަ ހެއްދޭނެ ކަމަށް. #އިންޑިއާއައުޓް #އައިހޭޓްއިންޑިއާ
ހޮޓްކިންގ
16 September 2020
އެމްބެސެޑަރޫ މިއަދު އަޅުގަނޑުމެން ގަބޫލުކުރަމޭ މައިސަރުކާރުން ކައިގެން ތިބެންޏާ މިސަރުކާރުން ތިބޭނޭ ކައިގެންކަން. ޖެހުނު ހާލެއްގައި ޖެހިގެން މިއުޅެނީ. އެކަމަކު ޔާމީން ވެރިކަމުގައިވެސް އިންޑިއާއިން ތިޔަ ތަކެތި ނުދިން އިރުވެެސް އުޅުނީ ކައިގެން އޭރު ބިސް ފިޔާ އަލުވި ހިލަ ހިލަވެލި އިންޑިއާއިން ނުވިއްކިކަން ދިވެހި އެކަކަށްވެސް ނޭނގޭ. ނުލިބިގެންވެސް ދިވެއްސަކު ނޫޅޭއޭރަކު
ރާއްޖެ
16 September 2020
މި ސަރުކާރު ހިންގަމުން ދަނީ އެމްބަސީ ދަށުން.
ގަބޫލެއްނުކުރެވޭ
16 September 2020
އެމްބެސަޑަރަކު އަރާ ހުރެ ދައްކާ ވާހަކަ. އަޢްޑޫ ބިމުން އިންޑިއާ ސިފައިން ފައިބަން އެނގީމަ ވިސާހަމަވެފައި ތިބި މީހުންވެސް ނުފައިބާ ތިބި ސަބަބު ބުނެދީ !!!
އަހަންމާބެ
16 September 2020
ކޯވިޑްގެ މި ދަނޑިވަޅުގައި އިންޑިޔާގައިވެސް ދަނޑުވެރިކަން ދަށްވެފައިވާކަން ޤަބޫލުކުރަންޖެހޭ، އެހެނަސް މިފަދަ ކޮންމެ ކަމަކުން ފައިދާ ނަގައި ތިމާމެންގެ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން ފައިދާ ނެގުމަކީ އެބައިމީހުންގެ އަޞްލު ސޫރަކަން ޔަޤީން.
1234
15 September 2020
މަށަށް ވަރިހަމަ ފިޔާ ނެތަސް. އަހަރެން ފިޔާ ނުކައިވެސް ހުރެދާނަނާން ކިތައްމެ ދުވަހެއް ވަންދެން
ލައިޓް
15 September 2020
އަވަށްޓެރިންނާއި އެކީ އުޅެން ރ. މައުމޫން ގެ ޕޮލިސީ ވ. ފައްކާ!
7ބޯރާހި
15 September 2020
ތިޔައީ ފިޔާޓްރެޕް، އިންޑިއާގެ ފިޔާ ޑިޕްލޮމަސީ. މީނަގެ ހަބަރެއްނުވާ ދުވަހެއް ނާދޭ މިހާރަކަށްއައިސް. ސަރުކާރުގެ މިނިސްޓަރުންނަށްވުރެ މީނަގެ މެސެޖުތައް ގިނަވެއްޖެ މިހާރުވެސް.
ވަލީދާ ހަލީމް
15 September 2020
ތީީ ކުރީގައި ޖީއެމް އާރު ބޭރު ކުރީމަ އެ ދުވަސްވަރުގައިވެސް ތިހެން ތާށި ކޮށްގެން އުޅުން.. ތީ މަހަ ބޮޑު ސްޓްންޓެއް.. ވިޔަފާރި ބޭނުންވާނެ.. އެމީހުން ދެރަވާނީވެސް ފިޔާ ނުވިއްކިގެން.. އެރުގަވެސް އިންޑިޔާގެ ޑޮކްޓަރުން މުޒާހަރާކުރީ ދިވެހީން ނައިސްގެން.. ގެއްލުވާނެ އެމީހުންނަށްވެސް.. އެކަމަކުފިޔާ ހިލަވެލި ކޮންޓްރޯލް ކޮށް ބިރުދެއްކިޔަސް.. އިންޑިޔާ އައުޓު.. ދެންވެސް ބުނާނީ އިންޑިޔާ އައުޓު.. އެމްބަސީވެސް ބޭރުކުރޭ.
އިންޑިއާ އައުޓް
15 September 2020
އިންޑިއާ ފިޔާ ގަންނަނީ ފައިސާ ދީގެން އެއީ ކުރެވޭ ވިޔަފާރި އެއް އެއީ އިންޑިއާ އިން ހިލޭ ދޭ އެއްޗެއް ނޫނޭ އިންޑިއާ އިން ގަންނަ ފިޔާ އިން އިންޑިއާ މިލިޓަރީ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް