އިންޑިއާއިން ރާއްޖެއަށް އަންނަ ކާގޯ ބޯޓު--
24 ސެޕްޓެމްބަރ 2020 - 11:56
އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ފަށާ ކާގޯ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުން އެ ބަނދަރަށް މުދާ ބޭލުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ކުޅުދުއްފުށި ޕޯޓު (ކޭޕީއެލް) އިން މިއަދު ބުނެފި އެވެ.
ކޭޕީއެލްގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު "މިހާރު"އަށް ވިދާޅުވީ ކުޅުދުއްފުށި ޕޯޓަށް ކައިރިކުރެވޭނީ 1000 ޓަނުގެ ބޯޓުފަހަރަށް ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު "ފެރީއެއް"ގެ ގޮތުގައި ފަށާ މުދާ އުފުލުމުގެ މި ދަތުރުތަކުގައި ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި އެވަރުގެ ބޯޓަކުން މުދާ ހުސްކުރަން ޖެހޭނީ ބޭރުގައި ބާއްވައި، ދޯނިފަހަރު ބޭނުންކޮށްގެންނެވެ. އެކަމަކު އެއީ މޫސުމް ގޯސް ދުވަސްވަރަކަށް ވެއްޖެ ނަމަ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައުޓް ޓޭންކާކޮށް [ބޭރުގައި ބާއްވައިގެން] މުދާ އުފުލާ ދޯނިތައް ބޭނުންކޮށްގެން ޕޯޓާ ހަމައަށް މުދާ ގެންނަން ޖެހޭނީ. އެހެންކަމުން ކުޑަކޮށް ވެސް ވައި ގަދަ ވެއްޖެއް ނަމަ މުދާ ބާލަން ތާވަލު ކޮށްފައި އޮތް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާނެ،" މުހައްމަދު ވިދާޅުވި އެވެ.
އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުޅުދުއްފުއްޓަށް މުދާ ހުސްކޮށް، މާލޭ ބަަނދަރަށް ދާން އޮންނަ ޝެޑިއުލަށް އަސަރުކުރާނެ ކަމެކެވެ.
އިންޑިއާ ކާގޯ ބޯޓުގެ ރާއްޖޭގެ އޭޖެންޓަކީ އަލަށް އުފެއްދި، މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުންޏެވެ. ކޭޕީއެލުން ވަނީ މި ދަތުރުތަކުގައި 1000 ޓަނުގެ ބޯޓެއް ބޭނުންކުރަން އެދިފަ އެވެ.
ދެ ގައުމުން އަލަށް ފަށާ އަދި ކުރިމަގުގައި ބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމަށް ދެ ސަރުކާރުން ސިފަކުރާ ވިޔަފާރީގެ މި ގުޅުމުގެ ފުރަތަމަ ދަތުރުގައި، ކާގޯ ބޯޓު ކުޅުދުއްފުއްޓަށް ބަނދަރުކުރަން ތާވަލްކޮށްފައި ވަނީ އަންނަ ހޮނިހިރުދުވަހަށެވެ. މާލެ އަންނަން ހަމަޖައްސާފައި ވަނީ ހޯމަދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމްސ
25 September 2020
ނުފޯރާ ފޮތިން ފޫގަޅަ ޔަހޫދީ ސަރުކާރު
ރިޔާޒ
25 September 2020
ކީއްވެ ދިވެހިންނަށް ފަސޭހައިން މަލިކަށް ނުދެވެނީ؟ މީ ބޮޑު މައްސަލައެއްނު. 1950 ގެ އަހަރުތަކާ ޖެހެންދެން ފަސޭހައިން ދެވުނު ތަނެއް.
ދެރަ
25 September 2020
އިންޑިޔާއަކީ ވަރަށްބޮޑަށް ވަތަނީބައެއް. ޢެމީހުންގެ ވިސްނުމަކީ މަލިކުފަދައިން ދިވެހިރާއްޖެ އިންޑިޔާގެ ދަށުގައި ބޭއްވުންވުން. އިންޑިޔާ އައުޓު.
ދޭސީ
25 September 2020
ކީއްވެ ކުޅުދުއްފުށީ ބޯޓުތަކަށް އިންޑިޔާއަށްދާން ހުއްދަ ނުދެނީ؟ މިހާރުވެސް މިގައުމަށް ތިގޮތައް އެއްޗިހިގެނޭ. ތިކަމުން މާބޮޑު ފައިދާއެއް ނުކުރާނެ
ޙައްގުބަސް
24 September 2020
ތިޔައީ ހަ މަޖަ މަލުފޮޑި ވަރައް އަޑުގަދަވާނެ ހަރާން ވާނެކަ މެއް މައިސަރުކާރުން ފަހިފުރުސަތެއް ނުދޭނެ ބަލަންތިބޭ މިބުނީ ދޮގެއްތޯ މާދަންބުނާނެ އެމެއްނާރައޭ މަހެއްނުބޭނެޔޭ
ޢަހުމަދު އީސަ
24 September 2020
ޗައިނާއައްވުރެން ކުރިން ސިލްކުރޯޑު ހުޅުވާލީދޯ މަކަރުވެރިން އިންޑިޔާ އައުޓު
ވަހީދު
24 September 2020
ތީގައި މަގުޞަދު ގޯސް. ރާއްޖެއަށް ގެންނަ މުދަލެއް މާލެއަށް ބޭލިމަ ނިމުނީ އެއްނު.
އަބުދުބެއްޔާ
24 September 2020
ވަރަށް ރަނގަޅު ވާހަކަ އެއް، އޭރުން ތާ މާލެ އަށް އިތުރު ލާރި ލިބި މުދާ އަގުބޮޑު ވާނީ
ނެކްސްޓް
24 September 2020
ޢަދިވެސް ތަންކޮޅެއް އަވަސް މިކަން އެގެން. ނާގާބިލް ސަރުކާރެއް
ފޯޓިންގޓަން
24 September 2020
ޙަޤީގަތުގައި އިންޑިއާއިން ރާއްޖެއަށް މިހާބޮޑަށް ހެޔޮއެދިވަޑައިގަންނަވާއިރު ކުރިން ވިސްނަންވީ ކަންތައްތަކަށްވުރެ ކުރީގައި ވިޔަފާރި އޮންނަކަމީ ފާހަގަކޮށްލެވޭ ކުރިއެރުމެއް... މިއީ ޖަޒީރާވަންތަ ހެޔޮ ފާލެއް.. ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ ދަތުރުފަތުގެ މައިސެންޓަރަށް ހެދުމަށް ކުރަންޖެހޭ ކަމަކީ ނިކަންބިޔަ ޕޯޓެއްހެދުންކަން ހިސާބުތަކުން ނުފެންނަކަމީ މިފަދަ ވިސްނުމުގެ ޙައްޤުތައް ގެއްލޭކަމެއް
ރައްޔެތު.
24 September 2020
ކަލޯ މުޅިން ސަކަރާތެންނުން. ތިވީ ގޮތުން ބޮލި ކޮޅާ ދޮންވެލި ކޮޅު ނޭރުވޭ ގޮތް މިވީ