ވިލާ ގޭސްގެ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް

ވިލާ ގޭސްގެ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.


އެ ކުންފުނީގައި އަލަށް ރަޖިސްޓަރީވާ ކަސްޓަމަރުންނަށް ފުޅީގެ އަގު ނުލައި، 200ރ. ދައްކައިގެން ގޭހާއެކު މި ޕްރޮމޯޝަންގައި ފުޅި ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 އަށް މާލެއާއި ހުޅުމާލޭގެ ކަސްޓަމަރުންނަށް އެކަންޏެވެ.

މި މުއްދަތުގެ ތެރޭގައި އަލަށް ރަޖިސްޓަރީވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ދެ ނަސީބުވެރިން ހޮވާނެ އެވެ. މި ލަކީޑްރޯގައި އެއްވަނަ އަށް ހޮވޭ މީހަކަށް އިނާމުގެ ގޮތުގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ހަތަރު މީހަކަށް ދެ ރޭގެ ހުރުމާއި ކެއުމުގެ އިތުރުން ޓްރާންސްފާ ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހަކަށް އެ ރިސޯޓުގައި ދެ މީހަކަށް ދެ ރޭގެ ހުރުމާއި ކެއުމާއި ޓްރާންސްފާ ލިބޭނެ އެވެ.

ވިލާ ގޭސް އިން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ލިމިޓެޑް ފުޅިތަކަކުންނެވެ. އެހެންވެ، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެންމެ ކުރިން ރަޖިސްޓަރީވާ މީހުންނަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓު www.villagas.mv/promo ނުވަތަ 7725566 މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ވިލާ ގޭސްގެ ހޮޓްލައިނުގެ ހިދުމަތް ލިބެން ހުންނާނެ އެވެ. ހުކުރު ދުވަހު މެންދުރު 3:00 އިން ހަވީރު 6:00 އަށް މި ހިދުމަތް ލިބޭނެ އެވެ.

ވިލާ ގޭސްގެ ކޮމްޕޮސިޓް ފުޅިއަކީ ލުއިވެފައި، އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ނުގޮވާ ގޮތަށް ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ.