އުރީދޫއަށް ލިބުނު އެވޯޑުތަކާއެކުު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:އުރީދޫ
18 އޮކްޓޯބަރ 2020 - 10:53
ވިޔަފާރީގެ ދާއިރާއިން ދެމުން އަންނަ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގެ ގިނަ ކެޓަގަރީތަކަކުން އުރީދޫ ކާމިޔާބުވެއްޖެ އެވެ.
މި އެވޯޑުތަކުގެ ތެރޭގައި، އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ޓެލެކޮމް ކުންފުންޏަށް "ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް" އިން ދޭ ގޯލްޑް ސްޓީވީ އެވޯޑާއި "އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް"އިން ދޭ އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ އެވޯޑާއި އެންމެ އީޖާދީ ކަސްޓަމާ ސާވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯޑު ހިމެނެ އެވެ. ގޯލްޑް ސްޓީވީ އެވޯޑުތަކުގެ އިތުރުން ވެސް އުރީދޫ އަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.
- ގޯލްޑް ސްޓީވީ: ކޮންޕެނީ އޮފް ދަ އިޔާ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
- ސިލްވާ ސްޓީވީ: މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔާ.
- ބްރޮންޒް ސްޓީވީ: މޯބައިލް ސައިޓް އެންޑް އެޕް.
- ބްރޮންޒް ސްޓީވީ: މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް.
- ގޯލްޑް ސްޓީވީ: އެވޯޑް ފޯ އިނޮވޭޝަން އިން އެޕްސް.
- ގޯލްޑް ސްޓީވީ: އެވޯޑް ފޯ އިނޮވޭޝަން އިން ކަސްޓަމާ ސާވިސް.
- ސިލްވާ ސްޓީވީ: އެވޯޑް ފޯ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ފާއިތުވި އަހަރުގެ ތެރޭގައި، އުރީދޫގެ ނެޓްވޯކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ގިނަ އީޖާދީ ހިދުމަތްތަކެއް ވެސް ރާއްޖެއަށް މުޅިން އަލަށް ތައާރަފުކޮށްދީފައި ވާއިރު މިފަދަ އެވޯޑުތަކެއް ލިބުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އާ އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ނަޖީބު ޚާން ވިދާޅުވި އެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް އެޗް-ޑީ ވޮއިސް ގެ ހިދުމަތާއި ވޮއިސް އޯވާ ވައިފައި ގެ ހިދުމަތާއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ އެ ކުންފުނިން ވަނީ ވަރުގަދަކޮށްދީފަ އެވެ. މީގެ އިތުރުން އުރީދޫ ސުޕަނެޓް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް ވަނީ ފޯރުކޮށްދީފަ އެވެ.
ކޮވިޑް-19ގެ ސަބަބުން އުރީދޫން އަންނަނީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރާއި ޕީޕީއީ އަދި ޓެސްޓު ކުރާ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ވެސް އުރީދޫން އަންނަނީ ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓީވީ
18 October 2020
ތީގަ ހަމަ އެކަނި ބައިވެރިވީ އރދ އެކަނިތަ؟
ނުނުތާލާމް
18 October 2020
ޕްލެޓިނަމް ސްޓީވީ: އެވޯޑް ފޯ މޯސްޓް ސުލޯ އެންޑް އެކްސްޕެންސިވް ( ނޯޓް: މިއެވޯޑް އަކީ ދިރާގު ވެސް ހިއްސާކުރާގޮތަށް ލިބިފައިވާ އެވޯޑެއް.)