އެޕަލް އައިފޯން 12---
26 އޮކްޓޯބަރ 2020 - 19:37
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލްގެ ފަހުގެ ސީރީޒް، އައިފޯން 12 އާއި 12 ޕްރޯ ވިއްކަން ފަށައިފި އެވެ.
މި ފޯނުތައް އެންމެ ފުރަތަމަ ވިއްކަން މި ފެށީ "ބެސްޓްބައި" އިންނެވެ. އެ ފިހާރަ އިން މިއަދު ހަވީރު 4:00 އިން ފެށިގެން ވަނީ ފޯނުތައް ވިއްކަން ފަށައިފި އެވެ.
ބެސްޓްބައިގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝަމީލް ވިދާޅުވީ، އައިފޯން 12 ސީރީޒްގެ 128 ޖީބީގެ ފޯނުތަކުގެ ހުރިހާ ކުލައެއް ވެސް އެ ފިހާރަ އިން ލިބޭނެ ކަމަށެވެ. ފޯނު ވިއްކަން ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ހަ ފޯނު ވިކިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިފޯން 12 ގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ލިބޭނެ އެވެ.
"ބެސްޓްބައި" އިން އައިފޯން 12 ވިއްކަނީ 22،499ރ. އަށެވެ. އައިފޯން 12 ޕްރޯއެއްގެ އަގަކީ 29،999ރ އެވެ. ޝަމީލް ވިދާޅުވި ގޮތުގައި ފޯނުތަކުގެ އަގު ބޮޑުވީ ރާއްޖޭން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުންނެވެ.
ބެސްޓްބައި އިން ބީއެމްއެލް އިސްލާމިކް އާއި އެމްއެފްއެލްސީ އަދި ބީއެމްއެލް އީޒީ އާއި އެމްއައިބީގެ ކްރެޑިޓް ސްކީމްގެ ދަށުން ވެސް ފޯނު ދޫކުރެ އެވެ. މާލެ ސަރަހައްދުގެ ހުރިހާ ތަނަކަށް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.
އައިފޯން 12ގެ ސީރީޒް އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާމާ
28 October 2020
މީދެން ޚަބަރެއްތަ؟؟ އިސްތިހާރެއް ދޯ؟؟
ލަދުކުޑޭ
26 October 2020
ވަޒީފާ ގެއްލިފަ، ކުލި ނުދެއްކިފަ، އުޅެވޭނެގޮތެއް ނެތިފަ. އެކަމަކު އެންމެ ފަހުގެ ފޯނު ގަނެވޭނެ. އަބަދު ކޮފީއަށް ދެވޭނެ. އެންމެ ފަހުގެ ސައިކަލު ގަނެވޭނެ.
ހަޔާތްކުޑޭ
27 October 2020
ވެލްކަމް ޓު މޯޑިސް
ހަނދުފުޅި
28 October 2020
މިފަހަރު ފޯނު ގަނެވޭ ވަރަށްވުރެން އަޅުގަނޑަށް އަގު ބޮޑު. އައިފޯން 12 ޕްރޯ 128 ޖީބީގެ ފޯނެއްގެ އަގު އުޅެނީ -/30000 އަށް އަދި 256ޖީބީގެ ފޯނެއްގެ އަގު އުޅެނީ -/33000 އަށް. ކިހިނެތް ރަންކޮޅާ މިގަންނާނީ.
ނަން
26 October 2020
ބޭކަލުންނޭ... ރާއްޖޭގަ އެންމެ ފަހުގެ ޖަޕާނު ކާރުވެސް ވިއްކާ... މީ ވަރަށް ވާހަކަ..
ޖޮބްސްޓް
26 October 2020
ހިލޭ ދިނިއްޔާ ނޫނީ ތި ފޯނާ ވައިވެސް ނޭޅޭނަށް. ގަންނަވަރުގެ ސްޕެކްސް އެއް ނެތް
އަލީބަލީ
26 October 2020
ހިޔަޅުވެސް ނުފޯރީމާ ބުނީ މޭބިސްކަދުރަކީ ހުތް އެއްޗެކޭ!
IRON SUCROSE
27 October 2020
ހަހަހަހަ ދޮގެއް
ކަޅު
26 October 2020
މިއޮތީ ކަޅުބާޒާރުން ޑޮލަރު ގަންނަ ކަމަށް އެއްބަސް ވެފައެވެ. މި މައްސަލަ ބަލަން ޖެހެނީ އެމްއެމްއޭއިންތަ ނޫނީ ފުލުހުންތަ.
ހަމްދީ
26 October 2020
ދޮންބާޒާރުން ލިބޭކަށް ނެތް. ދެން ހޯދަންޖެހޭނީ ލިބެން ހުރި ތަނަކުން!
ހުދު
27 October 2020
ހެޔޮ ނިޔަތުގަ ޑޮލަރު ގަތުމުމުގެ އެއްވެސް ގޯހެއް ނެތް. ޑޮލަރު ގަތީ ފައިސާ ދީފައެއްނު. ފައިސާ ދީފަ ގަތީމަ އޯކޭ ވާނެ. ދިސް އިޒް މޯޑިސް.