15 ޑިސެމްބަރ

December 15, 2019
އައިފޯންގެ ކެމެރާ ވަރުގަދަކުރަން ކުންފުންޏެއް ގަނެފި

ކުރިއަށް އޮތް ތަނުގައި އެޕަލް އައިފޯން މޮޑެލްތަކުގެ ކެމެރާތައް ވަރުގަދަކުރުމުގެ ގޮތުން އެ ކުންފުނިން އިނގިރޭސިވިލާތުގެ ފޮޓޯގްރަފީ ޓެކްނޮލޮޖީ ކުންފުނި ސްޕެކްޓްރަލް އެޖް ގަނެފި އެވެ.

10 ޑިސެމްބަރ

December 10, 2019
އައިފޯން 11 އަށް ލޮކޭޝަން ބޭނުންވާ ސަބަބު ބުނެދީފި

އައިފޯން 11 ބޭނުންކުރާ މީހުންނަށް އަންގައި ވެސް ނުލައި، އައިފޯން 11ގެ މޮޑެލްތަކުން ލޮކޭޝަން ރެކޯޑްކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެއީ ކީއްވެގެން ވާ ކަމެއްކަން އެޕަލް އިން ބުނެދީފި އެވެ. އެ ކުންފުނިން ބުނީ އެހެން ވަނީ މި މޮޑެލްތަކުގައި ގާއިމުކޮށްފައި ހުރި "އަލްޓްރާ ވައިޑްބޭންޑް ޓެކްނޮލޮޖީ"ގެ ސަބަބުން ކަމަށެވެ.

09 ޑިސެމްބަރ

December 09, 2019
އައިފޯނުތަކަށް 5ޖީ 2020 ގައި

އެޕަލް އިން 2020 ގައި ވެސް އައިފޯނުތަކެއް ނެރޭނެ އެވެ. މިއީ ސްމާޓްފޯން ކުންފުނިތަކުން ކޮންމެ އަހަރުކު ވެސް ކުރާ ކެމެކެވެ. އެހެންވެ، ރަސްމީ އިއުލާނަކުން އާންމުނުކުރި ނަމަވެސް މިކަން އޮންނަނީ އެނގި ބާވެފަ އެވެ.

03 ޑިސެމްބަރ

December 03, 2019
އެޕަލް "މެޕްސް"ގައި ކްރައިމިއާ އަކީ ރަޝިއާގެ ބައެއް

ރަޝިއާގައި "އެޕަލް މެޕްސް" ބޭނުންކުރާ ނަމަ، ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ގޮތުގައި، އެޕަލް މެޕްސް އިން ދައްކާ ގޮތަށް ބަދަލުކޮށްފި އެވެ. ނަމަވެސް، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި މި ބަދަލެއް ނުފެންނާނެ އެވެ. އަދި ކްރައިމިއާ އަކީ ރަޝިއާ ސަރަހައްދެއް ގޮތުގައެއް ނުދައްކަ އެވެ.

01 ޑިސެމްބަރ

December 01, 2019 1
ޖޮނީ އައިވް އެޕަލް ދޫކޮށްލައިފި

މޮޅު ޑިޒައިނަރެއް ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު ޖޮނީ އައިވް އެޕަލް ދޫކޮށް ހިނގައްޖެ އެވެ. އެޕަލް ދޫކޮށް ދިއުމުގައި، އެއްވެސް ކަމެއްގައި އެޕަލްއާ ދެބަސްވުމެއް ނެތް ކަމަށް ބުންޏަސް، އޭނާ ބޭނުންވާ ޑިޒައިންތަކަށް ސީއީއޯ، ޓިމް ކުކް ސަމާލުކަން ނުދެއްވުން އެއީ އެޕަލް ދޫކޮށް އައިވް ދާން ނިންމި ސަބަބު ކަމަށް ވެ އެވެ.

19 ނޮވެމްބަރ

November 19, 2019 1
އެޕަލް އަށް ސިއްހީ މައުލޫމާތު ދޭން ކެރޭނެތަ؟

މިއީ އެޕަލް އިން އުފައްދައިގެން އުޅޭ އެޕްލިކޭޝަނެކެވެ. ނަމަކީ "އެޕަލް ރިސާޗް" އެވެ. އެޕްލިކޭޝަންގެ ބޭނުމަކީ ރިސާޗްކުރުމެވެ.

14 ނޮވެމްބަރ

November 14, 2019
އެޕަލް ކާޑަށް ޖިންސީ ގޮތުން ތަފާތުކުރުމުގެ ތުހުމަތު

"އެޕަލް ކާޑް" ބޭނުންކުރާ މީހުންނަށް ޚިދުމަތްދިނުމުގައި، އެޕަލް އަދި "ގޯލްޑްމަން ސޭކްސް" އިން ޖިންސީ ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ. އަދި މި ތުހުމަތު ބޮޑު ކަންތައްގަނޑަކަށް ހަދައި، ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި، ނިއު ޔޯކް ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް ސާވިސަސް އިން ވަނީ ބަލަން ފަށައިފަ އެވެ.

12 ނޮވެމްބަރ

November 12, 2019
ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި

ބިލް ގޭޓްސް ވިދާޅުވަނީ މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ގެއްލުނީ ޖަސްޓިސް ޑިޕާޓްމަންޓާ ހެދި ކަމަށެވެ. އެންޓިޓްރަސްޓް ގާނޫނުގެ ދަށުން މައިކްރޮސޮފްޓް ކުށްވެރިވާ ކަމަށް ބުނެ ހިންގި ތަހުގީގު ދިގުލައިގެންދިއުމުގެ ސަބަބުން، ވިންޑޯޒް ފޯނުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް އެނާ ދެކެވަޑަައިގަންނަވަ އެވެ.

30 އޮކްޓޯބަރ

October 30, 2019
އަޕްޑޭޓްނުވާ އައިފޯން 5 ނޮވެމްބަރު 3 ގައި ބަންދުވާނެ

އައިފޯން 5 ބޭންކުރާ މީހުން ތިބި ނަމަ އެޕަލްގެ މި އިލްތިމާސަށް ސަމާލުވާށެވެ. އެ ކުންފުނިން ބުނިގޮތުގައި އައިފޯން 5 އަވަހަށް އަޕްޑޭޓްނުކޮށްފި ނަމަ އޭގެ ބޭނުން ކެނޑިދާނެ އެވެ. އަންނަ މަހުގެ 3 ކުރިން އަޕްޑޭޓް ނޮޓިފިކޭޝަން ލިބޭތޯ ކަށަވަރުކުރުމަށް ފަހު، ފޯނު އަޕްޑޭޓްކުރަން ވަނީ އަންގައިފަ އެވެ.

29 އޮކްޓޯބަރ

October 29, 2019
ކޮރެއާގައި އެއް ދުވަހުން 130،000 އައިފޯނު ވިކުނު

ސައުތު ކޮރެއާގައި މި މަހު 25 ގައި އައިފޯން 11 ވިއްކަން ފެށުމާ އެކު އެ ދުވަހު 130،000 ފޯނު ވިކިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ. މިއީ ސައުތު ކޮރެއާގައި އެ ދުވަހު، އައިފޯން 11ގެ މޮޑެލްތައް އަލަށް "އެކްޓިވޭޓް"ކުރި އަދަދު ވެސް މެ އެވެ.

22 އޮކްޓޯބަރ

October 22, 2019 1
ތެޅިފައި އޮތް ފޯނު ފެނި، އޯޕްރާގެ ހަދިޔާއަކަށް ފޯނެއް

މަޝްހޫރު ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ އޯޕްރާ ވިންފްރީ މިދިޔަ ހަފުތާގައި އެޓްލާންޓާގެ މޯހައުސް ކޮލެޖަށް ދިޔައީ އޭނާގެ ނަމުގައި އެތަނުން ދޭ ސްކޮލަޝިޕް ޕްރޮގްރާމަށް 30 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި ބައިވެރިވުމަށެވެ. އެ ޒިޔާރަތުގެ ތެރެއިން ސްކޮލަޝިޕް ޕްރޮގްރާމަށް އިތުރު 13 މިލިއަން ޑޮލަރު ދޭން އޭނާ ނިންމީކީ އެކަންޏެއް...

18 އޮކްޓޯބަރ

October 18, 2019 3
އަގު ހެޔޮ އައިފޯނެއް އުފައްދަނީ

އަގު ބޮޑުވުމުގެ ސަބަބުން އައިފޯން ގެންގުޅުމުގެ ނަސީބު ނުލިބި ތިބި މީހުންނަށް އޮތީ އުފާވެރި ޚަބަރެކެވެ. އެއީ އަންނަ އަހަރުގެ ކުރީކޮޅު އައިފޯނުގެ އަގު ހެޔޮ މޮޑެލެއް ނެރެން...

October 18, 2019 9
ފަހުގެ އައިފޯނުތައް ދިރާގުން ދޫކުރަން ފަށައިފި

އެޕަލް އިން މިދިޔަ މަހު ނެރުނު އައިފޯން 11 އަދި އައިފޯން 11 ޕްރޯ އާއި 11 ޕްރޯ މެކްސް އަށް ދިރާގު މެދުވެރިކޮށް ޕްރީއޯޑާ ކުރި މީހުންނަށް އެ ފޯނުތައް ދޫކުރަން ފަށައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019
ޑިމާންޑް ބޮޑުވުމުން އައިފޯން 11 އިތުރަށް އުފައްދަނީ

އެޕަލް އިން އަންދާޒާކުރި ވަރަށް ވުރެ އައިފޯން 11ގެ ޑިމާންޑް އިތުރުވުމުން، މި މަރުކާގެ ފޯނުތަކުގެ ސަޕްލައި 10 ޕަސެންޓް އިތުރުކުރަން ސަޕްލަޔަރުންނަށް އަންގައިފި އެވެ.

October 15, 2019
5ޖީ އައިފޯނެއް އަދި ތިން އަހަރު ފަހުން

އެޕަލް އަށް އަމިއްލަ 5ޖީ އުފެއްދޭނެ ކަމަށް ބެލެވެނީ އަދި ތިން އަހަރު ފަހުންނެވެ. މިއީ އަމިއްލަ އަށް ޑިޒައިންކޮށް، ބަޔަކު ލައްވައި 5ޖީ މޯޑެމްއެއް އުފައްދަން ނަގާނެ ކަމަށް ބެލެވޭ...

13 އޮކްޓޯބަރ

October 13, 2019 27
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ

މިދިޔަ ހުރުކު ވިލޭރޭ އުރީދޫ އާއި ދިރާގުން އައިޕޯނު 11 ގެ ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ފޯނުގެ ސްޓޮކް ހުސްވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2019 1
ދިރާގުން ފަހުގެ އައިފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި

އެޕަލް ކުންފުނިން މިދިޔަ މަހު ނެރުނު އައިފޯން 11 އަދި 11 ޕްރޯގެ ޕްރީ އޯޑަރު ދިރާގުން ނަގަން ފަށައިފި އެވެ.

03 އޮކްޓޯބަރ

October 03, 2019 2
ކޯރަކަށް ވެއްޓުނު އައިފޯން 15 މަސް ފަހުން ވެސް ބަރާބަރު

މީގެ 15 މަސް ދުވަސް ކުރިން ކޯރަކަށް ވެއްޓުނު އައިފޯނެއް ބޭނުންކުރެވޭ ހާލަތުގައި އޮންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2019 15
އައިއޯއެސް 13 އަށް ދިވެހި ކީބޯޑް

އެޕަލްގެ ޑިވައިސްތަކުން ތާނަ ލިޔަން އުނދަގުލުގައި އުޅޭތާ ކިތަންމެ ދުވަހަކެވެ. އެކަމަކު މި މަހު ރިލީޒްކުރި އައިއޯއެސް 13 އާ އެކު އައިފޯނުތަކުން މިހާރު ފަސޭހަކަމާ އެކު ތާނަ ލިޔަންވީ އެވެ.

17 ސެޕްޓެމްބަރ

September 17, 2019 11
ހުކުރު ދުވަހު އެލް މޯބައިލުން އައިފޯން 11 ލިބޭނެ

އެޕަލް ކުންފުނިން އެންމެ ފަހުން ދައްކާލި އައިފޯން 11ގެ ފޯނުތައް ހުކުރު ދުވަހުން ފެށިގެން އެލް މޯބައިލުން ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 6
އައިފޯން 11 އަށް މެދުމިނުގެ ޑިމާންޑެއް

އައިފޯން 11 "ޕްރީއޯޑާ"ކުރުމަށް ހުޅުވާލައިފި އެވެ. ނަމަވެސް، ފޯނުތަކަށް ރަނގަޅު ޑިމާޑެއް އަދި ނެތް ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ. މި ދިޔަ އަހަރު، "އައިފޯން އެކްސްއެސް" އަދި "އައިފޯން އެކްސްއެސް މެކްސް" އަށް ތަރުހީބު ލިބުނު ވަރަށް ވެސް، މި އަހަރުގެ ފޯނުތަކަށް ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.

11 ސެޕްޓެމްބަރ

September 11, 2019 5
އައިފޯނުތަކާއި ގަޑި އަދި އެޕަލްޓީވީ ޕްލަސް ދައްކާލައިފި

އެޕަލްގެ އާ އައިފޯން މޮޑެލްތަކާއި ސީރީޒް 5 ގެ ގަޑި އާއި އެޕަލް ޓީވީ ޕްލަސް ރޭ ތައާރަފްކޮށްފި އެވެ.