ވިޔަފާރި / ގެސްޓް ހައުސް

ގެސްޓް ހައުސް ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ބެލެވެނީ ޑިސެމްބަރުގައި

ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ގެސްޓު ހައުސް، ކާނި ޕާމް ބީޗުގެ އިންފިނިޓީ ޕޫލުގައި ޓޫރިސްޓަކު-- ފޮޓޯ: ކާނި ޕާމް ބީޗް

މި އަހަރުގެ ޑިސެމްބަރު މަހަށް ރާއްޖޭގެ ގެސްޓު ހައުސް ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ގެސްޓު ހައުސް ހިންގާ ބައެއް ފަރާތްތަކުން ބުނެފި އެވެ.

ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދުކުރުމުން، ވިޔަފާރި އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު އަލުން ހުޅުވާލީ މި މަހުގެ 15ގަ އެވެ. އޭގެ ފަހުން މިހާތަނަށް 37 ގެސްޓު ހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދިން ނަމަވެސް ގިނަ ގެސްޓުހައުސްތަކުގެ އޮކިއުޕެންސީ އަދި ވަރަށް ދަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސްތައް ހިންގަނީ ކ. މާފުށީގަ އެވެ. އެ ރަށުގެ ބައެއް ގެސްޓު ހައުސްތައް މިހާރު ހުޅުވާފައިވާއިރު މި ވަގުތު އެ ރަށުގައި ތިބީ ގާތްގަނޑަކަށް ސަތޭކައެއްހާ ޓޫރިސްޓުންނެވެ. މީގެ ތެރެއިން 68 ޓޫރިސްޓުން ތިބީ އެންމެ ފަހުން އެ ރަށުގައިި ހުޅުވި ކާނި ޕާމް ބީޗު ގެސްޓު ހައުސްގަ އެވެ.

އެ ގެސްޓުހައުސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި އުއްމީދުކުރި ވަރަށް ޓޫރިސްޓުން ނައި ނަމަވެސް ކައިރި ރިސޯޓުތަކާ އަޅާބަލާއިރު ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ގިނަ އެވެ. އަދި މިހާރުގެ ބުކިންތަކަށް ބަލާއިރު ޑިސެމްބަރު މަހު ބުކިންތައް ފުލްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިސެމްބަރުގެ ޗުއްޓީ އާއި ނިއު އިޔާ އަށް ދިމާކޮށް އެބަހުރި ފުދޭވަރަކަށް ބުކިންތައް ލިބިފައި. އުއްމީދު ކުރަނީ ޑިސެމްބަރު މަހު އޮކިއުޕެންސީ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. އެގޮތުން، ކްރިސްމަސް އާއި އާ އަހަރަށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހުންނަނީ އޯވަބުކް ވެފަ އެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޔޫއައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހު ވިދާޅުވި ގޮތުގައި މިހާތަނަށް ބުކިން އަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނެނީ އއ. ތޮއްޑޫ އާއި އއ. ރަސްދޫ އާއި ބ. ގޮއިދޫ އަދި މާފުއްޓެވެ. އަދި މިހާތަނަށް ލިބިފައި ހުރި ބުކިންތަކަށް ބަލާއިރު ޑިސެމްބަރު މަހަށް މި ރަށްރަށުގެ އޮކިއުޕެންސީ 60-70 ޕަސެންޓަށް އަރާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

ނާސިހު ވިދާޅުވި ގޮތުގައި ގެސްޓު ހައުސްތަކަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ އިޓަލީންނެވެ. އެހެންކަމުން އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ބުކިންތަކަށް ބަލާއިރު ޔޫކޭ އާއި ރަޝިއާގެ ބުކިންތައް އިތުރުވެފައިވާ ކަމަށް ނާސިހު ވިދާޅުވި އެވެ،

"މިހާރު ލިބިފައި ހުރި ބުކިންއަށް ބަލާއިރު ރަޝިއާ އިން ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އޭގެ އިތުރުން ޔޫކޭއިން ވެސް ވަރަސް ގިނަ ޓޫރިސްޓުން ޝައުގުވެރިކަން ފާޅުުރޭ ގެސްޓު ހައުސްތަކަށް އަންނަން،" ނާސިހު ވިދާޅުވި އެވެ.

އަތޮޅުތަކުގެ ގެސްޓު ހައުސްތައް ހުޅުވާލި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ އަދި ޓޫރިސްޒަމް މިނިސްޓްރީން ނުދެ އެވެ. މި ހުއްދަ ދޭނީ ރާއްޖޭގެ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ދަށްވުމުން ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، އަންނަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

27 October 2020

ރާއްޖެއައުމަށް ފުރުސަތުލިބިއްޖެނަމަ އަންނާންތައްޔާރަށް ޗައިނާގެ އެތައްމިލިޔަން ފަތުރުވެރިން ތިބީ ތައްޔާރަށް. # މާލެއަކީ ކޮރޯނާ ސްޕްރެޑެއްގެ ގޮތުގައިއޮތްއިރު " މާލެ ނާދެވޭނަމަ އެހެންރަށަކަށްވެސް ގެސްޓުން ނުގެންނާން ތިބުމުގެބަދަލުގައި" ތިޔަހަރަ ހަރުކަށިކަމާއި ބޯދާވިސްނުންދޫކޮށް ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ ޒޯނަށް ފަތުރުވެރިން އުފުލުމަށް ބީޖިން، ޝެންޙާއީ އަދި ހޮންގކޮންގ އިން ގޭންއެއަރޕޯޓަށް ދަތުރުކުރުން ހުޅުވާލާ މޯލްޑިވިއަންވެސް މިރޫޓަށް ދަތުރު ފައްޓާންޖެހޭ.

The name is already taken The name is available. Register?

ކަތީބު.

28 October 2020

މާލެއަށް ފައިސާ ނުވަންނަ ސިޔާސަތެއް މާލޭ ސަރުކާރުން ތަންފީޒު ނުކުރާނެ. މޮޔަ ނުވޭ. ތިކަން ނުކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454