އެޕަލް އައިފޯން 12: މިރޭ 12:00އިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ--
29 އޮކްޓޯބަރ 2020 - 23:49
އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯނު 12 އަދި އައިފޯނު 12 ޕްރޯ އުރީދޫން ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިރޭ ހުޅުވައިލާނެ އެވެ.
މޫލީ މެދުވެރިކޮށް ފޯނުތަކަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ 12:00 އިން ފެށިގެންނެވެ. މޫލީ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް އޯޑަރު ކުރެވޭނެ އެވެ. އަދި ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ހިލޭ ގެންގޮސްދޭނެ އެވެ.
އެޕަލް އިން ވަނީ މި މަހުގެ 13ގައި އައިފޯނު 12ގެ ހަތަރު މޮޑެލެއްް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އައިފޯން 12 އާއި އައިފޯނު 12 މިނީ އާއި އައިފޯނު 12 ޕްރޯ އަދި އަދި އައިފޯނު 12 ޕްރޯ މެކްސް ހިމެނެ އެވެ. ނަމަވެސް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފައިވަނީ އައިފޯނު 12 އާއި 12 ޕްރޯ އެވެ.
އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯނު 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، އެޖް ޓު އެޖް ސުޕަ ރެޓިނާ އެކްސްޑީއާރު ޑިސްޕްލޭ ހިމަނާފައިވެ އެވެ. އަދި ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާ އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.
އައިފޯން 12 ގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ވަނީ ދުނިޔޭގެ ބާޒާރަށް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔަލަޓީ
30 October 2020
އައި ފޯން 11 ޕްރޯގެ ޑިޒައިން މާރީތި، ތި 12 ވައްތަރީ އައި ފޯން 4އާ، އަހަރެންގެ 11 ޕްރޯމެކްސް ވިއްކާލާފަ އައި ފޯން 12 އެއް ނުގަންނާނަން
ސްޓީވްއެޕަލް
30 October 2020
ތިބޭފުޅާގެ ތި ނިންމެވުމާ ގުޅިގެން ޓިމް އެޕަލް އަށް މިރޭ ނުވެސް ކެވޭނެ.
ވުޑް އެޕަލް
30 October 2020
ސްޓީވް އެޕަލް، ކަލެއާ ކޮންބެހޭ ކަމެއް ޓިމް އެޕަލް ދެރޭ ދެދުވާ ނުނިދާ އޮތަސް