ފިނޭންސް މިނިސްޓަރު އަމީރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ހުށަހަޅުއްވަނީ.-- ފޮޓޯ: މަޖިލިސް
11 ނޮވެމްބަރ 2020 - 11:51
ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަކީ ވިއްކާލުން ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ދައުލަތަށާއި އާއްމުންނަށް ލިބޭ މަންފާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު އާމްދަނީ އިތުރު ކުރުމުގެ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ ވިއްކަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މިގޮތަށް ހިއްސާ ވިއްކައިގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ކުންފުނިތަކުގެ ހިއްސާ ވިއްކަން ބަޖެޓުގައި ހިމެނުމާ އެކު ސަރުކާރަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ މި ބަދަލަކީ ބޭރު ގައުމުތަކަށް ކުންފުނިތައް ވިއްކާލަން ކުރާ މަސައްކަތެއް ކަަމަށް ތުހުމަތު ކޮށްފަ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އަމީރު ވިދާޅުވީ ކުންފުނީގެ ހިއްސާ ވިއްކުމަކީ ކުންފުނި ވިއްކާލުން ނޫން ކަމަށެވެ. އަދި މި ބަދަލު ގެނައުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެފިޝަންސީ ގެނެވި، ވޭސްޓް ކުޑަކުރެވި، ކޮރަޕްޝަނަށް މަގުފައިވާ ކަންތައްތައް ވީހާވެސް ބޮޑަށް އެ ދޮރުތައް ބަންދުކޮށް އޭގެ އިތުރުން ސަރުކާރަށް ޑިވިޑެންޑެއް ވެސް ލިބުން،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތައް އަދި ކަނޑައެއް ނާޅަ އެވެ. އަދި ހިއްސާ ވިއްކާނީ ދިވެހިންނަށް ކަމެއް ނުވަތަ ބޭރު މީހުންނަށް ކަމެއް ވެސް ކަނޑަނާޅާ ކަމަށެވެ. މިކަންތައްތައް ނިންމާނީ ބޭރުގެ ތަޖުރިބާކާރުންނާ ގުޅިގެން ދިރާސާތައް ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ބޭރުގެ އެހީއާއެކު އޭގެ ވަރަށް އިންޑެޕްތު ސްޓަޑީއެއް ހަދަން. ކޮންކޮން ކުންފުނިތަކެއްތޯ ލިސްޓު ކުރާނީ. ލިސްޓު ކޮށްގެން ކިހިނެއްތޯ ސްޓްރެޓެޖިކް ޕާޓްނަރެއް ހޯދާނީ. ނޫނީ ކިހާވަރަކަށްތޯ އައިޕީއޯއަކަށް ދާނީ. އައިޕީއޯއަކަށް ދާނީ ރާއްޖޭގައިތޯ ބޭރުގައިތޯ،" އަމީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
12 November 2020
ދައުލަތުގެ ކުންފުނިތައް ޕަބްލިކް ލިމިޓެޑް ކުންފުނިތަކަކަށް ބަދަލު ކުރުމުގެ އިތުރަށް ގިނަކުންފުނިތަޢް މާޖްކޮށް ހިންގުން ހަރުދަނާ ކުރާންވެސް ޖެހޭ. # މިގޮތުން މޯލްޑިވިއަން، ޕޯސްޓް ލިމިޓެޑް، ގޭން އެއަރޕޯޓްސް ކަމްޕެނީ މާޖް ކުރުމަށްފަހު އެމްޓީސީސީއާއި އެމްޕީއެލް އިން ދެމުންގެންދާ ކަނޑާއި އެއްގަމުގެ ދަތުރުތަކުގެ އިތުރުން ސީއެމްބިއުލާންސް ހިދުމަތްވެސް މިކުންފުނީގެ ދަށަށްގެނެސް ކުންފުންނީގެ މެޖޯރިޓީ ޝެއަރ ޖެޕާން އެއަރލައިން ފަދަބަޔަކަށް 50 އަހަރަށްދިނުން ރަނގަޅު.
ކަރާ ވަހީދު
12 November 2020
ތިކަން ތިގޮތަކަށް ނުކުރާނެ. އެހެން ނަމަވެސް ޙަޤީގަތުގައި ތިއީ ތިކަން އޮންނާންޖެހޭ ރަނގަޅުގޮތް ކަމުގައި މަށަށްވެސް ފެނޭ. ނަމަވެސް ޕާޓީ އެކްޓިވިސްޓުންނަށް ބޮޑެތި ވަޒީފާ ދެވޭނީ ގިނަ ކުންފުނިތަށް ހުރީމާ ކަމަށްވާތީ ކުންފުނިތައް އެކެއް ނުކުރާނެ.
ޖަވާހިރު
12 November 2020
އަހަރެންނަށް މިހާތަނަށް ފެނުނު އެންމެ މޮޅު ޙިޔާލު. ތިކަން ކޮންމެހެންވެސް ކުރާންޖެހޭ. އެކަމަކު މިފަދަ ކަމެއް ކުރެވޭނީ ނަޝީދު މެން ފަދަ ހިތްވަރު ހުރިމީހަކު އިސްނަގައިގެން.
ދޮން ހުސޭނު
12 November 2020
ކުންފުނިތައް ނަޖާނުކުރިޔަސް ނަފާ މަދެއް ނޫންތާ! ކަރަންޓު އަތަކުފަތަކު ނުޖެހޭ. ފެން! މުވާސަލާތު! ބެންކު ހައްތާވެސް އަހަރީ ހިސާބުން ނަފާ ނުނިކުންނަ ތަންތަން ނޫންތޯ. އެންމެ ރަނގަޅު، ތިޔަ ވިދާޅުވާ ނަފާ ނެރޭނީ ޚިދުމަތްތަކުގެ ޖިޒީ ގުނަކޮށްގެންތޯ. ނޫނީ އިތުރު ނަފާ ބޭރުން އެތެރެއަށް ކައްވައިގެންތޯ. ޔަގީން ކަމަކީ ރާއްޖޭގައި ކުންފުންޏެއް ހަދައިފިތަ! ނަޖާކުރިޔަސް ނުކުރިޔަސް ފަރުދުންގެ ޖީބު ހުސް. ދީބު ވެސް ހުސް.
ައަފުރާސިޔާބު
12 November 2020
ތިގޮތަށް ޕްރަވަޓައިޒް ކުރިތަނެއް އެސް.ޓީ.އޯ އަކީ. ދައުލަތުން ކޮންމެ އަހަރަކުވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެސް.ޓީ.އޯ އިން އެބަނަގާ. ޑިވިޑެންޑަށް ލިބެނީ ކިހާވަރެއްތޯ؟ މެޑިކަލް ސަޕްލައިޒް އެންޑް ކޮންޒިއުމަބަލްސަށް ބޮޑު ޚަރަދެއް ކުރަންޖެހެޔޭ ބަޖެޓް ޕޭޕަރުގައި ބުނިއިރު މެޑިކަލް ތަކެތި އެސް.ޓީ.އޯ އިން ސަރުކާރަށް ވިއްކަނީ %400-%500 ދެމެދު ބޮޑު އަގެއްގައި. ދައުލަތުން މިކަމަށްވެސް އެސްޓީއޯ އަށް 500މިލިއަންރުފިޔާ އެބަވޭސްޓްކުރޭ. މިކަމަށް ނިމުމެއް އަންނަންޖެހޭ.
އެމްޑީޕީމީހާ
11 November 2020
ހުސް ވައްކަން މިކުރަނީ
ހައްގުބަސް
11 November 2020
ދިވެހިންގެ ކަރައް ފައިންނާރަ އިސްތިއުފާ ދީ.
ތެދުވެރިޔާ
11 November 2020
ޤައުމު ހިންގަން ނޭގޭ ބަޔަކައް ވެރިކަން ދިނީމަ ވާގޮތް 2 ވަނަ ފަހަރައް ދިވެހިން ތަޖުރިބާ ކުރަނީ
ވަތަން އިސްކުރަންޖެހޭ
11 November 2020
ދިވެހިންގެ ހިތުގެ ތެރޭގަ އުފެދެނީ ހިންނުތަނަވަސްކަން.
އެމެރިކާ
11 November 2020
މި ސަރުކާރައް ވޯޓް ދެވުނީތީ ހިތާމަ ކުރަން.
މަންޑޭލާ
11 November 2020
އެމްޑީޕީ ވެރިކަމަ އަންނަ ކޮމްމެފަހަރަކު ރާއްޖޭގެ ފައްޓަރު ބައި ވިކާލާފަ ތަރައްގީ އެމްޑީޕީ މީހުންގެ ޖީބު ބޮޑުވަނީ އެއީ ތަރައްގީތަ.؟
ޝޮކްތެރަޕީ
11 November 2020
މިކަމަކީ ނިމިހަ ހުރިކަމެއް. އިންޑިޔާގެ އެދުމައް ރާއްޖޭގެ މުހިމްމު ތަންތަން އިންޑިޔާގެ ބާރުގެ ދަޝައް ގެނެވޭ ގޮތެއް މަގުފަހި ކުރުން. މީ އެމްޑިޕީ ހެދި ޑީލްތައް ފަޅާއަރަމުންދާ ދުވަސް ތަކެ.