ކެލާގައި ޓޫރިސްޓް ހޮޓަލެއް ހަދައި ހިންގާނެ ބަޔަކު ހޯދަނީ

ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.


އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ކެލާގައި ޓޫރިޒަމް ކުރިއެރުވުމަށް 864،414 އަކަފޫޓުގެ ބިމާއި މޫދު ސަރަހައްދު ތަރައްގީކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ބިން ބޮޑު، މޫދާއި ބީޗް ރީތި ކެލާގައި ހިންގާ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:00 ގައި "ޒޫމް" މެދުވެރިކޮށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހޭނެ އެވެ. އަދި އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ބައްދަލުވުމުގަިއ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ނަމާއި އީމެއިލް އެޑްރެސް planning@tourism.gov.mv މެދުވެރިކޮށް ފޮނުވަން ޖެހޭނެ އެވެ.