ބީއެމްއެލުން ވަނީ ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓު 15 ޕަސެންޓަށް ކުޑަކޮށްފައި-- ފޮޓޯ: ބީއެމްއެލް
18 ނޮވެމްބަރ 2020 - 11:40
އުޅަނޑުތައް ގަންނަން ބީއެމްއެލުން ދޫކުރާ ވެހިކަލް ލޯނާއި ފައިނޭންސިންގެ އިންޓްރަސްޓް ރޭޓު އެ ބޭންކުން މިއަދު ކުޑަކޮށްފި އެވެ.
މި ގެނައި ބަދަލާއެކު އުޅަނދުފަހަރު ގަންނަން ލޯނު ނަގާ ކަސްޓަމަރުންނަށް 15 ޕަސެންޓު އިންޓަރެސްޓްެ ރޭޓުގައި 500،000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. ކުރިން މި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ހުރީ 18 ޕަސެންޓުގަ އެވެ.
ބީއެމްއެލްއިން ބުނިގޮތުގައި އިތުރު އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ލޯނުތައް ދެއްކުމަށް ފަސް އަހަރު ލިބޭނެ އެވެ.
މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުމަށް ބާރުއެޅުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދެއްނަމަ ވެހިކަލް ލޯނާއި ފައިނޭންސިންގެ ރޭޓް މިހާރު ވަނީ 14 ޕަސެންޓުން 12 ޕަސެންޓަށް ދަށްކޮށްފަ އެވެ.
މީގެ ކުރިން ބީއެމްއެލުން އުޅަނދު ގަންނަން ލޯނާއި ފައިނޭންސިން ދޫކުރަނީ އެ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން އެކަނި ގަނެވޭ ގޮތަށެވެ. އެހެންނަމަވެސް މިއަދުން ފެށިގެން ބޭންކުގައި ރަޖިސްޓްރީ ނުކޮށް ހުންނަ ވިޔަފާރިތަކުން ވެސް އުޅަނދުތައް ގަނެވޭނެ އެވެ.
ވެހިކަލް ލޯނާއި ފައިނޭންސިން އަށް މި ގެނެވުނު ބަދަލުތަކާއެކު ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ޖެޓް ސްކީ އާއި ޑިންގީ ފަދަ އިންޖީނު އަޅާފައިވާ އުޅަނދު ވެސް ގަނެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ބަދަލާއެކު މުޅި މާކެޓުގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
20 November 2020
ތިކަމުންވެސް ރައްޔިތުންނަށް ފައިދާއެއްވާނީ ޕާކިންވެސްލިބި ނަގާފީތަށްކުޑަކޮށްގެން މިހާރުވެސް އުޅެނީ ދުއްވާ އުޅަނދުތަކުން އިތުރަށްފައިސާނަގަންފަށަން
އަލްފާ
19 November 2020
ރިބާ ދެއްތޯ. ނޫސްވެރިންވެސް މިހެން ނުލިޔާނެ.
ފާސްނުވާ ޑރ
18 November 2020
ނެއްފެންވަރުން ވެހިކަލް ނުގަނެބަލަ..
ކޮއިމަލާ
18 November 2020
ބުރޯ %15 ވެސް ބޮޑޭ.. ބޮޑަތި ކުންފުނިތަކަށް ވިޔަފާރި ލޯނުވެސް ރާއްޖޭގެ ބޭންކްތަކުން ދޭ %11 ގަ.. އާއްމު ރައްޔިތުން ފެލާފަ މަހުޖަނުން މުއްސަނދިކޮށްދޭން ތިއުޅެނީ..
އަހުމަދުބޭ
18 November 2020
ތިޔައިން ލޯނެއް ނަގަންދިޔާމަ އިނގޭނީ، ހުށައަންޖެހޭތަކެތި ގަންނަ އެއްޗަކަށްވުރެ ހަގުނަ ބޮޑުކުރާނެ
އައިޝާގެ ބޭބެ
18 November 2020
ތިއަށް ކިޔަނީ ރިބާ. ﷲ އަށް ތަޤްއާވެރިވޭ، ދެދުނިޔޭގައި ފައިދާކުރާނެ.
ހަކީމް
18 November 2020
މިހާރު ރިބާ އައީ ކޯޗެއްކަންވެސް އޮޅިއްޖެ. އިސްލާމިކް މިނިސްޓްރީ އާއި ވާހަކަ ދައްކައިގެން ހުތުބާ ތަކުގައި ރިބާގެ ވާހަކަ ކަނޑާލަންވީ. މިހާރު މިވާގޮތުން ދަރިޔަކު ބައްޕާ ހުތުބާގައި އެކިޔާ ރިބާ އަކީ ކޯޗެއްހޭ އެހީމަ ދޭނެ ޖަވާބެއް ނޯވެ.
ސަކީނާ
18 November 2020
ކަނޑާލާ ކަނޑާލާ.. ރަލާ އޫރުމަހުގެ ވާހަކަވެސް ދައްކާކަށް ނުކެރެއެއްނު.. އެއީ އެވާހަކަ ދައްކަންޔާ ހުރިހާ ރިސޯޓެއް ބަންދުކުރަން ޖެހިދާނެތީ..
މޯޑް
18 November 2020
ވަރަށް ކުޑަ ތިކުރީ. ހުސް ދޮގު ތި. ލުއިއެކުސްފްރެސް ވެސް 15 ފަސެންޓަށް ކުޑަކޮށްފިއޭ ކިޔާ ނޫސްތަކުގަ ހެޑްއަށް އެރުވި. އެކަމް މިހާރު ވެސް 18 ފަސެންޓްއިންޓަރރެސްޓް ނަގާ. ރަށްއިތުންނަށް އޮޅުވާލިޔަސް ބޮނޑް ވަރު
ސަންޕަދަރި
18 November 2020
ހެޔޮނުވާނެ ތިޔަލޯނުތައް ދީ މިސަރުކާރަށް
އިލްޔާސް
18 November 2020
އުޅަނދު ގިނަވާތީއޭ ކިޔާފައި ކޮންޖަންކްޝަން ޓެކްސް ނަގަނީ އެއްކޮޅުން. އަނެއްކޮޅުން ވީހާވެސް ގިނައިން އުޅަނދު ގިނަވާނެ ގޮތަށް ފަސޭހައިން ލޯނު ލިބޭގޮތް ހަދަނީ. ދެކޮޅު ޖެހޭތަ އެބަ؟