ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ޓޫރިސްޓުން ފައިބަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
22 ނޮވެމްބަރ 2020 - 13:11
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެ ވަނަ އަށް އިންޑިއާ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުވެފައިވަނީ މި މަހުން ފެށިގެންނެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް އެ ގައުމުން 2،031 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ހަފުތާގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 5،449 އަށް އަރައިފަ އެވެ. މިއީ ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިޔާއާ އަޅާބަލާއިރު 7،512 މަދު އަދަދެކެވެ. މިހާތަނަށް ރަޝިއާއިން 12،961 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވަނީ އެ ގައުމާއި ރާއްޖެއާ ދެމެދު ހަދާފައިވާ "ޓްރެވަލް ބަބުލް"ގެ ސަބަބުންނެވެ. އެހެންވެ، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ދިއުމުން ކަރަންޓީނު ވާކަށް ނުޖެހެ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 441،952 އަރައިފަ އެވެ. ބޯޑަރު ހުޅުވި ފަހުން އައި 59،105 ޓޫރިސްޓުން މީގެ ތެރޭގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
23 November 2020
މީ ކޮންތާކު އުޅޭ އަމިއްލަ އޮނަރަބްލްއެއްތަ؟
އޮނަރަބްލް އަފީފު ދީދީ
23 November 2020
ބޮމްބޭ ޑެއްލީގެ އިތުރުން އިންޑިޔާގެ ބޮޑެތި ސިޓީތަކާއި ގޭން އެއަރޕޯޓް ގުޅިގެން މެނުވީ އައްޑޫ ރައްޔިތުން އެދޭފަދަ އަދި އެމްޑީޕީވެސް އެކަމަކަށް އާބަސް ބުނެފައިވާ "މެޑިކަލް ޓްއަރިޒެމް ސިޓީއެއްގެ ގޮތުގައި" އައްޑޫ ތަރައްޤީ ކުރާން ފުރުސަތު ނުލިބޭނެ. # އިންޑިގޯގެ ޝެޑިއުލް ދަތުރުތަކުން ގޭންއާއި އިންޑިޔާގެ ބޮޑެތި ސިޓީތަކާއި ގުޅާލާ ގޭން އޮސްޓްރޭލިއާ އަދި ގޭން ސައުތު އެފްރިކާ ދަތުރު ފައްޓައިފިނަމަ އޭއީއެޗް ގެ އިތުރުން ދެކުނުގެ ޓްއަރިޒެމް ހިގައިގަންނާނެ.
އޮނަރަބްލް އަފީފު ދީދީ
22 November 2020
ގެސްޓްހައުސް ވިޔަފާރިކުރިއެރުވުމަށާއި އެމްޑީޕީއަށާއި ސޯލިޙްއަށް އަހަރުމެން ރައްޔިތުން (ޙާއްސަކޮށް އައްޑޫމީހުން) ވޯޓްދިންސަބަބުކަމުގައިވާ ލާމަރުކަޒުކުރުމަށްއެޅޭނެ އެންމެމުހިންމުފިޔަވަޅަކީ ގޭންއެއަރޕޯޓް ދުނިޔެއާއިގުޅާލުން. # މިވަގުތަށް އެންމެފަސޭހައިން މިކަންކުރެވެންއޮތީ އިންޑިޔާގެ އެންމެބޮޑު ފްލީޓްއޮތް އިންޑިގޯގެ އެހީތެރިކަންހޯދައިގެން. # މިކަންކުރުމަށް ސިޓީކައުންސިލުން ސީދާ ނަޝީދުގެ ބައިވެރިވުމާއިއެކު ދިއްލީއަށް ދަތުރެއްކޮށް ރަސްމީގޮތުން އެހީތެރިކަމަށްއެދެންޖެހޭ.
ލިޔަންތަ ؟
23 November 2020
ހީވޭތަ މާލޭގެ ބޮޑުން އައްޑުއަށް ތިޔަ ފުރުސަތު ދޭނެހެން ؟
އާއޯ އާއޯ
22 November 2020
ދޭކޯ ދޭކޯ ކުތުބް މިނާރު ދޭކޯ، ތި އިންޑިޔާ މީހުންނަށް ސަރވް ކުރަން އުޅޭ ރިސޯޓް ސްޓާފުން މޮޔަ ނުވިއްޔާ ރަންގަޅު، ވަރަށް ކޫއްސަނި މައްސަލަ ޖައްސާ ތިމާމީހުން އެކަނި ކަމަށް ރިސޯޓްގަ ތިބެނީ ކަމަށް ހީކޮއްގެން އުޅޭ ބައެއް
އޮނަރަބްލް އަފީފު ދީދީ
22 November 2020
ތަރައްޤީ އަންނަ ކަމުގައިވާނަމަ އަހަރުމެން މިތިބީ އިންޑިޔާގެ ރައްޔިތުންނާއި އިންޑިޔާ ސިފައިންނަށްވެސް މެހެމާންދާރީ އަދާކުރަން ތައްޔާރަށް. # އަހަރުމެންގެ ކައުންސިލުން އިސްނަގައިގެން ފުރުސަތުގެ ބޭނުންކޮށް ދިއްލީސަރުކާރުގައި އެދިގެންވިޔަސް ބޮމްބޭ ގޭން، ޢަދި ޑެއްލީ ގޭން ދަތުރުގެ އިތުރުން ގަމާއި އޮސްޓްރޭލިއާ އަދި ގަމާއި ސައުތު އެފްރިކާ އާއި ދެމެދު އަންނަ ސީޒަނަށް އިންޑިގޯގެ ޝެޑިއުލް ދަތުރު ފެއްޓޭތޯ ބަލާންޖެހޭ.
ތެދެއް.
22 November 2020
ކަލޭމެން އައްޑޫ މީހުން ތިއުޅެނީ ވަކިވެގަންނާނެ ގޮތެއް ނުފެނިގެންދޯ ؟
1828
22 November 2020
"ގޭން" އަޅުގަނޑުމެންނާއި އިންޑިއާއި ދެމެދު އެއްވެސް މައްސަލައެއްނެތް. އަޅުގަނޑުމެން ދިވެހިންނަށް ހަޖަމް ނުވަނީ އިންޑިއާ ސިފައިން މި ފަސްގަނޑުގައި ޤާއިމްވެގެން ތިބޭތީ. އިންޑިއާ ސިފައިން މި ފަސްގަނޑުގައި ޤާއިމްވެގެން ތިބެން ޖެހޭއެއްވެސް ސަބަބެއް ނޯނާނެ.
މީ އަޅުގަނޑު.
22 November 2020
ރިސޯޓްގަ އުޅުނީރު ޓުއަރިޒަމް އިންޑަސްޓްރީ ޑޮމިނޭޓް ކުރާ އައްޑު އަތަޅެ މީހުންނަށް ހެދި ލަވައެއް، އަޑުއަހާލާ “އަފިރިންގެ ރެސޯޓައް ދެން ގޮއްސާ ތަފިރިންގެ ރެސޯޓުން ދެން އައިމާ، އަފިރިންގެ ރިސޯޓާ މާ ބޮޑޭ ތަފިރިންގެ ރިސޯޓައް ވުރެ ތިން ގުނަ، ނުވަ ގުނަ ބޮޑު ވިޔަކަސް ވަރިހަމައޭ، އަފިރިންގެ ރިސޯޓާ މާ ބޮޑޭ” މިލަވައަކީ “ގައުމަށް އައި މިނިވަން ނޫރާނީ” މި ރާގަށް އަޅުގަނޑު ހަދާފަ އިން ލަވައެއް، ރީތި ވި ކަމަށް އުއްމީދު ކުރަން
ސާމީ
23 November 2020
ސަޅި ކަމެއް.
ނަމެއްނެތި
22 November 2020
އިތުރުވާނީ ހަމައެކަނި ޓޫރިސްޓުންނެއް ނޫން. އިންޑިޔާގެ މިލިޓަރީވެސް ދަނީ އިތުރުވަމުން އަދި ދުވަސްކޮޅަކުން ދިވެހި އިންޑިޔަނުންވެސް ދާނީ ގިނަވަމުން މިހާރު އޮތްފަދަ ސަރުކާރަކާއެކު.
ާަބޫމްބޫމް
22 November 2020
ދެންއިތުރުވާންވީ 3 ބިލިއަންރުފިޔާކާލާ ކަ ހަލަވަގުންތޯ؟؟
ހޭވައްޓާލާ
22 November 2020
ހިތުން ވަރަށް މޮޅު ހަބަރެއް. އިންޑިޔާގައި ކޮވިޑްގެ އަސްލު އަދަދު ހާމަ ނުކުރޭ. އަސްލު ދުވާލެއްގެ މައްޗަށް އެމެރިކާއިން ޕޮޒިޓިވްވާ ވަރަށް ޕޮޒިޓިވްވޭ. އިންޑިޔާއިން ޓޫރިސްޓުން ގެނެސް އަޅާފަ ބަހައްޓާ، ގެނެސް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ބަލި ފަތުރާލީމަ ނަޝީދު ބުނި ގޮތަށް އަދަދު ދިމާ ކުރެވޭނެ. ވަރަށް ސަލާމް.