ހެނބަދޫ ބަނދަރު: މަސައްކަތް ނިމުނީ މި މަހު 21ގައި ކަމަށް އެމްޓީސީސީން ބުނޭ-- ފޮޓޯ: އެމްޓީސީސީ
29 ނޮވެމްބަރ 2020 - 10:35
ނ. ހެނބަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއު ނިންމާލައިފައިވަނީ މި މަހުގެ 21ގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 24 ސެޕްޓެމްބަރު 2019ގަ އެވެ.
މި މަޝްރޫއުގެ ދަށުން، 615,44 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފަ އެވެ. މީގެ އިތުރުން 25 މީޓަރުގެ ސަރަހައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި، 1،510 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއަށް 30.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ބަނދަރާއި މަގު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީނާ
29 November 2020
30މ ތި ޚަރަދު ކުރީ އާބާދީގަ 500 ހަމަނުވާ ރަށަކަށް.
ޗާލޭޗާލޭ
29 November 2020
ބާލައިބަލަ ރީތިކަން މީހާރު.