މެޑިފްލެކްސްގެ ލެބޯރެޓަރީގައި ލެބް ޓެކްނީޝަނުންތަކެއް މަސައްކަތް ކުރަނީ--ފޮޓޯ:މެޑިފްކްސް
20 ޑިސެމްބަރ 2020 - 22:42
މުޅިން އަލަށް ހިދުމަތް ދޭން ފެށި މެޑިފްލެކްސް އިން ކޮވިޑާ ގުޅޭ ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި އެވެ.
މެޑިފްލެކްސް އިން ބުނީ އެ ތަނުގައި ޕީސީއާރު ޓެސްޓް ކުރަނީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ކަމަށެވެ. ލެބޯޓްރީގައި ކޮވިޑް ޓެސްޓުކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓް ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓްތަކެކެވެ.
ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ކޮޓޭޖް ގްރައުންޑް ފްލޯގައި ހިންގާ މެޑިފްލެކްސްގެ ހިދުމަތް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ލިބޭނެ އެވެ.
މެޑިފްލެކްސް ލެބޯރެޓަރީ--ފޮޓޯ:މެޑިފްލެކްސް
އާއްމު ރައްޔިތުންނާއި ޓޫރިޒަމަށް ވެސް ޕީސީއާރު ޓެސްޓް ހެދުން ހުޅުވާލާފައިވާއިރު، މެޑިފްލެކްސް އިން ޓެސްޓް ހަދާތާ ގިނަވެގެން 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ އެވެ. އަދި އެކްސްޕްރެސް ހިދުމަތް ހޯދާ ނަމަ، އިތުރު ޗާޖަކާއި އެކު ގިނަވެގެން ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ގޮތަށް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މެޑިފްލެކްސް އިން ބުންޏެވެ.
މެޑިފްލެކްސް އިން ބުނީ ޓޫރިސްޓުންގެ ސާމްޕަލް ފޮނުވުމުން މާލެ އާއި ހުޅުމާލޭގެ އިތުރުން އެއާޕޯޓުން ވެސް ސާމްޕަލްތަކާއި ހަވާލުވާނެ ކަމަށެވެ.
މެޑިފްލެކްސްގެ ލެބޯރެޓަރީގައި ލެބް ޓެކްނީޝަނެއް މަސައްކަތް ކުރަނީ--ފޮޓޯ:މެޑިފްކްސް
ޓެސްޓް ކުރުމުގެ އަގުގެ ތެރޭގައި، ލެބް ޓެސްޓްގެ އިތުރަށް ސާމްޕަލް ކަލެކްޝަނަށް ބޭނުންކުރާ ތަކެތީގެ އަގު ހިމެނެ އެވެ. އަދި މާކެޓުގެ އަގުތަކާއި އަޅާ ބަލާއިރު، މެޑިފްލެކްސްގެ އަގުތައް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓެސްޓްގެ ނަތީޖާ ކަސްޓަމަރު ބޭނުންވާނަމަ އީމެއިލް ކޮށްދޭނެ ކަމަށް މެޑްފްލެކްސް އިން ބުނެ އެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ، އެ ތަނަށް 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިންޓިން1
21 December 2020
ސަރުކާރަށް ހިލޭ ލިބުނު މެޝިންތައް ގުދަން ކޮށްފަ ބަޔަކު ލާރި ހޯދަން ކުރާކަމެއް. ބަލިމަޑު ކަމުގަވެސް ބަޔަކު މުއްސަނދިކުރަން ފޫގަޅާފަ. މީހަކު މޮޔަވެދާނެ.
ކޮމެންޓޭ1
21 December 2020
ލެބޯޓަރީ ތަކާއެއްޗެހި އަޅާިގެން ވިޔަފާރި އުފައްދާ ހާ ޕީސީއަރުގެ ޑީމާންޑް ބޮޑުވީދޯ. އިނގރޭސި ވިލާތުގަ ކޮވިޑް ވައިރަސް އަށް ބަދަލު އައިސް ފަސޭހައިން ފެތުރޭ އިރު އެޗްޕީއޭ އާށް ރެކާ ނުލާ. އެހެން ގައުމުތަކުން އިނގިރޭސިވިލަތަށް ބޯޑަރު ބަނދު ކުރިއިރު. މިތަނަށް އަންނަވަރަށް އަންނަނީ. އޭރުންތާ ގިނަ ޕީސީއާރު ހަދަން ޖެހޭނީ
ފަރީ
21 December 2020
އެސްޓީއޯ އަށް ނުދިން ވެންޓިލޭޓަރުތަކުން ލިބުނު ފައިސާ މިހާރު އަތުނުވާ ހިސާބަށް ދިޔައީ ދޯ؟
އެޑްމުންޑޯ
21 December 2020
ތިޔަ ޓެސްޓް ހެދިޔަސް ރަށައްހަމަދާއިރަށް ކަފަބުރުކޮއްޕާނެ
މުލޭ
21 December 2020
މާކެޓްގެ އަގުތަކާ އަޅާބަލާއިރު އަގު ހެޔޮވާނެއޭ ބުނެފަ ހުއްޓާލީ ދޯ. އަގު ބުނެލަން ވެސް ނުކެރުނު. ތިޔަކަހަލަ ހީލަތެއް ކަމަކު ނުދާނެ. އަގު ހާމަނުކުރުމުގެ ސިއްރަކީ އޮޅުވާލުމަށް މަގު ފަހިކުރުންތޯ؟ މީގެ ކުރިން އަމިއްލަ އެހެން ތަންތަނުންވެސް އަގު ހުރީ ހާމަކޮށްފައި.
ގަޑިބުރު
21 December 2020
ކަމެއްވީމަ އަގުނުބުނެ ހުއްޓާލީ... ޓޮރީޓޮޕް އެންމެ އަގުހެވީ
ކޮމެންޓޭ1
21 December 2020
ދިވެހިންނަށް ކޮށްދޭ ކަމެއް ނޫން. އަންނަ ޓުރިސްޓުން ފުރުމުގ ކުރިން ޓެސްޓު ކުރަންޖެހޭ. އެ ވިޔާފާރި ފުޅާވެގެން އެއުޅެނީ
މުހައްމަދު ނަސީރު
21 December 2020
އޭޑީކޭ އިން ހައްދަދެނީ 1200 ރުފިޔާއަށް. ތިތާ އަގަކީ ކޮބާ؟
އަސްރަފް
21 December 2020
ފުރާ މީހުންނަށް. އޮޕަރޭޝަން އެހެން ބޭނުމަށް 500
ޢާދަނުބެ
21 December 2020
ތިޓެސްޓު ހެދުމުގެ ބޭނުމަކީ ކޮބައިތޯ އެންމެ ކުޑަމިނުން ތި ޓެސްޓު ހަދައިގެން ރާއްޖެތެރޭ ރަށަކަށް ނުދެވޭ ދެން ކީއްކުރާ ޓެސްޓުއެތް ކޮވިޑު ޖެހުނީމަ މާރަނގަޅު އޭރުން ރާއްޖެތެރޭގަ ތިބި އަހަރުމެންގެ އަނބިދަރިން ކައިރިޔަށްދެވޭނެ.8 މަސްތުވަސްވީ ދަރިންކޮޅު ނުފެންނަތާ.މި ހާރު ނަފްސާނީ ވެއްޖެ
ޑައިވަރޭ
21 December 2020
ﷲ ތިބާޔަށް ކެތްތެރިކަން ދެއްވާށި، އާމީން
އިބްރާ1
21 December 2020
ދަރިން ކޮޅު ބަލަން ދާން ބޭނުން ނަމަ ދެވޭނެ. ކުރަންޖެހޭނެހާވެސް ކަމަކީ 14 ނުވަތަ 10 ދުވަހު ކަރަންޓީނު ގަ ހުރުން. ކޮވިޑް ފެތުރިފައިވާ ސަރަހައްދަކުން ކޮވިޑް ނެތް ސަރަހައްދަކަށް ދާނަމަ ކަރަންޓިނުވާން ޖެހޭނީ ކޮވިޑް ނެތް ސަރަހައްދު ގަ ދިރިއުޅޭ ތިބާގެ އާއިލާމީހުނާއި އެހެން މީހުންގެ ރައްކަލަކަށް.
ޢިޙްސާސް
20 December 2020
މާލޭގައި ދިރިއުޅޭ މީހުނަށް ތިޔަ ޓެސްޓުހެދީމަ ލިބޭ ފައިދާއަކީ ކޮބަޔޯ؟ ނޭންގޭތީ އަހާލީ!
ޢާހު123
21 December 2020
ކަލޭ ރަށުގަ އޮވެގެން ކަފަބުރު ނޭފަތައް ކޮއްޕަން އޮވެބަލަ
ޢިހްސާސް
21 December 2020
ކަލޯ މަ މިއޮތީ މާލޭގަ.