ވިޔަފާރި / އެޑްވަޓޯރިއަލް

ރާއްޖޭގެ ފިނިހޫނުމިނާއި، ކަރަންޓު ބިލަށް އަންނަ ބަދަލާ އޮތީ ކޮން ގުޅުމެއް؟

މާލެ-ހުޅުމާލެ ހައިވޭގައި އުޅަނދުތަކެއް ދަތުރުކުރަނީ: މޫސުމަށް އަންނަ ބަދަލާއެކު ކަރަންޓު ބޭނުން ކުރާ މިންވަރަށްވެސް ބަދަލު އަންނަ ކަން ދިރާސާތަކުން ވަނީ ހާމަވެފައި-- ފޮޓޯ: މިހާރު

22 އެޕްރީލް 2021 - 14:02

1 comments

ކުރިއަށް މިއޮތީ ހޫނު މޫސުމަށްވުމާ އެކު، އަބަދުވެސް ކަރަންޓުގެ ހިދުމަތް ދޭ ތަންތަނަށް އަންނަ ޝަކުވާއެއް އޮވެ އެވެ. އެއީ އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު، ހޫނު މޫސުމާއި ދިމާކޮށް ކަރަންޓް ބިލްތައް ބޮޑުވުމެވެ. ބަވަނަ ވެފައިވާ ދުނިޔޭގައި މިކަން މިގޮތަށް ހިނގާ ސަބަބު އޮޅުން ފިލުވުމަކީ ފަސޭހަ ކަމަކަށް ވިޔަސް އިންސާނީ ތޮބިއްޔަތާއި، އެއްގޮތަށް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދިނުމުގެ ބަދަލުގައި، އާންމުކޮށް ކުރެވެމުން މިގެންދަނީ އެ ޝަކުވާ އެވެ. އެހެންކަމުން މިކަން މިގޮތަށް ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވަރަށް ތިލަކޮށް ބަލާލުން މުހިންމެވެ.

ފުރަތަމަ ކަމަކަށް މިއީ ހަމައެކަނި ރާއްޖޭގައި އެކަނި ދިމާވާ މައްސަލައެއް ނޫނެވެ. ހޫނު މޫސުމާ ދިމާކޮށް، އެހެން ގައުމުތަކުގައި ވެސް މި މައްސަލަ ދިމާވެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި އަވައްޓެރި އިންޑިއާ، ލަންކާ، ބަންގްލަދޭޝްގެ އިތުރުން ވެސް އެހެން ގައުމުތަކުގެ ހަބަރުތައް ބަލާ ދިރާސާކޮށް އުޅުނު ބަޔަކަށް މި މައްސަލަ އެ ގައުމުގައި އޮތް މިންވަރު ވެސް އެނގިގެންދާނެ އެވެ. އަދި މިކަމަށްޓަކައި ދިރާސާތަކެއް ހެދި، އޭގެ ސަބަބުތައް ވެސް ވަނީ ދެނަގަނެވިފަ އެވެ. އަދި މިކަންކަމަކީ އެކަމަށް ސަމާލުވެތިބެއްޖެ ނަމަ ބިލު ބޮޑުނުވެ، ސަލާމަތްވުމުގެ ފުރުސަތު ވެސް އޮތް ކަމެކެވެ. އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު މި އޮންނަނީ ވެސް ކަސްޓަމަރު އަތްމަތީގަ އެވެ.

ހޫނުމޫސުމުގައި ބިލް ބޮޑުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ބޭރާ އެއްވަރަށް ގޭގެ އެތެރޭގެ ފިނިހޫނުމިން ވެސް އުފުލުމެވެ. "ރޫމްޓެމްޕަރޭޗާ" މައްޗަށް ދާވަރަކަށް އެތަނެއް ފިނި ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެއާކޮންޑިޝަނާ (އޭސީ) އިން ކުރަންޖެހޭ މަސައްކަތް ބޮޑުވެގެންދެ އެވެ. އެއާއެކު އެ މަސައްކަތް ކުރުމަށް އިތުރަށް ކަރަންޓު ނަގައި، ބިލަށް އެބައި އިތުރުވެގެންދެ އެވެ.

ކަރަންޓު ބޭނުންކޮށްފައިވާ ގޮތް ދައްކުވައިދޭ ގްރާފްތަކުން 2018 އަދި 2019 ވަނަ އަހަރުގެ މާލޭ ސަރަހައްދުގެ ފިނިހޫނުމިން ހުރި ގޮތާއި، މި ސަރަހައްދުގައި އެ ދުވަސްވަރު ކަރަންޓު ބޭނުން ކޮށްފައި ހުރިވަރު ހުރީ ފެންނާށެވެ. މި ގްރާފުތަކުން ފެންނަ ގޮތުން ފެބްރުއަރީ މަހުން ފެށިގެން ހޫނުމިން މަތިވަމުން ގޮސް، އޭޕްރީލް މަހު ފިނިހޫނުމިން ޕީކަށް ގޮސްފައިވާއިރު، ކަރަންޓު ބޭނުން ކުރެވިފައި ހުރި ނިސްބަތް ވެސް އެންމެ މަތިވެފައި ވަނީ އެ މަހުގަ އެވެ. އަދި ހަމަ އެގޮތަށް މޫސުމަށް އައި ބަދަލާ އެކު، އަހަރުގެ ބާކީ އޮތް ހިސާބުގައި ފިނިހޫނުމިނާއި އެއްވަރަށް ކަރަންޓު ބޭނުން ކުރެވިފައި ހުރި ނިސްބަތް ވެސް އެވްރެޖްކޮށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ.

2018 އަދި 2019 ވަނަ އަހަރު މާލޭގެ ކަރަންޓު ބޭނުން ކުރެވިފައިވާ މިންވަރު ދައްކުވައިދޭ ގްރާފް-- މައުލޫމާތު: ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ

މިކަންކަން މިހެން ހުރުމާއެކު، ހޫނު މޫސުމުގައި، ފިނި ކުރަން ގެންގުޅޭ އާލާތްތަކާއި، ހޫނު ކުރަން ގެންގުޅޭ އާލާތްތަކަށް ރަނގަޅަށް ބަލައިގެން އުޅެއްޖެ ނަމަ، ބިލް ބޮޑުވުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ. އެގޮތުން އޭސީ ވެސް 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމާއި، ފިނި ބޭރުވާގޮތަށް ކޮޓަރީގެ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން އަދި އަވި ނުވަންނަ ގޮތަށް ކުޑަދޮރުތަކުގައި ފޮތި ދެމުން ފަދަ ކުދިކުދި ކަންކަން ކޮށްގެން ބިލް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓޭނެ އެވެ.

ހޫނު މޫސުމުގެ ކުރިންނާއި އޭގެ ފަހުން ވެސް އޭސީގެ އައުޓްޑޯ ޔުނިޓާއި، އިންޑޯ ޔުނިޓް ސާވިސް ކުރުމާއި، ސާވިސް ނުކުރި ނަމަވެސް، ފިލްޓަރުތައް ސާފުކޮށްލުން ފަދަ ކަންކަން ކޮށްގެން އޭސީގެ އެފިޝިއެންސީ އިތުރު ކުރުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި އޭސީގެ އައުޓްޑޯ ޔުނިޓް ހިޔާކުރުމަކީ ވެސް އޭސީގެ އެފިޝިއެންސީ އަށް ރަނގަޅު ބަދަލެއް ގެނުވާނެ ކަމެކެވެ.

2018 އަދި 2019 ވަނަ އަހަރު މާލެ ސަރަހައްދުގެ ފިނި ހޫނުމިން ހުރި ގޮތްދައްކުވައިދޭ ގްރާފެއް-- މައުލޫމާތު: ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ

މީގެ އިތުރުން "އެމްބިއެންޓް ޓެމްޕަރޭޗާ" ހުންނަ ގޮތުންނާއި، ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރެވިފައިވާ ތަންތަނަކީ އެނާޖީ އެފިޝިއެންޓް އިމާރާތްތަކަކަށް ނުވުމުން، 16 ޑިގްރީއަށް އޭސީ ދަށްކުރި ނަމަވެސް އޭސީއަކަށް އެތަނެއް ފިނި ކުރެވޭނީ ވަރަށް މަދު ހާލަތެއްގަ އެވެ. ކުޑަ ތަނެއްގައި ބޮޑު އޭސީއެއް ހަރުކޮށްގެން އެވަރަށް ޓެމްޕަރޭޗާ ދަށްކުރެވުނު ނަމަވެސް މާގިނަ އިރުތަކެއް ވަންދެން 16 ޑިގްރީގައި އެ ކޮޓަރިއެއް ނުބެހެއްޓޭނެ އެވެ. އެހެން ކަމުން އަނެއްކާ ވެސް އޭސީ ކުރަންޖެހޭ މަސައްކަތް ބޮޑުވެ، ކަރަންޓު އިތުރަށް ބޭނުން ކުރަން ފަށާނެ އެވެ. އެހެންކަމުން އަބަދުވެސް 25 ޑިގްރީއިން މަތީގައި އޭސީ ބެހެއްޓުމަކީ މިކަމުގައި އޮތް އެންމެ ހަރަދުކުޑަ އަދި ރަނގަޅު ގޮތެވެ.

އޭސީއެއް ގަންނަ އިރު، އެތަނަކާއި އެކަށީގެންވާ ޒައިޒެއްގެ އޭސީއެއް ގަތުމާއި، އޭސީ ގަންނަ އިރު އެނާޖީ އެފިޝިއެންސީ ކްލާސް އަށް ބެލުން ވެސް މުހިންމެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 67%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަސްމަގު

22 April 2021

އޭސީ ހުންނަނަމަ ބަދަކު އާދޭ. އެކަމަކަކު އަޅުގަނޑމެންގޭގައި އުޅެނީ ޖުމްލަ 6 މީހުން. މިދިޔަ ލޮކްޑައުންގައި ގޭގައި އުޅުނީ 4 މީހުން. އެކަމަކު އޭރު ކަރަންޓްބިލާ ފެންބިލު މިހާރަށްވުރެ ދެގުނަ ބޮޑު. މިހާރު ހަ މީހުން އުޅޭ ބޭރަށް ނިކުންނަ ކޮއްމެފަހަރަކު ގެޔަށް އައިސް ފެންވަރާ. އަދި އިތުރު ޓީވީ އަކާ ފްރިޖެއް މިހާރު އިތުރު. އޭރު ގޭގައި ތިބިމީހުން ބޭރަށްވެސް ނުނިކުމެވޭ އަދި އޮފީހަށްވެސް ނުދެވޭ. މިހާރުވެސް އޭރުވެސް އޭސީ ހުންނަނީ ނުކަނޑާ ޖައްސާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454