ޖަމާއަތުގައި ނަމާދު ކުރަނީ: 25 ރަށެއްގައި އަދިވެސް މިސްކިތުގައި ނަމާދު ނުކުރެވޭނެ
22 މެއި 2020 - 11:49
ލޮކްޑައުންކޮށްފައިވުމާއި މޮނިޓަރިންގެ ހާލަތުގައި ހުރުމުގެ ސަބަބުން މިހާރު ޖަމާއަތުގައި މިސްކިތުގައި ނަމާދު ނުކުރެވޭނީ 25 ރަށެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލެ އާއި ބައެއް ރަށްރަށުގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު، ޖަމާއަތުގައި ނަމާދު ކުރުން މިދިޔަ މަހުގެ 19އިން ފެށިގެން ހުރިހާ ރަށެއްގައި ވަނީ މެދުކަނޑާލާފަ އެވެ. ބަލިމަޑުކަމުގެ ހާލަތަށް ބަދަލެއް ނައި ނަމަވެސް، އިސްލާމިކް މިނިސްޓްރީން ރޭ ވަނީ، އާއްމު ހާލަތުގައި ހުރި ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށަން ނިންމައިފަ އެވެ. އެގޮތުން މިއަދުގެ ހުކުރު ނަމާދަށް ފަހު ހުރިހާ ނަމާދެއް މިސްކިތުގައި ޖަމާއަތުގައި ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދީފައި ނުވަނީ ލޮކްޑައުން އާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކާއި މީހަކު ކަރަންޓީނުކޮށްފައިވާ ރަށްތަކެވެ. އޭގެ ތެރޭގައި އާބާދީ ބޮޑެތި ރަށްތައް ކަމަށްވާ، ހދ. ކުޅުދުއްފުއްޓާއި ނ. ވެލިދު އާއި އެ އަތޮޅު މަނަދު އާއި ކ. މާފުށި ހިމެނެ އެވެ. އެންމެ ގިނައިން ހިމެނެނީ ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްއް ހިމެނެ އެވެ.
ޖަމާއަތުގައި ނަމާދު ނުކުރެވޭ ރަށްތަކުގެ ގޮތުގައި މިނިސްޓްރީން އާއްމު ކުރި ލިސްޓުގައި، މިހާރު މޮނިޓަރިން އިން ނަގައި އާއްމު ހާލަތަކަށް ގެނެސްފައިވާ ބައެއް ރަށްތައް ހިމެނެ އެވެ. އޭގެ ތެރޭގައި، މާލެއިން ބޭރުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނުނު، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ ހިމެނެ އެވެ. އެ ރަށްރަށުން ބަލި ޖެހުނު މީހުން މިހާރު ވަނީ ރަނގަޅުވެފަ އެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ ދިން ނަމަވެސް ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފަ އެވެ.
- ގެއިން ވުޟޫކޮށްގެން ދިޔުން، އަދި އަމިއްލަ މުސައްލައެއް ގެންދިޔުން
- މާސްކް އެޅުމާއި ރޯގާ ޖެހި ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި ގިނަ އިރު މަޑުނުކުރުން، ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
- ޖަމާއަތުގައި ސަފުހެދުމުގައި ގައިދުރުކަން ނުބެހެއްޓުން.
- މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން، ނަމާދު ވަގުތުގެ ކުރިން މޮޕުލައިގެން މިސްކިތް ދޮވުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހުރުން، އަދި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އޭސީ ބޭނުން ނުކުރުން
އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ހުއްދަ ދީފައިވާ ރަށްރަށުގައި ވެސް ކޮވިޑް-19އަށް ޝައްކުވާ ބަލި މީހަކު ހުރެގެން ލޮކްޑައުންކޮށް ނުވަތަ މޮނިޓަރިންގެ ހާލަތަށް ގެނެސްފި ނަމަ އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ހާލަތު ރަނގަޅުވަމުންދާ ވަރަކަށް، ހުރިހާ ރަށްތަކަށް ވެސް ލުއި ތަކެއް ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
22 May 2020
ކޯވިޑް އެއްގޮތަކަށްވެސް ނެތް ރައްރަށުގެ މިސްކިއްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި ބޭއްވުމަކީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެއް. މުސްލިމުންނަށް ކުރެވޭ ޖެއްސުމެއް
ރަދީފްް
22 May 2020
ދިވެހިން މާސްކުއަޅައިގެން މިސްކިތުގައި ތިބޭކަށް މައްސަލައެއް ނޯންނާނެ. އެކަމަކު ބޮލުގައި ތާކިހާ އަޅަން ނުކެރޭނެ. މިސްކިތުގައި އަދި ނަމާދުގައާއި ގުރުއާންކިޔެވުމުގައި ތާކިހާ ބޭނުންކުރުމާމެދު މިގައުމުގެ ދީނީބޭފުޅުންގެ އިރުޝާދުނުފެނޭ!!!
އަބްދުއްالله
22 May 2020
"25 ރަށެއްގައި މިސްކިތުގައި ނަމާދު ނުކުރެވޭނެ" ވަރަށް ރަނގަޅު.
ޔަގީން ކަތީބު
22 May 2020
ސާފުނުވާ ކަންކަން އެބަހުރި. މިނިސްޓްރީން އަންގަނީ މޮނިޓަރިންގ ނަގާފައިވާ ރަށްރަށުގައި ކުރެވޭނެކަމަށް.އެޗް.ޕީ.އޭއިން އަންގަނީ އާންމު ޙާލަތަށް ބަދަލުވާތާ 28ދުވަސް ވާންޖެހޭނެކަމަށް. މިއީ އޮޅުންތަކެއްކަން ޔަގީން
ކަރުސިންގު
22 May 2020
ރަށް ރަށުގައި ކޮންމެ ގެއަކުން ވެސް މަދުވެގެން އެކަކު ޖަމާއަތަށް ދާނެ. މިސްޓޭކެއް ޖެހޭ އިރު ހުރިހާ ގެއެއް ކޮންޓެކްޓް ލިސްޓަށް އަރާނެ.
ކޮރަލް
22 May 2020
الحمد لله
މުބާރަކް
22 May 2020
ހުރިހާ ބޭފުޅުންނަށްވެސް ފާގަތި އީދަކަށް އެދެން. އީދު މުބާރަކް.