މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ރަށްރަށުގައި ފިލްމު ދެއްކުން، އުނދަގޫ، ބުރަ މަސައްކަތެއް

ދިވެހި ފިލްމް ދައްކާ ރާއްޖޭގެ މައި ސިނަމާ އޮލިމްޕަސް

ރަށްރަށުގައި ދިވެހި ފިލްމުތައް އެޅުވުމަކީ ހަނގުރާމައެއް ކުރުން ފަދަ ކަމެކެވެ. ފިލްމު ދައްކަން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ކިތަންމެ ބޭނުން ވިޔަސް ފިލްމު އަޅުވާނެ ތަނެއް ހޯދުން އެހާ އުނދަގުލެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަށް ބަލަމާ ހިނގާށެވެ. ބޮޑު އާބާދީއެއް އޮތް ތަނެކެވެ. ދިވެހި ފިލްމެއް އަޅުވައިފި ނަމަ، އަބަދު ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެ އެވެ. ނަމަވެސް އައްޑޫގައި ވެސް ފިލްމެއް އެޅުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މި އަހަރުގެ ކުރީކޮޅު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމު "ވާށޭ މަށާއެކީ" ނަސީބަކުން ހިތަދޫ މުހިއްބުއްދީ ސްކޫލްގެ ހޯލްގައި ބަލައިލުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު އެ ފިލްމު އައްޑޫގައި ދައްކަން ބޭނުންވި ވަރަށް އެ ސްކޫލްގައި ޝޯތައް ދެއްކޭ ގޮތެއް ނުވި އެވެ.

ސްކޫލްތަކުގައި ފިލްމު އަޅުވަން ބައެއް ސްކޫލްތަކުގެ ޕީޓީއޭ އިން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. "ވާށޭ މަށާއެކީ" ޝަރަފުއްދީން ސްކޫލްގައި ދެއްކިތަނާ ހިތަދޫގެ ޖަމިއްޔާއަކުން ބަޔާނެއް ނެރުނެވެ. އޭގައި ބުނެފައި ވަނީ ސްކޫލްތަކުގައި ފިލްމު އެޅުވަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ސްކޫލްތަކުގައި ކުރާ ނަމަ ދަރިވަރުންގެ އަހުލާގު ގޯސް ވާނެ ކަމަށް ބުނެފައިވެ އެވެ.

ރަށެއްގައި ފިލްމު އަޅުވަން ބަލާ ނަމަ، ސްކޫލް ހޯލް ނޫން ތަނެއް ނުހުރެ އެވެ.

އައްޑޫ ގަމުގައި "އަސްޓްރާ" ގެ ނަމުގައި ސިނަމާއެއް ހުރެ އެވެ. އެކަމަކު ފިލްމު ދައްކާކަށް އެތަނެއް މިހާރަކު ނުލިބެ އެވެ.

ގަމުގެ އަސްޓްރާ ސިނަމާގެ އެތެރެ: މިތަން މިހާރު ފިލްމު ދައްކާކަށް ނުލިބޭ.

އެހެންވެ ޖެހެނީ ކޮންމެ ވެސް ސްކޫލެއްގެ ހޯލް ލިބޭތޯ ސަލާން ޖަހާށެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިކަން ހިނގާ ގޮތެވެ.

ހދ. ކުޅުދުއްފުށި ކަހަލަ މަދު ރަށެއްގައި ސިނަމާ ހުއްޓަސް، ރަށްރަށަކު އެކަހަލަ ވަސީލަތެއް ނެތެވެ. އެހެންވެ ދިވެހި ފިލްމު ބެލުމުގެ ފުރުސަތުން ގިނަ ފަހަރަށް ރަށްރަށުގެ ރައްޔިތުން ތިބެނީ މަހުރޫމުވެފަ އެވެ.

ކުރިން ނަމަ ސްކޫލްތަކުގެ ހޯލް ދޫކުރެ އެވެ. އެކަމަކު މިހާރު އެއީ ވުން ނާދިރު ކަމެކެވެ. އެހެންވެ ޕްރޮޑިއުސަރުން ކިތަންމެ ބޭނުން ވިޔަސް، އަދި ރަށްރަށުގެ ރައްޔިތުން އެދުނަސް ރަށްރަށުގައި ފިލްމު ދައްކާނެ އެކަށީގެންވާ ތަނެއް ލިބޭ ގޮތެއް ނުވެ އެވެ.

މާލޭގައި ފިލްމު އަޅުވާ ރޭ، ރަށްރަށުގެ ރައްޔިތުން ވެސް އެ ފިލްމެއް ބަލަން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި 2012 ގައި އެޅުވި ފިލްމެއްގެ ޕޯސްޓަރު ހަރުކޮށްފައި. ފޮޓޯ: ކުޅުދުއްފުށި ލައިވް

"އަޅުގަނޑުމެން އަބަދު ވެސް ވަރަށް ބޮޑަށް ބޭނުންވޭ ރަށްރަށުގައި ފިލްމު ދައްކަން. އެކަމަކު އަޅުވާނެ ތަނެއް ނުލިބެންޏާ ކިހިނެއް އެކަން ކުރާނީ؟ ރަށްރަށުގެ ރައްޔިތުން ވެސް ފިލްމު ބަލާލައި މުނިފޫހިފިލުވަން ބޭނުން ވާނެ،" ޕްރޮޑިއުސަރަކު ބުންޏެވެ.

"އަނެއްކާ ރަށްރަށުގައި ފިލްމު ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހުންނަ ނަމަ، އާމްދަނީގެ ގޮތުން ވެސް ފިލްމުތަކަށް މިހާރަށް ވުރެ ރަނގަޅު އެއްޗެއް ލިބޭނެ. ދެން ތަނެއް ލިބުނަސް މި ލިބެނީ މާލޭގައި ޝޯތައް ދައްކައި ނިމޭ ފަހުން."

ރަށްރަށުގައި ދިވެހި ފިލްމުތައް ދައްކަން ކުރިމަތިވާ ތާށިކަމާ ހުރެ މީގެ އަހަރުތަކެއް ކުރިން ފިލްމީ ތަރި އަލީ ސީޒަން އިސްކޮށް ހުރެގެން "މައި ސިނަމާ"ގެ ނަމުގައި ބައެއް ރަށްރަށުގައި ފިލްމު ދެއްކޭނެ ކޮންމެވެސް ގޮތެއް ހޯދި އެވެ. އެކަމަކު ވަސީލަތްތައް ހުރި ގޮތުންނާ އެކު އެކަން އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ގެންދެވިފައެއް ނެތެވެ.

ފިލްމު އުފައްދާ ގިނަ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އެބަ އޮތެވެ. ފިލްމު އަޅުވަން ސްކޫލް ހޯލު ނުލިބުމެވެ. ރަށްރަށުގައި އެންމެ ބޮޑު ހޯލެއް އޮންނަނީ ސްކޫލްތަކުގަ އެވެ. އެތަންތަން ކުއްޔަށް ދޭ ނަމަ، ސްކޫލަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭނެ އެވެ. ފިލްމު ދައްކަން ދެކޮޅު މަދު ބައެއްގެ ސަބަބުން، ބައެއްގެ ފަންނީ މަސައްކަތާއި އެ ފަދަ މަސައްކަތްތަކުން ފޫހިކަންފިލުވަން ބޭނުން ރައްޔިތުންނަށް އޮތް ފުރުސަތު ގެއްލިގެންނުވާނެ އެވެ.

އޮލިމްޕަހުގައި ދެއްކި ފުރަތަމަ 3ޑީ ދިވެހި ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" ބަޔަކު ބަލަނީ.

ރަށްރަށުގައި ފިލްމު ދައްކަން އެހެން މައްސަލައެއް ވެސް ދިމާވެ އެވެ. ރާއްޖޭގައި ފިލްމެއް ހަދަނީ ވަރަށް ކުޑަކުޑަ ޓީމަކުންނެވެ. އެހެންވެ މާލޭގައި ފިލްމު ދައްކަމުން ރަށްރަށުގައި ފިލްމު ދައްކަން މީހުން ފޮނުވަން އުނދަގޫ ވެސް ވެ އެވެ.

އަނެއްކޮޅުން ނުދަންނަ ބައެއްގެ އަތްމައްޗަށް ފިލްމު ދޫކޮށްލުމަކީ، ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދެކޭ ގޮތުގައި، ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އޭގެ ނުބައި ތަޖުރިބާތައް އެބަ ހުއްޓެވެ.

ބައެއް ރަށްރަށަށް ފިލްމު ގެންދާ ތަނުން ލީކުވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ. އޭގެ ބައެއް މައްސަލަތައް ޝަރީއަތަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޕްރޮޑިއުސަރު ނުވަތަ ޑައިރެކްޓަރު ނުވަތަ ފިލްމު އުފެއްދި ޓީމްގައި ހިމެނޭ އިތުބާރު ކުރެވޭ ގާތް މީހަކާ ހަވާލުކޮށްފައި ނޫނީ ރަށްރަށަށް ފިލްމު ގެންދަން ދުލެއް ނުކުރެ އެވެ.

އާންމުކޮށް ދިވެހި ފިލްމުތައް ބަލާލަން މި ލިބެނީ މާލޭގައި އުޅޭ އާބާދިއަށެވެ. އެކަމަކު އެއީ ވިޔަފާރީގެ ނަޒަރުން ބަލައިފި ނަމަ، އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރަށްރަށުގައި ވެސް ފިލްމު ދައްކައިގެން ބޮޑު އާމްދަނީއެއް ހޯދޭނެ އެވެ. ނެތީ އެކަން ކުރެވޭނެ ފަހި ގޮތެކެވެ. މިއީ ޕްރޮޑިއުސަރުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އައްޑޫގައި މިހާރު ފިލްމު އަޅުވާ މަރަދޫ ބޮނޑޮގެ

އެކަމަށް ލިބެން އޮތް އެއް ހައްލަކީ ޑިސްޓްރިބިއުޝަން ނެޓްވާކެއް އުފެއްދުމެވެ. އިތުބާރުކުރެވޭ ބަޔަކު ކޮންމެ ހިސާބެއްގައި ވެސް ބައިތިއްބަން ވީ އެވެ.

މިފަދަ ނިޒާމަކަށް ދާ އިރު، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ހޭލުންތެރިކަން ވެސް އެހާމެ ބޭނުމެވެ. ފިލްމީ މަސައްކަތަކީ ވެސް ބޮޑު މަންފާއެއް ހޯދޭނެ ދާއިރާއެކެވެ. އެހެންވެ ޕްރޮޑިއުސަރު ނުވަތަ ޑައިރެކްޓަރު ޓިކެޓް ކައުންޓަރުގައި އިންނަން ޖެހޭނެ ކަމަށް މިހާރު ގަބޫލުކުރާ ކުރުން ބަދަލުކުރެވޭނެ ގޮތެއް ހޯދައި، ޑިސްޓްރިބިއުޓް ކޮށްދޭނެ ގާބިލް ބަޔަކު އުފެދިއްޖެ ނަމަ ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.

9 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 7%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ

12 December 2016

މާލެ ނޫން ތަނެއްގަ އެހެން މަޝްރޫއެއް ނުހިނގާ ހާލު ކިހިނެއް އަހަރުމެން ހިޔާލަށްވެސް ގެންނަން ކެރޭނީ ސިނަމާއެއް ލިބޭނެ ކަމަކަށް. މާލެ ނުނީ އެހެން ތަނެއް މި ރާއްޖެއަކު ނެތް ކަމަށް ސަރުކާރުން ދެކިލައްވަނީ. މާލޭގަ އުޅޭ މީހުން އޭސީ ދަށުގައި ސްޕެންޖް ޖެހި ބޮޑު ގޮނޑީގައި ޖައްސައިލައިގެން ފިލްމު ބަލަން. އަހަރުމެން ރަށްރަށު މީހުން ވަކަރު ގޮނޑި ގަޑެއްގައި ބުރިކަށި ސީދާ ކޮށްލައިގެން އެންމެ ފަންކާ ގަޑެއްގެ ދަށުގައި ތިބެން މިޖެހުނީ ކާކުގެ ދެރަ ކަމުން؟؟

The name is already taken The name is available. Register?

ބޮޑު ޖޯކް

10 December 2016

ދިވެހި ފިލްމަކީ ދިވެހިން މާ ބަލާ ހިތްވާ އެއްޗެއް ނޫން ބަލާ މަދު ބަޔަކު ބަލަނީ އެއްށް ޖޯކް ޖަހަން.ދިވެހި ތަރިން އަކީ ޤަދަރެއް ލިބިފަ ތިބި ބައެއް ނޫން.އަމިއްލަ އަށް މާ މައްޝޫރު ބަޔެއް ކަމަށް ހީވެގެން އުޅޭ ބައެއް.އެހެން ވީމަ ސްކޫލްގައި ފިލްމް އަޅުވަން ބެލެނެ ވެރިން ދެކޮޅު ހަދާނެ.އ އެންނޫން ނަމަ ކްލާސްތަކުގައި ކާޓުން ވެސް ނޭޅު ވުނީސް

The name is already taken The name is available. Register?

ތެދު

12 December 2016

ތިހެން ބުނާ މީހާ އެންމެ ކުރީ ސަފުގަ ފިލްމު ބަލަންގޮސް ހުންނާނީ.. ބޮޑު ޖޯކު ކުޑަ ޖޯކު ކިޔަސް ތީ ހުސް އަނގަ.

The name is already taken The name is available. Register?

އަލީ

10 December 2016

ފިލްމް ގަނޑެއް ނުދެއްކިގެން ތިއުޅެނީ ރާއްޖެތެރޭގައި... އެކަމަކު މެގަ ސްޕީޑް ގަ އިނަޓަނެޓް ނުލިބިގެން ހީވަނީ އުދަރެސް ރަންވާހެން... ހެއްވާ!

The name is already taken The name is available. Register?

ވާންޗޯ

10 December 2016

އެންމެ ބޮޑު ވާނީ އޮލިމްޕަސް. ދެން ތިކިޔާ ތިލަދެކުނު ސިނަމާ އަށް ފިލްމެއް ބަލާލަން މި ނޮވެމްބަރު މަހު ވަދެލިން. ކުޑަކުޑަ ސްކްރީނެއް ހުންނަނީ. އެކޯ ކަނޑާލަން އެއްވެސް މަސައްކަތެް ކޮއްފައެއް ނުހުރޭ (ވެދާނެ އެކޯ ކަނޑާލަން ނޭނގޭ ބަޔަކު ހިންގާ ސިނަމާ އަކައްވެސް). އެކޯ ވާވަރުން ކިޔާ އެއްޗެއްވެސް ސާފެއް ނުވޭ.

The name is already taken The name is available. Register?

އަލީ ސީޒަން

09 December 2016

ރާއްޖޭގަ ހުރި އެންމެ ބޮޑު ސިނަމާ އަކީ ހދ ކުޅުދުއްފުށީ ގަ ހުންނަ ތިލަދުކުނު ސިނަމާ

The name is already taken The name is available. Register?

ވާންޗޯ

10 December 2016

އެންމެ ބޮޑު ވާނީ އޮލިމްޕަސް. ދެން ތިކިޔާ ތިލަދެކުނު ސިނަމާ އަށް ފިލްމެއް ބަލާލަން މި ނޮވެމްބަރު މަހު ވަދެލިން. ކުޑަކުޑަ ސްކްރީނެއް ހުންނަނީ. އެކޯ ކަނޑާލަން އެއްވެސް މަސައްކަތެް ކޮއްފައެއް ނުހުރޭ (ވެދާނެ އެކޯ ކަނޑާލަން ނޭނގޭ ބަޔަކު ހިންގާ ސިނަމާ އަކައްވެސް). އެކޯ ވާވަރުން ކިޔާ އެއްޗެއްވެސް ސާފެއް ނުވޭ.

The name is already taken The name is available. Register?

ހަސަންދީ

09 December 2016

ފާހިޝް ކަންކަމަށް މަގުފަހި ކުރުވާ، ހިލޭ އަންހެނުންނާ ފިރިހެނުން ގައިގޯޅިވާ ފިލުމުތައް ސުކޫލުތަކުގައި އަޅުވާނަމަ، ސުކޫލުން ކިޔަައިދޭ އެއްޗަކާ ދައްކާ މަންޒަރަކާ ދިމައެއް ނުވޭ!

The name is already taken The name is available. Register?

ޙިޔަނިބެ

09 December 2016

ސިޔާސީ މީހުން ގޮސް ހޯލް ހިފައިގެން ދެބައޮޑުވާ، ފާހުޝް ވާހަކަ ދެއްކުން އޯކޭ ދޯ. ޢަތް އޮތީމާ ކޮމެންޓް ކުރަނީ ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454