ޖާޒީގެ ޕޯސްޓަރެއް
16 ފެބުރުއަރީ 2022 - 06:18
ބޮލީވުޑްގެ މަޝްހޫރު ތަރި، ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު، "ޖާޒީ" އަންނަ އޭޕްރީލް މަހު ނެރެން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
ޝާހިދު ކުރި ޓްވީޓެއްގައި ބުނީ ތެލުގޫ ފިލްމު "ޖާޒީ" ގެ ހިންދީ ރިމޭކް ނެރޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. މި ފިލްމު އެކި ގައުމުތަކުގެ ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮވިޑް-19 އާ ހެދި މި ފިލްމު ނެރެން އޮތް ތާރީހަށް އެކި ފަހަރު ބަދަލު ގެނެސްފައިވެ އެވެ.
So so happy to announce that our beloved film #Jersey will be releasing worldwide in theatres on the 14th of April 2022. See you in the theatres.
— Shahid Kapoor (@shahidkapoor) February 15, 2022
ޖާޒީ އަކީ ހިޓުވި ތެލުގޫ ފިލްމެކެވެ. ގޯތަމް ތިނަނޫރީ ޑައިރެކްޓްކޮށް ނެރެނު އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ޝްރައްދާ ސްރިނާތު އާއި އެކްޓަރު ނާނީ އެވެ.
އެކަމަކު ހިންދީ ފިލްމުން ފެންނާނީ ކަބީރު ސިންގްގެ ލީޑު ރޯލުން ވެސް ފެނުނު ޝާހިދު އެވެ. އަދި ބަތަލާގެ ރޯލުން ފެންނާނީ، ޓީވީ ތަރި މުރްނާލް ޓާކުރެވެ.
ޖާޒީ އަކީ ކްރިކެޓް ތަރިއެއްގެ ހަޔާތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް ތައްޔާރުވުމަށް ކްރިކެޓް މޮޅަށް ކުޅެން ދަސްކުރަން އުޅުމުގެ ތެރޭގައި ޝާހިދަށް ވަރަށް ބޮޑަށް އަނިޔާ ވެސް ވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy