ރަންބީރާއި އާލިއާ އަދި އަރްޖުން--
24 ފެބުރުއަރީ 2022 - 06:48
ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ހަޔާތުގައި އަލަށް ތާޖު މަހަލް އަށް ގޮސްފި އެވެ. "ލޯބީގެ ގަނޑުވަރު" ގެ ގޮތުގައި މަޝްހޫރު އެތަނަށް ފުރަތަމަ ފަހަރަށް ރަންބީރު ދިޔައީ އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު އެއް ނޫނެވެ.
އަރްޖުން ކަޕޫރު އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯގައި ފެންނަނީ ތާޖު މަހަލް ފެންނަ ހިސާބުގައި ރަންބީރު ހުންނަ ފޮޓޯ އެކެވެ. މިއީ އާގަރާގައި އޮންނަ ފިލްމު އުފެއްދުންތެރިޔާ ލަވް ރަންޖަންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާން ގޮސް ރަންބީރާއި އަރްޖުން އެކީގައި އެތަނަށް ގޮސް ނަގާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ ލުމާއެކު ބަތަލާ ރާކުލް ޕްރީތު ސިންގް ވަނީ "ދެ މީހުންނަށް އެންމެ ފަހުން ތާޖު މަހަލް ފެނިއްޖެދޯ" އޭ ބުނެ ސަމާސާ ކޮމެންޓެއް ކޮށްފައި އެވެ. އެ ކޮމެންޓަށް ދިން ރިޕްލައިގައި އަރްޖުން ބުނީ ރަންބީރު އާލިއާއާ އެކު ދިއުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ތާޖު މަހަލް ބެލީ އޭނާއާ އެކު ކަމަށެވެ. އަރްޖުން އާއި އާލިއާއަކީ ވެސް ގާތް ދެ ރަހުމަތްތެރިންނެވެ.
އަރްޖުން އާއި އާލިއާ އެކުގައި "ޓޫ ސްޓޭޓްސް" އިން ވެސް ކުޅުނެވެ.
ރަންބީރާއި އާލިއާގެ ކައިވެނީގެ އަޑުތައް ވެސް ގަދަވި އެވެ. އެކަމަކު އަދި އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާނާ
24 February 2022
"ގޮސްފި" އަކީ ދިވެހިބަހުގައި ބޭނުންކުރާ ލަފުޒެއް ނޫން. އެ މާނައިގައި ބޭނުންކުރަނީ "ހިނގައްޖެ" މި ލަފުޒު.
އަފްރާސިޔާބު
24 February 2022
އެއީ، "ގޮސިޕް" ލިޔަން އުޅެގެން ލިޔެވުނު ގޮތް. ގޮސްފި، އާސްފި މިއީ ތިބުނިހެން ތާނައިން ލިއުނަސް ދިވެހި ބަހުގެ ތެރޭގައި ހިމެނޭ ބަހެއްނޫން. އަދި އެކުދިން "ދިވެހި" ނުވަނީ. ނޫނީ އެއިން ފާސްނުވަނީ. ކޮންމެވެސް އެއްގޮތް.
ށަވިޔަނި
24 February 2022
ދިޔައީ ކައިވެނި ޕާޓީއަކަށް ދިޔައީމަ ފެނުނީ. އަސްލު ދިޔަކަމަށްވާނީ އެކަމަށްޓަކައި އާގަރާ އަށް ދިޔައީމަ.