ޕްރިޔަންކާ ސްޓާޑަސްޓް އެވޯޑު އިވެންޓުގައި
22 ޑިސެމްބަރ 2016 - 06:01
ގިނަ ދުވަސްތަކަކު އެމެރިކާގައި ހޭދަކުރުމަށް ފަހު މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އިންޑިޔާއަށް އެނބުރި އައުން ފާހަގަކުރީ ހޮނިހިރު ދުވަހުގެ ރޭ އޮތް ސްޓާޑަސްޓް އެވޯޑް 2016 ގެ ހަފުލާގައި ބައިވެރިވެގެންނެވެ.
މި ރަސްމިއްޔާތުގައި ޕްރިޔަންކާއަށް ވަނީ ގްލޯބަލް އައިކަންގެ އެވޯޑު ލިބިފަ އެވެ. އެއީ އިންޑިޔާގެ ނަން ދިރުވަން ބައިނަލްއަގުވާމީ މައިދާނުގައި ކޮށްދޭ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
މި އިވެންޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ބޮލީވުޑްގައި އޭނާ ދެން ކުޅޭނީ ކޮން ފިލްމުތަކެއްތޯ މި މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި މިހާރު ކުޅެމުން އަންނަ އެމެރިކާގެ ސިލްސިލާ "ކުއަންޓިކޯ"ގެ ދެ ސީޒަން ދެމެދު ވަގުތު ލިބޭތީ އިންޑިޔާއަށް އައިސް ބޮލީވުޑްގެ ފިލްމުތައް ކުޅޭނެ އެވެ.
އޭނާގެ ހޮލީވުޑްގެ ފުރަތަމަ ފިލްމު "ބޭވޮޗު"ގެ ފުރަތަމަ ޓްރައިލާ ދެއްކި އިރު އެ އިޝްތިހާރުގައި ޕްރިޔަންކާ ފެންނަނީ އެންމެ މަންޒަރަކުން ވަރަށް ކުޑަ ހިނދުކޮޅަކަށެވެ. އެހެންވެ ސޯޝަލް މީޑިއާގައި ޕްރިޔަންކާއަށް ގިނަ ބަޔަކު މަލާމަތްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮއްޑޫ
22 December 2016
ކޮން އިޝްތިހާރެއްތަ ؟؟؟