ކާތިކް އާރިޔަން--
11 މާޗް 2022 - 07:17
ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަންގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ޖެހިފައިވާ އިރު، އޭނާ އަށް ސަޕޯޓަރެއްގެ ފަރާތުން ވަނީ ކައިވެނީގެ ހުށަހެޅުމެއް ލިބިފަ އެވެ.
އުމުރުން 31 އަހަރުގެ ކާތިކް ޕޯސްޓްކުރި ވީޑިއޯއަކަށް އޭނާގެ ސަޕޯޓަރަކު ކުރި ކޮމެންޓްގައި ވަނީ އޭނާ އަށް ކައިވެނިކުރަން އެދިފަ އެވެ. އަދި ކައިވެނިކޮށްފި ނަމަ، އޭނާ އަށް 20 ކްރޯޑް ރުޕީސް ދޭނެ ކަމަށް އެ އަންހެން ކުއްޖާ ބުންޏެވެ.
އެ ކޮމެންޓަށް ކާތިކް ވެސް ރިޕްލައި ދިނެވެ. ސަމާސާކޮށްލުމުގެ ގޮތުން ކާތިކް ބުނެފައި ވަނީ އޭނާ އަށް ކައިވެނިކުރަންވީ ކޮންއިރަކުންތޯ އެވެ. އަދި ފަހުން ވަނީ ބިޑްކުރުން ފަށަންވީ ކަމަށް ބުނެ ކޮމެންޓް ވެސް ކޮށްފަ އެވެ.
ލަވް ރަންޖަން ޑައިރެކްޓްކޮށް 2018 ގައި ނެރުނު ފިލްމު، "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިން މަގްބޫލުވި ކާތިކަށް އޭގެ ފަހުން އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އެންމެ ފަހުން އޭނާ މަސައްކަތް ނިންމާލީ ކްރިތީ ސަނޯންއާ އެކު އޭނާ ފެންނާނެ ފިލްމު، "ޝެހްޒާދާ" ގެ އެވެ. އަދިވެސް "ބޫލް ބުލައްޔާ 2" އަކާއި "ކެޕްޓަން އިންޑިއާ" އަދި "ފްރެޑީ" އަކީ ވެސް އޭނާގެ ކުރިއަށް ހުރި ފިލްމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2022
11 March 2022
ކާތިކް ފުރުސަތުގެ ބޭނުންހިފާ.. ފަހުން ވަރިވަންވެސް.. ބޮއިހަލަކި