ކެޓްރީނާ އާއި ވިކީ--
19 މާޗް 2022 - 06:25
ދަރްމާ ޕްރޮޑަކްޝަންގެ ސީއީއޯ އަޕޫރްވާ މެހެތާ އަށް 50 އަހަރު ފުރުން ފާހަގަކުރަން ކަރަން ޖޯހަރު ބޭއްވި ކުލަގަދަ ޕާޓީގައި އެތައް ތަރިންނެއް ބައިވެރިވި އެވެ. ވަރަށް ރީތިވެލައިގެން ބޮލީވުޑްގެ ތަރިން އެ ޕާޓީ އަށް ދިޔައިއިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ކަޅި ހުއްޓުނު އެެއް ޖޯޑަކީ މި ފަހުން ކައިވެނިކުރި ވިކީ ކޯޝަލް އާއި އޭނާގެ އަނބިމީހާ އަދި އެކްޓްރެސް ކެޓްރީނާ ކައިފެވެ.
އަތާއި އަތްޖޯޑުކޮށްލައިގެން ކެޓްރީނާ އާއި ވިކީ ޕާޓީ އޮތް ތަނަށް ގޮސް ޕަޕަރާޒީންގެ ކުރިމަތީގައި އެކުގައި ފޮޓޯއަކަށް ވެސް ހުއްޓުނެވެ. ކެޓްރީނާ ހުރީ ގަޔަށް ބާރު، ނޫ ހެދުމެއްގަ އެވެ. އެއީ ބަލާލަން ވަރަށް އާދައިގެ ގޮތަކަށް ހުރި ހެދުމެއް ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "އެލެކްސް ޕެރީ" ގެ ހެދުމެކެވެ.
އެ ހެދުމުގެ އަގު 1،100 ޑޮލަރަށް އުޅޭއިރު، އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ، 16،995ރ. ގެ އަގުހުރި ހެދުމެކެވެ.
އެ ޕާޓީ އަށް ވިކީ ދިޔައީ ކަޅު ގަމީހެއްގެ މަތިން، އެއް ފަޅިއެއްގައި ވަޅު ފެއްސަކަށްދާ މާގަނޑެއް ކަހަލަ އެއްޗެއް ޖަހާފައި ހުރި ކޯޓެއް ލައިގެންނެވެ.
އެ ޕާޓީ އަށް އާލިއާ ބަޓް އާއި ވަރުން ދާވަން އަދި ސިދާތު މަލްހޯތުރާ އާއި އަނަންޔާ ޕާންޑޭގެ އިތުރުން ގޯރީ ހާން އާއި މަނީޝް މަލޯތުރާ އަދި ޖާންވީ ކަޕޫރް ފަދަ ތަރިން ވެސް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަރިސް
19 March 2025
ތީގެ ހެދުމެއް ފަހައިދޭނެ ބޮންދެއްވެސް
ބިހާމްޝެ
20 March 2022
އަހަންނަށް ހެޔޮ
ހުސެން
19 March 2022
އެއްލައްކަ ރުފިޔާއަށްދޭ ހެދުމެއްލިޔަސް މަށަށްކީއް، މަށަކަށް އެއްވެސް އިރަކު ރީތިމީހެއްނޫން މިކެޓުރީނާއަކީ ވަރަށް ވައި މީހެއް
ލިވިން އިން ޑިނައަލް
19 March 2022
ކެޓްރީނާ މިހާރު އެހުރީ ސިފަގެއްލިފައި މޫނުގެ އެތަންމިތަނަށް ބޮޓޮކްސްޖަހަމުންގޮސް، މިހާރު ހުންނަނީ ޗައިނީސް ދަރިކޮޅުގެ ލުކެއް.
ތުނިޔަ
19 March 2022
އަސްލުވެސް ތެދެއްތީ..މިހާރު ހީވަނީ އެހެންމީހެއް ހެން. ކުރިން ވަރަށް ރީތި މީހެއް.
ށަވިޔަނި
19 March 2022
މިއަދު ހުރިހާކަމެއްކުރެވޭނެ. ފައިސާ ޗާޕްކުރާ މެޝިންތައް ތިއީ.