ކަރީނާ ކަޕޫރު--
06 އެޕްރީލް 2022 - 07:34
ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރުގެ ފަހަތުން އަބަދުވެސް ޕަޕަރާޒީން އުޅެ އެވެ. އޭނާ ވެސް ބައެއް ފަހަރު ޕަޕަރާޒީން ފޮޓޯ ނަގަންދެން މަޑުކޮށްލައިގެން ހުރެ ހަދަ އެވެ. އެކަމަކު މިފަހަރު، ކަރީނާގެ ފޮޓޯއެއް ނަގަން އުޅެނިކޮށް އޭނާގެ ކާރުގައި އަޅައިގެންފައި ޕަޕަރާޒީއަކު ވެއްޓި އަނިޔާވުމުން ކަރީނާގެ ގާތަށް އައީ ރުޅި އެވެ.
ވަރަށް ބާރަށް ބަލައިގެން އުޅޭށޭ ބުނުމަށް ފަހު އެތަނުން ފަހަތަށް ޖެހެން އޭނާ އެމީހުންނަށް އަންގަ އެވެ. ވަރަށް ރުޅިއައިސްފައި ހުރި ގޮތަކަށް އެހެން ބުނުމަށް ފަހު، ކަރީނާ ފަހުން ވަނީ ފޮޓޯ ނަގަން އެގޮތަށް ނޫޅެން ޖެހެނީ އަނިޔާ ލިބިދާނެތީ ކަމަށް ބުނެފަ އެވެ.
އެ ވީޑިއޯ އާންމުވެ ބައެއް މީހުން ވަނީ ކަރީނާއަށް ފާޑުކިޔައިފަ އެވެ.
އެ ވީޑިއޯއަކީ ކަރީނާ، އޭނާގެ އެންމެ ގާތް އެކުވެރިޔާ މަލައިކާ އަރޯރާގެ ގެއިން ނިކުންނަނިކޮށް ނަގާފައިވާ ވީޑިއޯއެކެވެ. މިފަހުން މަލައިކާއަށް ކާރު އެކްސިޑެންޓެއްގައި ކުދިކުދި އަނިޔާވެފައިވާތީ އޭނާގެ ގާތް މީހުން ވަނީ އެގެއަށް ޒިޔާރާތްކޮށްފަ އެވެ.
ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްދާ" އެވެ. އާމިރު ހާން އާއެކު އޭނާ ފެނިގެންދާ އެ ފިލްމަކީ މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ބޮލީވުޑް ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރީތި މީހާ
06 April 2022
މަ މިއުޅެނީ މިހާރުގެ އެސްޓީއޯއަށް ދާން ނުކެރިގެން ސެލެބްރިޓީ ފީލް ވާވަރުން، މީހުން ގިނަކަމުން
މެކްވިލިއަމް
06 April 2022
މަގޭ ފަޔޭ ކިޔާފަ މީހެއް ހަޅޭލަވަގަންނަ އަޑު އިވޭ. އަހަރުމެންނަށް ހިންދީނޭންގުނަސް. މީހެއްގެ ފައި ކާރުގެ ފުރޮޅެއް ދަށުވީމާ ކާރު ފަހަތަޖަހަން "ޕީޗޭ ޖާއު" ކިޔާފަ މީހުން ހަޅޭލަވަން ފަށާނެ. ކަންތައް ބޮޑު ކުރާވަރު ކަމެއް ނޫން.
އަލީ1010
06 April 2022
ވީޑޯއަކުން ނުފެނޭ ވެގެން އުޅޭ އެއްޗެއް. އެކަމު ވީޑީއޯއިން އިވޭ އަޑުތަކުން އެމީހާ ވެއްޓުމަށް ވުރެ ބޮޑަށް އެ ކާރުގެ ފުރޮޅެއް އެމީހާގެ ފައިމައްޗައް އެރިގެން އުޅޭ ހެން ހީވާނީ. ކާރު ފަހަތަށް ޖައްސަންވެސް ޕީޗޭ ޖައު ކިޔާފަ މީހުން ހަޅޭލަވާނެ. އިންޑީއާމީހުން ވަރަށް މޮޅުވާނެ ހަބަރު ފަތުރަން.
ހުސެން
06 April 2022
ވީޑިއޯގައ އަޅުގަނޑަކަށް އެއްވެސްމައްސަލައެއްނުފެނޭ "ޕީޗޭޖާޔާރު" މީކީމީހުން ރުޅިއައިސްގެންބުނާއެއްޗެއްނޫން، އަދި ދިމާވިކަމާގުޅޭގޮތަށް މޫނުމަތީގެ އެކުސްޕުރެޝަންވެސްހުރީ، މިފަދަވަގުތެއްގައި ހެމަކުންނުބުނާނެދޯ ޕީޗޭޖާއެކޭ
ޙިނި
06 April 2022
ޕަޕަރާޒީންނާ ހެދި ތަރިން ތަކުގެ ފޮޓޯ އެއްވެސް ފެންނަނީ