ސަލްމާން ހާނަށް މީގެ ކުރިން ސިފައިން ސެކިއުރިޓީ ދެނީ.
02 ޖޫން 2022 - 06:14
ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާންގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ސަލްމާންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ރެޕާ، ސީދޫ މޫސް ވާލާ ގަޔަށް ބަޑި ޖަހައި މަރައިލިކަމުގެ ޒިންމާ އުފުލި ގޭންގަކީ މީގެ އަހަރުތަކެއް ކުރިން ސަލްމާނަށް ވެސް މަރުގެ އިންޒާރު ދިން ގޭންގަކަށްވާތީ އެވެ.
ސީދޫ މަރާލާފައި ވަނީ ވެސް އޭނާއަށް އިންޒާރުތަކެއް ދިންތާ އަހަރުތަކެއް ފަހުން، އޭނާގެ ސެކިއުރިޓީ އުވާލިތަނާހެންނެވެ.
ސަލްމާނަށް 2018 ގައި އިންޒާރުދިން ލޯރެންސް ބިޝްނޯއީ ހުރީ އެހެން މައްސަލައެއްގައި ތިހާރުގެ ޖަލެއްގައި ކަމަށްވެ އެވެ. އެކަމަކު އޭނާގެ ގޭންގުގެ މެމްބަރުން އެކި ތަންތަނުގައި އުޅޭތީ ސަލްމާން ހާނުގެ މުމްބާއީ ގޭގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
ލޯރެންސް ސަލްމާނަށް އިންޒާރުދިނީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރި މައްސަލާގައި ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުވިސްނުނު
02 June 2022
ސިއްދޫ އެއްނޫންތަކިޔަނީ؟ސީދޫ؟
ށަވިޔަނި
02 June 2022
އިންޑިއާގައި ކުށްގިނަވަނީ އެމީހުންގެ ކިބައިގައި ހަރުލާފައިވާ ޒަމާނާ ނުގުޅޭ ބޯދާ އާދަކާދައިގެ ސަބަބުން. އެމީހުންގެ އެއާދަތައް އެމީހުން ދޫކޮށްނުލާނެ. ޒަމާނީ ތައުލީމު ހާސިލުކުރިއަސް ބޯދާ އާދަ ދޫކުރުމަކީ ބޮޑުކުށެއް. ކީއްކުރާނީ؟ 33 މިލިއަން ކަނލާގެވޭ.
އަފްރާސިޔާބު
02 June 2022
ދެން ދިވެހިރާއްޖޭގައި އިންޑިއާއަށްވުރެ ކުށްގިނައީ ކީއްވެ؟ ދިވެހިންގެ ތައުލީމު މިޒަމާނަށް ފެތޭތީތަ؟
ވަހީދު
03 June 2022
ރާއްޖޭގެ ކުށް ގިނަވަނީ މަސްތުގެ ހާލަތުގައި މީހުން ތިބޭތީ. ކުށެއް ކޮށްގެން ހައްޔަރު ކުރާ މީހާގެ އޮވޭ މަސްތުވާ ތަކެތީގެ ރިކޯޑް.
މަޒް
02 June 2022
ޖަނާވާރު ހިމާޔަތް ކުރަނީ ގާނޫނަކުން.. ގޭންގުތަކުންވެސ ޖަނަވާރު ހިމާޔަތް ކުރާ ގާނޫނުތަކަށް ތަބާވޭ.. އެކަމަކު އިންސާނެއްގެ ފުރާނަ ދުއްވާލަންވެސް ޖެހިލުން ނުވޭ.. ހެއްވާ ބައެއް
ދގދސެފ×
02 June 2022
ޖަނަވާރެއް މަރާލިއޭކިޔާފާ މީހަކު ނަރާލަންޖެހޭތަ؟
ލެއްގިކޮމިޝަނަރ
02 June 2022
އިންކްރިޑިބަލް އިންޑިއާ ކިޔަނީ ކަމެއްވީމައޭ. އެހެންވީމާ ޖަނަވާރެއްގެ މަރުގެ ބަދަލު އިންސާނެއްގެކިބައިން ހިފާފާނެތާ؟ އެހެންނޫނަސް އިންޑިއާއަކީ ގެރި ބަކައްޓާ ޖަނަވާރު ކަލާންގެކަމަށް ހަދާއިގެންއުޅޭ ޖާހިލުބައެއް. ވެދާނެއްނުންތަ އެގޭންގު ތަބާވާ ކަލާންގެ މަރުގެ ބަދަލު ހިފަން އުޅެނީކަމަށްވެސް. ބޮއިހަލާކު