ރަންބީރް ކަޕޫރާއި އާލިއާ ބަޓް ބޭބީ ސްކޭން އަށް ހޮސްޕިޓަލުގައި.
27 ޖޫން 2022 - 10:54
ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓް އިނީ އަލަތު ދަރިފުޅަށް ބަލިވެކަން އިއުލާނުކޮށްފި އެވެ.
ތިން އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އާލިއާ އާއި ރަންބީރު ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް 14 ގަ އެވެ.
އާލިއާ ބަލިވެ އިން ޚަބަރު ސަޕޯޓަރުންނަށް ހިއްސާކުރީ މިއަދު ހެނދުނު އެވެ. އިންސްޓަގްރާމުގައި އޭނާ އާންމުކުރި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލުގެ އެނދުގައި ވަރަށް ހެވިފައި އޮވެ ސްކޭން މެޝިނަށް އާލިއާ ބަލަހައްޓައިގެން އޮއްވަ އެވެ. ފިރިމީހާ އިންނަނީ ކައިރީީގައި އިށީނދެ އެވެ.
އެ ފޮޓޯއާ އެކު ދެން ހިއްސާކުރީ ދެ ސިންގާ އޭގެ ދަރިފުޅާ އެކު އޮތް ފޮޓޯއެކެވެ.
ކެޕްޝަންގައި ޖަހާފައި ވަނީ "އަވަ ބޭބީ.. ކަމިން ސޫން..." އެވެ.
ބަނޑުބޮޑު ކަމުގެ ޚަބަރު ހިއްސާކުރިއިރު އާލިއާ ހުރީ އޭނާގެ ފުރަތަމަ ހޮލީވުޑްގެ މަސައްކަތްކުރުމަށް އެމެރިކާގަ އެވެ. އެއީ ވޮންޑަ ވުމަންގެ ތަރި ގަލް ގެޑޮޑާ އެކު އާލިއާ ފެންނަ މަސަައްކަތެކެވެ. އަދި ރަންބީރު ގިނަ ފިލްމީ މަސައްކަތްތަކެއް ވެސް އެބަ ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮރިއަލް
27 June 2022
ރަންބީރު އަބަދުވެސް ހުންނަނީ ކަޓާފަ
ށަވިޔަނި
27 June 2022
ޕާކިސްތާނު އެއްޗެއް ނުބަލަން. އިންޑިއާގެ އެއްޗެހި ބަލަން. ޢާލިއާ ވަރަށް ކަމުދޭ. ރަންބީރުވެސް. އެދެމީހުންގެ ވެޑިން ފޮޓޯ ނޫސްތަކަށް ލިބުމުގެ ކުރިން މަށަށް ލިބުނު. ރާއްޖޭގަ އަދިވެސް މިކަހަލަ މީހުން ތިބޭނެ. އެހެންވީމާ ނޫސްތަކުން މިފަދަ ޚަބަރުވެސް ގެނަސްދޭންވާނެ.
ރަނާ
27 June 2022
ބަނޑު ބޮޑުވެގެން ތޯއްޗެ ކައިވެނި ކުރީވެސް ދެމަފިރިންގޮތަށް ދެމީހުން އކަނު އެއްގެއެއްގަ އުޅޭތާ ފަސްއަހަރުވެއްޖެ
ގަފސހާ
27 June 2022
ހާދަ އަވަހަކަށް.
ހާމިދު ޝާހިދު
27 June 2022
މިހާރު ދިވެހިންގެ މެދުގައި ޓްރެންޑެއް ނުވޭ އިންޑިއާގެ ފިލުމުތަކެއްވެސް އަދި އެމީހުންގެ ކަސޯޓީއެއްވެސް. ފާއިތުވި، 6 އެއްކަ އަހަރު ތެރޭގައި، ކޭބަލް ޓީވީތަކަށާއި، ޔޫޓީއުބަށް ޕާކިސްތާނާއި ތުރުކީގެ ޑްރާމާތައް ލިބެން ފަށާ އެ މާ ބޮޑުތަނުންވެސް މަގުބޫލު ވެގެން ހިނގައްޖެ. އެ ޑްރާމާތައް ހުންނަނީވެސް، ކޮންމެވެސް ވަރަކަށް ދިހި ސަގާފަތާ ގުޅޭކަހަލަ ގޮތަކަށް ހަދާފައި. ދެން ކީއްވެހޭ، ނޫސްތަކުގައި އެމީހުންގެ ވާހަކަ ލިޔަނީ!
ބަޖާޖް ކީ ކަސޯޓީ އިޒް އޯލްޑް
28 June 2022
އަނެއްކާ ބުއްދި ޤަބޫލު ކުރާ ކަހަލަ ކަންތައް ތި ޑްރާމާ ތަކުން ފެންނަނީ. ޢިންޑިއަން ކަސޯޓީ އެއް ބަލައި ފިއްޔާ ނުފެންނާނެ ބުއްދި ޤަބޫލު ކުރާ ވަރު ގެ އެއްވެސް ކަމެއް ދެން ބުނާނީ މީ ޓީވީ ސީރިއަލް / އެންޓަރޓައިންމެންޓް އޭ. އެކްތަރ ކަޕޫރު މެން ވެއްޖެ ތަންކޮޅެއް ރޯފިލަން މީހުން އަބަދަކު ބޭނުމެއް ނުވޭ އާއިލާ ތެރޭ ފިތުނަފަސާދަ އުފައްދާ މައިޓް ނުލަފާ…ބަލަން
ާލީމާނު
28 June 2022
ދެން ކީއްވެޔޯ، ހިންދީ ފިލްމު ތަކުގެ ހަބަރު ކިޔާ އެއަށް ކޮމެންޓު ކުރަނީ