އަޔޫޝްމަން ކުރާނާ އާއި ސަމަންތާ ރުތު ޕްރަބޫ.
06 ޖުލައި 2022 - 06:06
އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ސަމަންތާ ރުތު ޕްރަބޫ، ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމަޒަން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ހިންދީ ސްޕައި ތުރިލާއެއް ކަމަށްވާ "ދަ ފެމިލީމެން 2" އިން ފެނުނު ސަމަންތާ އާންމުންގެ މެދުގައި މަގުބޫލުވީ ޕުޝްޕާގެ "އޯ އަންޓަވާ" ލަވައިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ އަޔޫޝްމަންއާ އެކުގަ އެވެ.
މިހާރު އެ ފިލްމުގެ ޝޫޓިންގެ ޓައިމްލައިން ތައްޔާރުކުރަމުން އަންނަ ކަމަށްވެ އެވެ.
މި އަހަރުގެ ފަހުކޮޅު އެ ފިލްމުގެ ޝޫޓިންތައް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނައިރު، ފިލްމު އެ ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އެ ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
ސަމަންތާ އިތުރު ހިންދީ ފިލްމަކަށް ވެސް ސޮއިކޮށްފައިވާ ކަމަށްވެ އެވެ. އެއީ ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމުގައި އަކްޝޭ ކުމާރާ އެކު ފެންނާނެ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސަމަންތާ އާއި އަކްޝޭ ވަނީ ކޮފީ ވިތު ކަރަން ޝޯގައި އެކުގައި ބައިވެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނަ
06 July 2022
މި ތިބެނީ ރީތި ކުދިން. މި ހުރިހާ ދުވަހު އަހަރުމެން މި ތިބީ ކަރީނާ، ކަރިޝްމާ ސޮނާކްސީމެން މީ އެންމެ ރީތި މީހުން ކަމަށް ދެކިގެން. ކޮންފަދަ ބޮޑު އޮޅުވާލުމެއް.