ދީޕިކާއާ ވައްތަރު ކަމަށް ބުނާ އަންހެން ކުއްޖާ އަދި ދީޕިކާ ޕަޑުކޯން.
14 ޖުލައި 2022 - 06:31
ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯންއާ ވައްތަރު އަންހެނަކު ފެނި ސަޕޯޓަރުން ހައިރާންވެއްޖެ އެވެ.
"އޯމް ޝާންތީ އޯމް" އިން 2007 ގައި ބޮލީވުޑަށް ނުކުތް ދީޕިކާއަކީ ގިނަ ބައެއްގެ މަގްބޫލުކަމާއި ލޯބި ހޯދާފައިވާ ތަރިއެކެވެ. ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށް، އޭނާގެ ނަން ފިލްމު އިންޑަސްޓްރީގައި ވިދާލާފައިވާއިރު ދީޕިކާގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ތިބީ ޖެހިފަ އެވެ.
މި ފަހަރު އާންމުންގެ ސަމާލުކަން ލިބުނީ އަންހެން ކުއްޖަކު ދީޕިކާއާ ވައްތަރުވެގެންނެވެ. ރިޖުތާ ގޯޝް ނަމަކަށް ކިޔާ އެ ކުއްޖާއަކީ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރެކެވެ.
ސޯޝަލް މީޑިއާގައި އޭނާ އާންމުކުރި ފޮޓޯއަކާއެކު ގިނަ ބަޔަކު ބުނަނީ ދީޕިކާއާ ރިޖުތާ ގޯޝް ވަރަށް ވައްތަރު ކަމަށެވެ.
ސޯޝަލް މީޑިއާގައި ރިޖުތާ ގޯޝް އާންމުކުރި ފޮޓޯތަކުން، ލޯ މަތިން ދީޕިކާއާ ވަރަށް ވައްތަރު ގޮތެއް ހުރެ އެވެ. އެކަމަކު ދީޕިކާގެ ހުންނަ ކަހަލަ ޑިމްޕަލްއެއް ނެތެވެ.
އެ ފޮޓޯތަކާ ގުޅިގެން މިހާތަނަށް ދީޕިކާ ރިއެކްޓެއް ނުކުރެ އެވެ.
ދީޕިކާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ "ގެހެރާއިޔާ" ގަ އެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ޝާހުރުކްހާނާއި ޖޯން އަބްރަހަމްއާ އެކު ކުޅޭ "ޕަތާން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިބިނިބޫ
14 July 2022
އައްދެ، މިޔޮށް ކުޑަކުޑަ ރާއްޖޭގައިވެސް އެބައުޅޭ މަށާ ވައްތަރު، މަދުވެގެން ތިން މީހުން. އެއީ އަދި މަށާ ދިމާވެސް ނުވާ މީހުން
ޕިންކީބަނާނާ
16 July 2022
ހްމްމްމް، ރަގަޅު ވާހަކައެއް ތިބުނީ ، ރާއްޖޭގަ އެންމެ ގިނަވާނީ އެކަކު އަނެކަކާ ވައްތަރު މީހުން، އަލީ ހަމީދާ، ކާނަލް ނަޝީދާ، ނާޒިމް ސައްތާރު އާ ޝިފާ އާ ވައްތަރު ވަރަށް ގިނަ މީހުން ވެސް އެބަފެނެއެންނު.
ކެކެކެ
16 July 2022
ޕިންކީބަނާނާ@ އެކަމަކު އެކަކު ވ. ޔަޤީން..އެއީ ގިރި..އެއާމެދު ޝައްކެއްވެސް ނެތް. ދެން އުޅެނީ ވައްތަރު ކަމުން ޔަޤީން ނުވެގެން އުޅޭމީހުން.
ރިއެކްޓު
14 July 2022
ދީޕީކާ ރިއެކްޓެއް ނުކުރެއޭ. އެކުއްޖާއައް އަނގައިފި ހަމަ މިހާރުން މިހާރައް ޕްލާސްޓިކު ސާރޖަރީ ހަދާ އެހެން ސިފައަކައް ބަދަލުވާން.
ށަވިޔަނި
14 July 2022
ޗައިނާއިން މަށަށް ފެންނަގިނަމީހުން އެއްވައްތަރު. އިންޑިއާ ގައި ގިނަވާނެ. އެކަމަކު އެކަން ފާހަގަނުވަނީ. ދިޕިކާ ފަދަ މަޝްހޫރު މުޅި ދުނިޔެ ދަންނަ މީހަކުވީމަ އެކަން ފާހަގަވަނީ.