ސުޝްމިތާ ސެން އާއި ލަލިތު މޯދީ.
18 ޖުލައި 2022 - 07:02
ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އާއި ވިޔަފާރިވެރިޔާ ލަލިތު މޯދީ ރައްޓެހިވެގެން އުޅޭކަން އިއުލާންކުރުމާއެކު، އެ ޖޯޑަށް ކުރިމަތިވި ފާޑުކިޔުންތަކަށް ސުޝްމިތާ އާއި ލަލިތު ރައްދު ދީފި އެވެ.
ބޮލީވުޑްގެ ތަރި ސުޝްމިތާ އާއި ލަލިތު ޑޭޓްކުރާކަން މީގެ ދެ ދުވަހެއް ވަރު ކުރިން އިއުލާންކުރުމާއެކު، މުޅި ސޯޝަލް މީޑިއާ ހިލުވައިލީ އެ ވާހަކައިންނެވެ. މީމްސްތައް ހަދައިގެން އެކި މީހުން އެ މީހުންނަށް ފާޑުކިޔެވެ. ސުޝްމިތާ ކަހަލަ ރީތި މީހަކު ދުވަސްވީ ފިރިހެނަކާ ރައްޓެހިވީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ، އޭނާއަކީ "ގޯލްޑް ޑިގާ" އެއްގެ ގޮތުގައި ސިފަކޮށް މީހުން ވާހަކަ ދައްކަން ފެށި އެވެ.
އެކަމަކު ފާޑުކިޔުންތަކަށް އާންމުކޮށް ހަނު ހުއްޓަސް މި ފަހަރު ސުޝްމިތާއަކަށް ކެތެއް ނުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައި ސުޝްމިތާ ބުނީ ދުނިޔޭގައި އުޅޭ މީހުންގެ "އަންހެޕީ" ކަމާއި "މިސަރަބަލް" ވަމުންދާ ގޮތް ފެނިފައި ހިތްދަތިވާ ކަމަށެވެ. ބައެއް މީހުންގެ ދަށު ދަރަޖައިގެ ވިސްނުމާއި އެ މީހުންގެ ގޮސިޕްތަކުން އަސަރު ނުކުރާނެ ކަމަށް ސުޝްމިތާ ބުންޏެވެ.
އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ބުނީ ނުވެސް ދަންނަ ބަޔަކު އޭނާއާ ގުޅުވައިގެން ވިސްނާ ގޮތާއި ހަޔާތާ ގުޅޭ މާގިނަ މައުލޫމާތު އެނގޭ ކަމަށް ހެދިގެން އެކި އެއްޗެހި ކިޔައި ސުޝްމިތާއަކީ "ގޯލްޑް ޑިގާ" އެއްގެ ގޮތުގައި ލޭބަލް ކުރަމުންދާ ކަމަށެވެ.
ފާޑުކިޔާ މީހުންނަށް ސުޝްމިތާ ބުނީ އޭނާ އަށް ރަނަށް ވުރެ ބޮޑަށް ކަމުދަނީ ޖަވާހިރު ކަމަށެވެ. އަދި ޖަވާހިރު ގަންނަނީ އޭނާގެ އަމިއްލަ މަސައްކަތުން އަމިއްލަ ފައިސާ އިން ކަމަށް ބުންޏެވެ.
ސަޕޯޓަރުންގެ ފަރާތުން ލިބުނު ހެޔޮ ބަސްތަކަށް ވެސް ސުޝްމިތާ ޝުކުރު އަދާކުރި އެވެ. އަދި އޭނާ އަށް މީހުން ކިޔާ އެއްޗެހީގެ ސަބަބުން އަސަރު ނުކުރާނެ ކަމަށާއި ހުރީ ގަދަކޮށް ކަމަށް ބުންޏެވެ.
އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތު ވެސް ވަނީ އެ މީހުން ޓްރޯލް ކުރާތީ ހިތްހަމަނުޖެހިގެން ވާހަކަ ދައްކައިފަ އެވެ.
އުމުރުން 46 އަހަރުގެ ސުޝްމިތާއަކީ "ޕާޓްނަރު" ކަމަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ވަނީ ސުޝްމިތާ އަށް ފާޑުކިޔައިފަ އެވެ.
އެންމެ ފަހުން ޒުވާން މޮޑެލް، ރޮހްމާން ޝޯލްއާ ސުޝްމިތާ ރައްޓެހިވެގެން އުޅުމަށް ފަހު، މުއްސަނޖެއްގެ ކައިރިއަށް ދިޔައީ ކަމަށް ބުނެ އެތައް ފުރައްސާރައެެއް ކުރި އެވެ.
އުމުރުން 56 އަހަރުގެ ލަލިތަކީ މީގެ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ މީހެކެވެ. އޭނާގެ އަނބިމީހާ ކެންސަރު ބަލީގައި މަރުވެފައިވާއިރު، އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ.
ސުޝްމިތާ މިހާތަނަށް ކައިވެންޏެއް ނުކުރިޔަސް އޭނާ ގެންދަނީ ދެ ކުދިން އެޑޮޕްކޮށްގެން ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
20 July 2022
ރަން ވަޅަކުން ރަން ކޮންނަ މީހެއް.
ރޮހްމާން
19 July 2022
މިއީ އަދި އެހެން ވައްތަރެއްގެ ރަނެކޭ. ކޮމެންޓް ކުރާ ކުދީން އެ ރަން ތަޖުރިބާ ކޮށްލަ ބަލަ އެ ކިހާ ވަރެއްގެ ރަނެއްތޯ ބަލަން. ރަނުގެ ކުލަ ފޭޑްވީމަ މި ސްޓޯރީ ވެސް ހިސްޓްރީއަށް ވެދާނެ. ޝުޝްމީ ބޮލީ ވުޑްގެ ޖޮލީ ކަމަށް ފެނޭ
ލަލިތު
19 July 2022
އަލަމްގީރު މައްސަލަ ހުރީ ނާޒިމް ސައްތާރު މައްސަ ނެތީ މި ކޮންކަމެއް
ދަރަނި ބޯ
19 July 2022
ކޮންމައްސަލަ ، ދިހަ އަހަރު ހަގުވުން މައްސަލަ ނެތީ ، ދިހަ އަހަރު ދޮށިވުން މައްސަލަ ހުންނަނީ އެކޮންވައްތަރު ، އޭނަ ބޭނުން މީހަ އޭނަ ސާދީ ކުރަނީ މައްސަލަ ނެތީ ދޯ
ކުރުނބާ
18 July 2022
ދެން ހަގީގީ ލޯބިވާކަމަށް ދައުވާކުރާ މީހުންކައިރި އަހާބަލަ ކަލޭމެންގެ އަންހެންދަރިން ގޮސްދެވާނަންތޯ ފަގީރުންނާ ހަގީގީލޯތްބަށްޓަކާކަމަށްބުނެ ހެހެހެ.
ވާންޗޯސް
18 July 2022
ލަލިތުވެސް ބުނެވިދާނެ ޑިގާއެކޭ. އެހެން ގޮތަކަށް
ލަލިތު
18 July 2022
ރާއްޖޭގައި އެބަ އުޅޭ 65 އިން މައްޗައް ގޮއްސަ ތިބި ވިޔަފާރިވެރިން 20، 21 އަހަރުގެ ކުދިންނާއި ކައިވެނި ކޮށްގެން އުޅޭ ނޫނީ ޝުގަޑެޑީ ހެދިގެން އެ އުމުރުގެ ކުދިންނަށް ހަރަދު ކުރާ. އޭގެ ތެރޭގައި އެބަ އުޅޭ އަރަމުން އަންނަ ލަވަކިޔާ، ނަށާ، ފިލްމު ކުޅެ ހަދާ ކުދިން. އެމީހުންގެ ޚަބަރުތައް ގެނެސް ދިނުން މާ ރަނގަޅު ވާނެ 10 އަހަރުގެ ފަރަގު ހުރި 40 އިން މައްޗަށް ގޮއްސަ ތިބި އެހެން ގައުމެއްގެ ބަޔެއްގެ ވާހަކައިން ހެޑްލައިން ހެދުމަށް ވުރެ.
ޕަލްޕަލް
18 July 2022
މަށަކަށް ނުފެނޭ މައްސަލަޔެއް. ނުޖެހޭ ފަގީރަކާ ކައިވެނިކުރާކަށް، މުއްސަންޖަކާ ކައިވެނިކުރެވެން އޮއްވާއެއް. މިއުޅެނީ މުޅީ ދިރިއުޅުމުގެ ނިންމުމެއް ނިންމަންވިއްޔަ. ކުޑަ ދުވަސްކޮޅެއްގެ ނިންމުމެއް ކަމަށް ދެކޭ މީހުން އެކަހަލަ ވާހަކަ ދައްކާނީވެސް. އަނެއްކާ އިންޑިޔާގަ ގާނޫނުގައި އޮވޭބާ ވަކި ވަންޏާ ފިރިމީހާގެ މުދާތައް އަނބިމީހަޔަށް ދޭންޖެހޭނެކަމަށް.
ޙޙ2022
18 July 2022
ޜަންކޮނޭ... ބޮއިހަލަކި
ދގދސެފ×
18 July 2022
ރަންހޯދާން ކޮނުމަކީ ކޮންމެމީހަކަށްވެސް ލިބިގެންވާ ހައްގެއް.