އަދްނާން ސާމީ،
26 ޖުލައި 2022 - 06:05
ބޮލީވުޑްގެ މަަޝްހޫރު ލަވަ ކިޔުންތެރިޔާ އަދުނާން ސާމީ، އޭނާގެ އިންސްޓަގްރާމްގައި ހުރި ހުރިހާ ފޮޓޯތަކެއް ޑިލީޓް ކުރުމަށް ފަހު، "އަލްވިދާ" ކިޔަސް އެއީ އޭނާގެ ކުރިއަށް އޮތް ލަވައިގެ ނަން ކަމަށް އިއުލާންކޮށްފި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަދުނާން ސާމީ ވަނީ އޭނާގެ ކުރީގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްފަ އެވެ. އެ އަށް ފަހު، ޕޯސްޓްކުރީ ރަތްކުލައިން "އަލްވިދާ" ޖަހާފައިވާ ކަޅު ފޮޓޯގަނޑެކެވެ. އޭގެ މާނައަކީ "ގުޑް ބާއީ" ކަމަށް ވާތީ ގިނަ ބަޔަކަށް ގަބޫލުކުރެވުނީ އަދުނާން ސާމީގެ ދިރިއުޅުމުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށް، ސޯޝަލް މީޑިއާއާ ދުރަށް ދިޔައީ ކަމަށެވެ.
އެކަމާ ގުޅިގެން ސަޕޯޓަރުން ސުވާލުކޮށް، ކަންބޮޑުވުން ފާޅުކުރަނިކޮށް އަދުނާން ސާމީ އިއުލާންކުރި ގޮތުން ނަމަ "އަލްވިދާ" އަކީ ލަވައެކެވެ. އޭގެ ކެޕްޝަންގައި ބުނީ، އެއީ އޭނާ އަލްވިދާ ކިޔާ ގޮތް ކަމަށެވެ.
އަދުނާން ސާމީއަކީ މިއުޒިކް އިންޑަސްޓްރީގައި ނަން މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ މަގުބޫލުކަން އިތުރުވީ 2000 ވަނަ އަހަރު ނެރުނު "ލިފްޓް ކަރާދޭ" އިންނެވެ. އޭގެ ފަހުން "ތެރާ ޗެހެރާ" އާއި "ބިގި ބިގި ރާތޮމެއިން" ކަހަލަ ރީތި ލަވަތަކެއް އޭނާ ކިޔާފައިވެ އެވެ.
އެ ލަވަތައް ނެރުނީ އަދުނާން ސާމީ ތަންކޮޅެއް ފަލަކޮށް ހުރި ދުވަސްވަރެއްގައި ކަމަށް ވިޔަސް، އޭގެ ފަހުން ހަށިގަނޑު ހިއްކާލައި ފިޓްވިއިރު، މި ފަހުން އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ވެސް ހިކިފައިވާ ފޮޓޯތަކެއް ވައިރަލްވެެގެންވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙޙ2022
26 July 2022
ތީ ހިކެން އުޅޭމީހުނަށް މިސާލެއް.... ބޮއިހަލަކި