ދީޕިކާ ޕަޑުކޯން.
18 އޮކްޓޯބަރ 2022 - 06:20
މުޅި ދުނިޔޭން ވެސް އެންމެ ރީތި 10 އަންހެނުންގެ ތެރޭގައި، އިންޑިއާގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ހިމެނިއްޖެ އެވެ.
ހޮލީވުޑްގެ ތަރިން ކަމުގައިވާ ބެލާ ހަދީދް އާއި ކިމް ކާޑޭޝިއަން އަދި އަރިއާނާ ގްރާންޑޭގެ އިތުރުން ބިޔޯންސޭ ފަދަ ތަރިން މި ލިސްޓުގައި ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ ނުވަ ވަނައިގައި ދީޕިކާ ހިމެނުނުއިރު އޭނާއަކީ އިންޑިއާ އިން އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ތަރިއެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ އެއް ވަނައިގައި ހިމެނިފައި ވަނީ ހޮލީވުޑްގެ އެކްޓްރެސް، ޖޯޑީ ކަމާ އެވެ. އޭނާއަށް އެ ޖާގަ ލިބިފައި ވަނީ 98.7 ޕަސެންޓާ އެކު އެވެ.
މި ލިސްޓަކީ ޕްލާސްޓިކް ސާޖަންއެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ އެކުލަވާލާފައިވާ ލިސްޓެކެވެ. އެންމެ ރީތި އަންހެނުން ކަނޑައެޅުމުގައި ބަލާފައި ވަނީ އެ މީހުންގެ މޫނުގެ ބައްޓަން ހިމެނޭ ގޮތަކަށް މައިގަނޑު 12 ކަމަކަށެވެ. އޭގެ ތެރޭގައި، ލޮލާއި ނޭފަތާއި ތުންފަތާއި ދަތްދޮޅި ކަހަލަ ތަންތަން ހުންނަ ގޮތަށް ބަލާފައިވެ އެވެ.
މި ލިސްޓު ދެވަނަ އާއި ތިން ވަނައިގައި ހިމެނެނީ ޒެންޑެޔާ އާއި ބެލާ ހަދީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުލްބުލް.
19 October 2022
އަހަންނަށް އަދިވެސް އެންމެ ރީތީ އަަހަރެންގެ އަންހެނުން.
ސުކޫން
18 October 2022
ތިމީހުންނަށްވުރެ މަށަށް މާ ރީތީ ޕާކިސްތާން ޑުރާމާތައް ކުޅޭ ކުދިންވެސް...އޭގެތެރޭގަ ހިބާ ބުޚާރީ ، އަލީޒާޝާހް ،އައިޒާޚާން ،ކިންޒާ ،ސަޖަލް އަދި ސަބޫރް އަދި ސެހެރް ޙާން ފަދަ ތަރިން.
މޯރޑިސް ރާނީ
18 October 2022
ބެލާ ހަދީދީ ކޮން ގޮތަކަށް ރީތި ވީ. އޭނާ ޕަބްލިކަށް ނުނިކުންނަ އިރު ގެ ފޮޓޯ އެއް ބަލާ ބަލަ. އެއްވެސް ރީތި ގޮތެއް ނެތް. މިހާރު މާ މަޝްހޫރު ވެގެން އެއުޅެނީ އެނައަށް ވެސް ނޭނގޭނެ ކަންނޭގެ އޭނަ ޕްލާސްޓިކް ސާރޖަރީ ހެދި އަދަދު ވެސް. ތި ލިސްޓްގަ ގިނައީ ޕްލާސްޓިކް ބިއުޓީން.
ސުނީުހ
18 October 2022
ައދިވެސް ސުނީތާ ވަރެއްނެތް
ށަވިޔަނި
18 October 2022
އިންޑިއާގެ ގިނަތަރިން މަށަށް ރީތި. ކޮންމެ ތަރިއެއްގަވެސް ރީތި ގޮތެއް ހުރޭ. ތިފަދަ ކަންތައް ރާވާ ހިންގާ މީހުނަށް ބޮޑަށް އެނގޭނީ.
ބަތޫލް
18 October 2022
ކައިލީ ޖެނާ ވެސް މާރީތި
ކައިލީ ޖެނާ
18 October 2022
ތެންކްސް ބަތޫލް.. ޔޫ އާ ދަ ބެސްޓް
ޖޫލީއާ
18 October 2022
މަށަށް ވަރަށް ރީތި ޖޫލިއާގެ ރޮބަޓްސް.
ހުސެއިން މޫސާ ޚަލީލް
18 October 2022
ދީޕިކާއަށްވުރެ ސޮނާކްޝީވެސް ރީތި އެކަމަކު މަޝްހޫރު ފިލްމީތަރި ނިއުމާ މުޙައްމަދު ތިޔަ ލިސްޓުގައި ނެތުމުން ވަރަށް ހައިރާންވެއްޖެ
އައްޅޮ
18 October 2022
ޑީ.ޕީއަށްވުރެ މަށަަށް ރީތީ ޕީ.ސީ.
ޤއޟަ
18 October 2022
މަށަށް ޕީސީ އަށްވުރެ ރީތު ސިޕީ