އެމެރިކާގެ ސީރީޒެއް ކަމަށްވާ "ކުއަންޓިކޯ"ގެ ސީޒަން ދޭއްގެ ޝޫޓިންގައި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
ޕްރިޔަންކާ އަށް އަނިޔާވީ އެކްޝަން މަންޒަރެއް ޝޫޓްކުރަނިކޮށް ކައްސާލައިގެން ވެއްޓި ބިންމަތީގައި ބޯ ޖެހިގެންނެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން، އަނިޔާވުމާ އެކު ޕްރިޔަންކާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދިނެވެ.
ޕްރިޔަންކާގެ ތަރުޖަމާނު ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ޕްރިޔަންކާއަށް އެކްސިޑެންޓެއް ދިމާވިކަން ޔަގީން ކޮށްދީފައިވެ. އަދި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ދެން ޝޫޓިން ކުރިޔަށް ގެންދާނީ ހަފުތާ ބަންދު ދެ ދުވަހަށްފަހު ކަމަށް ބުންޏެވެ.
"ނިއު ޔޯކްގައި އިއްޔެ ރޭ ބޭއްވި ކުއަންޓިކޯގެ ޝޫޓިންގައި ކުޑަ އެކްސިޑެންޓެއް ހިނގި،" ޕްރިޔަންކާ އަށް އަނިޔާވިކަން ކަށަވަރުކޮށްދެމުން އޭބީސީގެ އޮފިޝަލަކު ޔޫއެސް ވީކްލީ އަށް ބުންޏެވެ.