ކަރީނާ ކަޕޫރު ބަނޑުބޮޑުވެފައި ހުރިއިރު ރޭމްޕްގައި ހިނގަނީ
17 ޖެނުއަރީ 2017 - 06:11
ބޮލީވުޑްގެ ގިނަ ބަތަލާއިންނާ ޚިލާފަށް، ކަރީނާ ކަޕޫރު ފާހަގަވީ ބަނޑުބޮޑުއިރު ވެސް އާންމުންގެ ތެރޭގައި ގިނައިން އުޅުނު އަދި އެކި ހަރަކާތްތަކުގައި ބައިވެރިވި މީހެއްގެ ގޮތުގަ އެވެ.
ރޭމްޕްގައި އަދި ރެޑް ކާޕެޓްގައި ހިނގުން އަދި މެގަޒިން ކަވަރުތަކުގައި ޖަހަން ފޮޓޯ ނެގުން ފަދަ ހުރިހާ ކަމެއް ބަނޑުބޮޑު އިރު ވެސް ކަރީނާ ކޮށްފައިވެ އެވެ. ކަރީނާ ބުނަނީ ބަނޑުބޮޑުއިރު މަސައްކަތްކުރުމަކީ އެހާ ބޮޑުކަމެއް ނޫން ކަމަށެވެ.
ކަރީނާ ގަސްތުކޮށްފައި ވަނީ ދަރިފުޅު ތައިމޫރަށް މަހެއްހާ ދުވަސް ފަހުން އަލުން އެނބުރި މަސައްކަތްތަކުގައި ބައިވެރިވާށެވެ. އެގޮތުން ފުރަތަމަ އޮތީ ޑިޒައިނަރު އަނީތާ ޑޮންގްރޭގެ ހެދުންތަކެއް ދައްކާލަން ރޭމްޕްގައި ހިނގުމެވެ. މި ޝޯ އޮންނާނެ ދުވަހެއް އަދި ނޭނގެ އެވެ. އެކަމަކު ޝޯގައި ބައިވެރިވާނެކަމުގެ ޔަގީންކަން ކަރީނާ ވަނީ ދީފަ އެވެ.
ކަރީނާ ފިލްމީ ދުނިޔެއަށް އެނބުރި އައުން ފާހަގަކުރަން ހަމަޖެހިފައި ވަނީ ސޯނަމް ކަޕޫރާ އެކު ކުޅޭ "ވީރް ދީ ވެޑިން" އިންނެވެ. މި ފިލްމު ވެސް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށްވެ އެވެ.
ވިހެއުމަށްފަހު ގިނަ މީހުން އަރާމުކުރަން ދުވަސްކޮޅަކު ގޭގައި ތިއްބަސް ކަރީނާ އަބަދުވެސް ޕާޓީތަކާއި އިވެންޓްތަކުން ދަނީ ފެންނަމުންނެވެ.
ކަރީނާގެ އެކުވެރިޔަކު ބުނި ގޮތުގައި ބަލިވެ އިނުމުގެ ސަބަބުން ގައިގައި ޖަހާފައިވާ މަސްތައް އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ދުއްވާލަން ކަރީނާ ގަސްތު ކުރެ އެވެ. އޭނާ އެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯކޭޖާނޫ
17 January 2017
ތިއީ ދެން ދުނިޔޭގެ އެދުމުގެ އިންތިހާ އެވެ. ކުޑަމިނުން ދަރިފުޅަށްޓަކައި 06 މަހު މަޑުކޮށްލިނަމަ ވެސް އޯކޭ އެވެ. ލޯބިލޯބި ތުއްތު ތައިމޫރު ބަލަން ކިތަންމެ ގިނަ މީހުންނެއް ތިއްބަސް މަންމަ ނެތުމުން އެވާ ގެއްލުން ފުލެއް ނުބެއްދޭނެއެވެ. ނަމަވެސް ކަރީނާގެ ވެނިޓީ ވޭން ގައި ދާހާ ތަނަކަށް ތައިމޫރު ގޮވައިގެން ގޮސް ލިބޭ ބްރޭކް ގައި ދަރިފުޅަށް ގާތުންދީ ހަދާނަމަ އެއްވެސް މައްސަލައެއް ނެތެވެ.
ާޢަބުދުﷲ ޢަލީ
18 January 2017
މިހާރު ކަރީނާ އަށް ތިކަން އެގިއްޖެ.ތިގޮތައް ދަރިފުޅުގެ ކަންތައް ހަމަޖއްސާނެ.
ހުސައިން
18 January 2017
ތިޔަ ކޮމެންޓް ކިޔާފައި ކަރީނާއަށް ވިސްނިއްޖެ..ކަރީނާ 6 މަސްދުވަހު ގޭގައި މަޑުކުރަން ދާދި ދެންމެއަކު ނިންމައިފި،