ޖާންވީ ކަޕޫރް
11 މާޗް 2023 - 06:01
ބޮލީވުޑްގެ ބަތަލާ، ޖާންވީ ކަޕޫރްގެ ފުރަތަމަ ޓެލޫގޫ ފިލްމް، "އެންޓީއާރް 30" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
އެ ފިލްމުގެ ލީޑު ރޯލުން ޖާންވީ ފެންނާނީ ބައިނަލްއަގްވާމީ ބޮޑު މަގްބޫލުކަމެއް ހޯދި ދެކުނު އިންޑިއާގެ ފިލްމު "އާރްއާރްއާރް" ގެ ލީޑު ރޯލު ކުޅުނު އެންޓީ ރަމާ ރާއޯ ޖޫނިއާއާ (ޖޭއަރް އެންޓީއާރް) އެކު އެވެ.
ޖާންވީގެ 26 ވަނަ އުފަންދުވަހާ ގުޅުވައިގެން މިދިޔަ ހޯމަ ދުވަހު ފިލްމުގެ ޕޯސްޓަރު ޝެއާކުރަމުން ބުނީ، ޖޭއާރް އެންޓީއާރްއާ އެކު އެ ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.
އިންޑިއާގެ މަގްބޫލު ޑައިރެކްޓަރު ކޮރަޓަލާ ސިވާ ޑައިރެކްޓުކުރަން ހަމަޖެހިފައިވާ "އެންޓީއާރް30" ފިލްމުގެ ޝޫޓިން މި މަހު 18 ގައި ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮ ތުގައި، އިންޑިއާގެ ހައިދަރްއާބާދުގެ ބޭރުގައި، މި ފިލްމަށް ހާއްސަކޮށް ބޮޑު ސެޓެއް ވެސް އަންނަނީ ހަދަމުންނެވެ.
ޖާންވީ ކަޕޫރް އެންމެ ފަހުން ފެނުނުނީ މިދިޔަ އަހަރު ނިކުތް "ގުޑް ލަކް ޖެރީ" ފިލްމުންނެވެ. އަދި ދެން އޭނާ އެންމެ އަވަހަށް ސިނަމާތަކުން ފެންނާނީ، އެކްޓަރު ވަރުން ދަވާނާއެކު "ބަވާލް" ފިލްމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy