މުނިފޫހިފިލުވުން

ދެކުނު އިންޑިއާ ފިލްމެއްގެ މުހިންމު ބައެއް ރާއްޖޭގައި

ކްރިސްޓީ 2023: އދ. ދަނގެތީގައި ނަގާފައިވާ މަންޒަރެއް

މިދިޔަ ފެބްރުއަރީ މަހު ނެރުނު މަލަޔާލަމް ފިލްމު "ކްރިސްޓީ" އަކީ އިންޑިއާގެ އަވަށެއްގައި ގްރޭޑް 12 ގައި އުޅުނު ދަރިވަރަކު ޓިއުޝަނަށް ދިޔަ ޓީޗަރާ ހިތާވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޓިއުޝަނަށް ގޮސް އެ ދެ މީހުންގެ ގުޅުން އެކުވެރިކަމުން ފެށި ނަމަވެސް، ފިލްމުގެ މެދެއްހާ ހިސާބުން ރޯއީ (މެތިއު ތޯމަސް) އޭނާގެ ޓީޗަރު ކްރިސްޓީ ޖޯސެފް (މަލަވިކާ މޮހަނަން) ލޯބި ހުށަހަޅަން ދާއިރު އެނގެނީ ކްރިސްޓީއަށް ރާއްޖެއިން ވަޒީފާއެއް ލިބިގެން ފުރަން އުޅޭ ކަމެވެ. އެއީ އދ. ދަނގެތި ސްކޫލުގެ ޓީޗަރަކަށެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ކްރިސްޓީ ރާއްޖެ އައިސް، ދަނގެތީ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ

ފިލްމުގައި ގެނެސްދިން "މާލި ޕައްޓު" ލަވައިގާ ކްރިސްޓީ ރާއްޖެއައިސް، ދަނގެތި ސްކޫލުގައި އުޅޭ މަންޒަރުތައް ދައްކާލި އެވެ. އަދި އެ ރަށުގެ ކުދިބޮޑު ގިނަބަޔަކާއި، ހިތްގައިމު ގޮނޑުދޮށާއި، މަގުތައް ވެސް އެ ލަވައިގެ މަންޒަރުތަކުގައި ގެނެސްދެ އެވެ.

ދަނގެތި ސްކޫލުގެ ދަރިވަރުންތަކެއް ވެސް ފެންނަ އެ މަންޒަރުތަކުގައި، ދިވެހިވަންތަ ހެދުމުގައި ފަންގެވިންނަން އިން އަންހެނެއް ވެސް ދައްކާލަ އެވެ.

އެ ލަވަފެށުނީ، ރޯއީ އަށް ކްރިސްޓީއަށް ނުގުޅިގެން، ގެއަށް އައިސް ކޮމްޕިއުޓަރު ދަށުގައި އިނދެ ގޫގުލް މެޕުން ދަނގެތި ހޯދައި، އެތަނުގެ ފޮޓޯތައް ބަލަން ފަށާ ހިސާބުންނެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ދަނގެތި ސްކޫލުގެ ކްލާސްރޫމެއްގައި ދިވެހިން ލިޔެފަ ހުރި ބަސްތަކެއް، ކްރިސްޓީ ފުހެލަނީ

އޭގެ ފަހުން ރޯއީގެ އުފަންދުވަހާ ދިމާކޮށް، ކްރިސްޓީ އެނބުރި އިންޑިއާ އަށް ދެ އެވެ. އަދި ދެމީހުންގެ ދެމެދު ވަރަށް ގާތްގުޅުމެއް ވެސް އުފެދުނެވެ.

ފިލްމުގެ ނިމޭ ހިސާބުގައި، ރޯއީ ކްރިސްޓީއާ އެކު ރާއްޖެ އަންނަން އެއާޕޯޓަށް ދެ އެވެ. އަދި އެތަނުން ޖެހޭ މައްސަލައަކުން ކްރިސްޓީ، ރޯއީ ދެކެ ރުޅިއާދެ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ފްލައިމީގައި ކްރިސްޓީ އަދި ރޯއީ ރާއްޖެ އަންނަނީ

ދެމީހުން ވެސް ވިލާއެއާގެ "ފްލައިމީ" މަތިންދާބޯޓެއްގައި ރާއްޖެ އައިސް، އދ. މާމިގިލި އެއާޕޯޓުތެރޭގައި އުޅޭ މަންޒަރުތަކުގައި، ރޯއީ ދަންނަމީހެއް ކަމަށް ވެސް ކްރިސްޓީ ނުހެދުމުން އޭނާ އެކަނިވި އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: މާމިގިލި އެއާޕޯޓުތެރޭގައި ރޯއީ ރޯން އިންދާ، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތަކެއް އޭނާއަށް ވީ ގޮތެއް ބަލަނީ

މާމިގިލި އެއާޕޯޓުތެރޭގައި ރޯއީ ރޯން އިންދާ، އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންތަކެއް އޭނާއަށް ވީ ގޮތެއް ބަލަން އުޅޭ މަންޒަރު އެ ފިލްމުގައި ދައްކަ އެވެ. ރޯއީ ވީގޮތް ކިޔައިދިނުމުން، އެތަނުން މުވައްޒަފަކު ގޮސް ކްރިސްޓީއަށް ގޮވައި، ރޯއީ ދެއްކުމަށް ފަހު ދަންނަމީހެއްތޯ އަހަ އެވެ. ނަމަވެސް، ހިތާ ދެކޮޅަށް ކްރިސްޓީ ބުނީ ނުދަންނަ ކަމަށެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އެއާޕޯޓު ސްޓާފަކު، ކްރިސްޓީއަށް ރޯއީ ދައްކައި، އޭނާ ދަންނަންތޯ ސުވާލުކުރަނީ

އޭގެ ފަހުން، އެކަމުގެ ހިތާމައިގާ ރޯއީ އިންދާ، އެއާޕޯޓު ސްޓާފެއްގެ ކެރެކްޓާއެއް ފިލްމުގައި އެއާޕޯޓުތެރެއިން އޭނައަށް އެހީވެ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: ރޯއީ އަށް އެހީވި ހުދާ

އެކަމަކު، ކްރިސްޓީއާއެކު ދާނެގޮތެއް ނެތި އަދި އެނބުރި އިންޑިއާއަށް ވެސް ދެވޭނެ ގޮތެއް ރޯއީއަކަށް ނެތެވެ. ފިލްމު ނިމުނީ، ރޯއީ އުޅުނު ހާލަށް ކެތް ނުވެގެން، ކްރިސްޓީ އެ އެއާޕޯޓުގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން، ރޯއީ އަށް އެނބުރި އިންޑިއާ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.

"ކްރިސްޓީ" ފިލްމުގެ މަންޒަރެއް: އިމިގްރޭޝަންގެ އިސްއޮފިސަރަކާ ވާހަކަ ދެއްކުމަށް ފަހު، ރޯއީ އަށް އެނބުރި އިންޑިއާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދީ، އެތަނުން ކްރިސްޓީ ނިކުންނަނީ

ރޯއީ އާއި ކްރިސްޓީ ވަކިވާންޖެހުމުން ދެމީހުން ހިތާމަ ކުރާ މަންޒަރު ފެނެ އެވެ. ކްރިސްޓީ މާމަގިލިން ދަނގެއްޗަށް ދާން ދިޔަ ފެރީ މަތީގަ އެވެ. އަދި ރޯއީ އެނބުރި ގައުމަށް ދިޔަ ފްލައިޓު މަތީގަ އެވެ.

މި ފިލްމަކީ އިންޑިއާގެ ޑައިރެކްޓަރު އެލްވިން ހެރީ ފުރަތަމަ ފަހަރަށް ޑައިރެކްޓުކުރި ފިލްމެވެ. އަދި މިއީ 2007 ވަނަ އަހަރު ހިނގާދިޔަ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު، އިންޑިއާގެ އޯޓީޓީ ޕްލެޓްފޯމް "ސޮނީލިވް" އިން ބެލޭނެ އެވެ.

18 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 10%
icon angry icon angry 7%
icon wow icon wow 3%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުޜާ

18 March 2023

ބޯޑުގައި ލިޔެފައިވާ މާދަރީ ބަހާ ބެހޭ ބައި ފޮހެލާ މަންޒަރުން ދޭ މެސެޖަކީ ކޮބާ؟ އެކީއެކަށް އިންޑިޔާ ގެ ތަނަކަށް މިރާއްޖެ ހަދައިދިފިޔޯ މިވެރިކަމުގަ!

The name is already taken The name is available. Register?

މަހާ

19 March 2023

އިޓްސް ނޮޓް ދެޓް ޑީޕް

The name is already taken The name is available. Register?

ބުރާންތިން

19 March 2023

ދޭ މެސެޖަކީ ކަލޭ ބޮލަށް ބޭސް ކުރަން ވިއްޔޭ!

The name is already taken The name is available. Register?

ފާންތ

20 March 2023

ހުވާ. މީހުން މިހާ ބޯގޯސްތަ.

The name is already taken The name is available. Register?

މައިކާލޯސް

17 March 2023

ކީއްވެތަ ސީޒަން ޖެކްސަންމެންނަށް މިގޮތަށް ރީތިފިލްމެއް ރާއްޖޭގަ އުފައްދަން ނޭނގެނީ؟ މުޅިންވެސް ހުތުރުބަހުން ހަޅޭއްފަޅޭއްލެވުން، މަޖާވާން ހަދައިގެންގޮސް ހަމައިން ނެއްޓުން، ބިރުވެރިވާން ހަދައިގެން ގޮސްވާނުވާނޭގޭ ހިސާބުގަ، ލޯބިވާން ހަދައިގެން ދިޔަގޮތަށް ގޮސް ހަޔާތްކެނޑި ގޭގެ ސިޓިންރޫމްގަ ބަލަން ނުކެރޭވަރުވޭ.

The name is already taken The name is available. Register?

ރައްޔިތުސޮރު

17 March 2023

ދަނގެތީ ރައްޔިތުން ދަނގެތީގެ އަދި ދިވެހިރާއްޖޭގެ ލޯކަލް ޓޫރިޒަމު ޕްރޮމޯޓުކުރަން ކިތަންމެ މަސައްކަތެއްކުރިޔަސް ދިވެހި ސަރުކާރަކުން އެއްވެސް އެހީތެރިކަމެއްނުދޭ އޭގެބަދަލުގަކުރަނީ ޖެއްސުން. ޓޫރިސްޓުން އެހާގިނައިން އަންނަ ދަނގެތީގަ އަދިވެސް ފެންވަރަން ލިބެނީ ނަޖިސްފެން. ގެސްޓުހައުސްތައް އެންމެ ބައިބޯދިމާލުގަ އެންޓަނާތަކާ ޖަންކްޝަން ވަސްހޮޅިޔާ ކަރަންޓު ހައިވޯލްޓޭޖް ފޯމަރުތައް ބެހެއްޓީމަ އެކުރެވެނީ ޖެއްސުން!

The name is already taken The name is available. Register?

ނާނާ

20 March 2023

ސަރުކާރުން އޮކްސިޖަން ނުދޭތީ ރަށުމީހާ ނޭވާނުލާ ހުންނާން ނުހެޖެހޭނެ. އެންމެން އެކައްޗެއްކިޔާފަ ފެން ޕްލާޓެއް ބަހައަޓާލަ ބަލަ އަޅެ ނިކަން. ސަރުކާރުން ރައްޔިތުންގެ ހައްގު ހޯދާދޭން އެބަ އުޅޭތަ؟ ސަރުކާރުން އަބަދުވެސް ވަކިބައެއްގެ ޖީބު ފުރާދޭން އުޅޭނީ.

The name is already taken The name is available. Register?

ކިތުނާ

17 March 2023

ތިފިލްމުގާ ޝާހުރުކު އުޅޭނެތަ؟ ޝާހު ނޫނީ ސަލްމާނު އުޅެންޏާ ބެލޭނީ.

The name is already taken The name is available. Register?

މިތުރާ

18 March 2023

ކަލޭ ނުބެލީމަ ވީނު. އިނދެބަލަ ޝާހު އާ ސަލްމާންގެ ފޮޓޯއަށް ބަލައިގެން. މިހާރު ގިނަ މީހުން ބަލަނީ ދެކުނު އިންޑިއާގެ ފިލްމްތައް. ބޮލީވުޑް ވައިވެއްޖެ.

The name is already taken The name is available. Register?

2023

17 March 2023

ޙުދާ ވަރަށް ފިލްމީ.... ބޮއިހަލަލި

The name is already taken The name is available. Register?

ހަސަނަ

17 March 2023

ދިވެހި ފިލްމެއް ނަގާކަށް ރަށެއްގެ ސްކޫލަކަށް ވަންނާކަށް އެޑިޔުކޭޝަނުން ހުއްދައެއް ނުދޭނެ ނުވި ތާކަށް ސްކޫލު ކުއްޖެއްވެސް ނުދެއްކޭނެ

The name is already taken The name is available. Register?

ލޫސިފަރ

18 March 2023

ގައިމު މަގޭ ސްކޫލް ދައުރުގަ ރަށުގަ ކުޅުނު ފިލްމަކަށް ހުއްދަވެސް ދިން. ސްކޫލު ކުދިންވެސް ދެއްކި

The name is already taken The name is available. Register?

ޖަލީލު

17 March 2023

ހުދާޔަށް ހިތް ކިޔައިފި .އިތުރު ފިލްމަކުން ހުދާ ފެންނާނެ ނަމަދޯ.

The name is already taken The name is available. Register?

ވަލީ

18 March 2023

ތަނަކުން މޭކަޕް ކޮށްލާފަ ހުންނަ އަންހެނެއް ފެންނައިރަށް ހިތްކިޔަން ޖެހޭނެ. ތިޔަށް ކިޔަނީ ހިތްކިޔުމެއްނޫން. ހޭ ަލިވުން.

The name is already taken The name is available. Register?

ޖަޒީރާބޯއީ

16 March 2023

މިހާރު ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެކޭ. އޮޓޯ(ކުރޮޅި) ވެސް ދުވަސްކޮޅަކުން މިރާއްޖޭން ފެންނާނޭ. މީ ޖަޒީރައިންޑިއާ. ހަ ހަ ހާ

The name is already taken The name is available. Register?

ކުދު ބެއްޔާ

16 March 2023

ލަވަ އާއި ސީންތައް ވަރަށް ރީތި

The name is already taken The name is available. Register?

މަފް

16 March 2023

މިއުޒިކާއި ސިނެމެޓޮގްރަފީ ވަރަށް ރަގަޅުހެންހީވޭ. ފިލްމުބަލާލީމަ އެނގޭނީ.

The name is already taken The name is available. Register?

ބަފް

18 March 2023

އެކޯއްޗެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454