ފަލަސްތީން-ޗިލީ ލަވަކިޔުންތެރިޔާ އެލިއާނާ
19 އެޕްރީލް 2023 - 07:19
އެމެރިކާގައި ކޮންމެ އަހަރުކެވެސް ބާއްވަމުން އަންނަ ކޯޗެއްލާގައި ފުރަތަމަ ފަހަރަށް އަރަބި ލަވަ ސެޓެއް ހުށަހަޅައިދިން ފުރަތަމަ އާޓިސްޓުގެ ތާރީހީ ރެކޯޑު، އެލިއާނާ ހޯދައިފި އެވެ.
ފަހަކަށް އައިސް މަގްބޫލުކަން ހޯދަމުން އަންނަ ފަލަސްތީނުގެ ދަރިފަސްކޮޅަށް ނިސްބަތްވާ އެ ލަވަކިޔުންތެރިޔާގެ ކޯޗެއްލާ ހުށަހެޅުމަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.
އެލިއާނާ
"މި ތައާރަފްކުރަނީ އާ ސަގާފަތެއް އަދި މި އުޅެނީ ދުނިޔޭގެ އެންމެނަށް އަހަރަމެންގެ އަޑު އިއްވޭތޯ ޔަގީންކުރަން." އެލިއާނާ، "އަރަބް ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ލުބްނާނުގެ ލަވަކިޔުންތެރިޔާ މަސާރީއާ އެކު ކިޔާފައިވާ "ގަރީބް އަލައި" ފަދަ ލަވަތަކުން މަޝްހޫރުވެފައިވާ އެލިއާނާ އަކީ ކޯޗެއްލާގައި ޕަފޯމު ކުރި ފަލަސްތީނުގެ ފުރަތަމަ އާޓިސްޓެވެ.
އެ ހުށަހަޅައިދިނުމުގެ ތެރެއިން އެލިއާނާ ވަނީ ފަލަސްތީނުގެ މީހުން ބޮލުގައި އަޅަން ބޭނުންކުރާ ފޮތިކޮޅު، "ކެފިއްޔާ" ދައްކާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1238
19 April 2023
ފަލަސްތީނު ކަނބަލުން ފަހުރުވެރިވާނެ ގޮތަކަށް އޭނަ އެހުރީ!