އަދިތިޔަ އާއި އަނަންޔާ އެކުގައި ފެންނަ ފޮޓޯތައް.
13 ޖުލައި 2023 - 06:28
ބޮލީވުޑްގެ ތަރިން ކަމަށްވާ އަދިތިޔަ ރޯއީ ކަޕޫރު އާއި އަނަންޔާ ޕާންޑޭ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ދެމީހުން އެކުގައި ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އަނަންޔާ އާއި އަދިތުޔަގެ ގުޅުމާ ބެހޭ ގޮތުން އަޑުތައް ފެތުރިފައިވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު، މިހާތަނަށް ވެސް އެ ގުޅުމާ ބެހޭ ގޮތުން ދެތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެ އަޑުތައް ފެތުރުނީ މިދިޔަ އަހަރު ކްރިތީ ސެނޮންގެ ދިވާލީ ޕާޓީގައި ދެތަރިން އެކުގައި ފެނުނު ފަހުންނެވެ.
އެ ވާހަކަ ވަރަށް ގަދައަށް ދެކެވެނިކޮށް، ދެތަރިން ވަނީ މިދިޔަ އަންގާރަ ދުވަހު ސްޕެއިންގައި އޮތް ކޮންސެޓެއްގެ ވީޑިއޯ އިންސްޓަގްރާމް ސްޓޯރީއަށް ލައިފަ އެވެ. އެހެންވެ ދެތަރިން ތިބީ އެއް ތަނެއްގައި ކަން އެނގުނެވެ.
އޭގެ ފަހުން ދެތަރިން އެކުގައި ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ފޮޓޯތަކުގައި ދެމީހުން ބައްދާލައިގެން ތިބޭތަން ފެނެ އެވެ. އެއީ ސްޕެއިންގައި އޮތް ކޮންސެޓް ނިންމައި އިއްޔެ ޕޯޗުގަލްއަށް ދެތަރިން ގޮސް އުޅެނިކޮށް ޕަޕަރާޒީންގެ ބަޔަކު ނެގި ފޮޓޯތަކެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުންޏެވެ.
ނޫސްތަކުން ކުރިން ރިޕޯޓްކުރި ގޮތުގައި، އެ ދެތަރިން އަންނަނީ މި އަހަރު ފަހުކޮޅު ކައިވެނިކުރަން ވެސް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy