11 ނޮވެމްބަރ 2023 - 07:14
އެމެރިކާގެ އެނިމޭޓެޑް ސީރީޒް "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"އަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ލައިވް އެކްޝަން ސީރީޒްގެ ޓީޒާ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އެ ޓީޒާ ޓްރެއިލާ އަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. ގާތްގަނޑަށް ދެ މިނެޓުގެ އެ ޓީޒާގައި ވަނީ މި ސީރީޒްގެ ކާސްޓުގެ ބައެއް މަންޒަރުތައް ދައްކާލައިފަ އެވެ.
"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ލައިވް އެކްޝަން ފިލްމެއް ވެސް މީގެ ކުރިން ގެނެސްދިނެވެ. އެކަމަކު، އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބި، ފްލޮޕްވީ އެވެ.
މީގެ އެނިމޭޓެޑް ސީރީޒަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސީރީޒެކެވެ. އެހެންވެ، ނެޓްފްލިކްސް އިން މީގެ ލައިވް އެކްޝަން ސީރީޒް އިއުލާން ކުރުމާ އެކު އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެއީ ކުރިން އެހެން ބަޔަކު ހެދި މީގެ ރީމޭކް ވެސް ފޭނުންނަށް ކަމުނުދިޔުމުންނެވެ.
"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ލައިވް އެކްޝަން ސީރީޒްގައި މުހިންމު ރޯލުތަކުން ފެންނާނީ ގޯޑަން ކޯމިއާ، ކިއަވެންޓިއޯ، ޑަލަސް ލިއު، އެލިޒަބަތު ޔޫ އަދި ޑޭނިއަލް ޑޭ ކިމް އެވެ.
ނެޓްފްލިކްސް އިން މި ސީރީޒް އިއުލާންކުރީ 2018 ވަނަ އަހަރުގަ އެވެ. އަދި ޕްރޮޑަކްޝަން މަސައްކަތް ފެށީ 2019 ގަ އެވެ. އެހެންވެ، މިއީ ދިގު އިންތިޒާރެއްގެ ނިމުމެވެ.
މި ސީރީޒް ސްޓްރީމް ކުރަން ފަށަނީ އަންނަ އަހަރު ފެބްރުއަރީ 22 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
11 November 2023
ލޮލް ބޮލުގަ ތީރެއް ޖަހާފަ އެހެރީ ކީއްކުރަންބާ؟