10 ޑިސެމްބަރ 2023 - 10:37
"ދި އާޗީސް" ފިލްމުގެ ޕްރިމިއާ ހަފުލާ އަށް ހުޝީ ކަޕޫރް ދިޔައީ އޭނާގެ މަންމަގެ ހަނދާނުގައި، އިންޑިއާގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީގެ ހެދުމެއް ލައިގެންނެވެ. އޭނާ ބޮލީވުޑަށް ތައާރަފުވި މި ފިލްމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ މި ހާއްސަ ސަބަބާ ގުޅިގެންނެވެ.
މި 10 އަހަރު ވީ ރަން ކުލައިގެ ހެދުމަކީ 2013 ވަނަ އަހަރުގެ އައިފާ އެވޯޑްސްގެ ރެޑްކާޕެޓް ހަފްލާ އަށް ސްރީދޭވީ ލައިގެން ދިޔަ ހެދުމެވެ.
މަންމައަށް ޓްރިބިއުޓެއް ދިނުމުގެ ބޭނުމުގައި ލައިގެން ހުރި މި ހެދުމަކީ ކައުފްމަން ފްރެންކޯ ބްރޭންޑުގެ ޑިޒައިނެކެވެ. ސްރީދޭވީ އާއި ހުޝީގެ ފޭނުންނަށް މި މަންޒަރު ވެގެން ދިޔައީ ވަރަށް ހާއްސަ ވަގުތުކޮޅަކަށެވެ. މި ހެދުމުގެ އިތުރުން އަޅައިގެން ހުރި ޑައިމަންޑް ގަހަނާތަކަކީ ވެސް ސްރީދޭވީ ބޭނުންކުރި އެއްޗެއްސެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނުކުތް "ދި އާޗީސް" އަކީ ގިނަ ބައެއްގެ ކުޑައިރުގެ އެތައް ހަނދާންތަކެއް ގުޅިފައިވާ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ހުޝީ ކުޅެފައި ވަނީ ބެޓީ ކޫޕާގެ ރޯލެވެ.
މި ފިލްމަކީ ބޮލީވުޑްގެ ސުޕަސްޓާރު، އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔަ ނަންދާ އަދި ޝާހްރުކް ހާންގެ އަންހެން ދަރިފުޅު، ސުހާނާ ހާން ވެސް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްދަ
12 December 2023
"ދި އާޗީސް" ފިލްމުގެ ޕްރިމިއާ ހަފުލާ އަށް ހުޝީ ކަޕޫރް ދިޔައީ އޭނާގެ މަންމަގެ ހަނދާނުގައި، އިންޑިއާގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީގެ ހެދުމެއް ލައިގެންނެވެ. ސްރީ ދޭވީއަކީ ހުޝީގެ މަންމަކަން ނޭނގޭ މީހަކަށް މި ޖުމުލަ ފަހުމުވާނީ ނުޅިން އެހެންގޮތަކަށް ދަރިންނޭ ދިވެހި ބަސް ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކުރޭ