މުނިފޫހިފިލުވުން / ލައިޝާ ޖުނައިދު

"ހޯދޭތޯ މަންޒިލެއް"ގެ ހަގީގަތް އެނގުމުން ލައިޝާ އަށް ޝޮކެއް، މައާފަށް އެދިއްޖެ

ލައިޝާ: އޭނާގެ "ހޯދޭތޯ މަންޒިލް" އަކީ ކޮޕީ ރާގެއްކަން އެނގުމުން މިހާރު ހުރީ ވަރަށް މާޔޫސްވެފައި.

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލަވަ ކިޔުންތެރިޔާ ލައިޝާ ޖުނައިދުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ "ހޯދޭތޯ މަންޒިލެއް" އަކީ ކުރީގެ ރާގަކަށް ހަދާފައިވާ ލަވައެއްކަން އެނގުމުން ވަރަށް ބޮޑަށް ހައިރާންވެ، އާންމުންގެ ކިބައިން މައާފަށް ވެސް މިއަދު އެދިއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ އެއް ފަނޑިޔާރު ކަމަށްވާ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އާއި އޭނާއާ އެކު ޓޯނިކް ލައިވް ސްޓޫޑިއޯ ހިންގާ ފަޒީލް ޚަލީލު ތައްޔާރުކުރި ރާގަށް އެންމެ ފުރަތަމަ ލަވަކިޔާފައި ވަނީ ފަޒީލްގެ ދަރިފުޅު އައިޝަތު އައިން ފަޒީލް، 2013 ގެ ސްކޫލްތަކުގެ ލަވަ މުބާރާތުގަ އެވެ. އައިންގެ ލަވައަށް ޅެން ހަދައިދިނީ ހުސެން ނާހިދެވެ.

ޕީއެސްއެމުން ތައްޔާރުކުރި ލައިޝާގެ އަލްބަމްގެ ހުރިހާ މަސައްކަތެއް ހަވާލުކުރީ ޓޯނިކް ލައިވް ސްޓޫޑިއޯއާ އެވެ. ޕީއެސްއެމުން އެ އަލްބަމް އެ ސްޓޫޑިއޯއާ ހަވާލުކުރީ ސައްތަ އިން ސައްތަ އާ ރާގުތަކާ އެކު ނެރޭށެވެ.

އެކަމަކު މިދިޔަ މަހުގެ 26 ގައި ރިޒީލްކުރި ލަވަ އަކީ ކުރިން އެ ސްޓޫޑިއޯ އިން ތައްޔާރުކޮށް އާންމުކުރި ރާގެއް ކަމަކަށް ބުނެފައެއް ނުވެ އެވެ. އެހެންކަމުން އެ ރާގުގެ ހަގީގަތެއް ލައިޝާއަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ލަވަ ހަދައިދިން "ހޯދޭތޯ މަންޒިލެއް" ގެ ވީޑިއޯ އަށް މިހާތަނަށް 30،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ލައިޝާ ބުނީ އެ ލަވަ އޭނާއާ ހަމައަށް ގެންދިޔައީ "އޮރިޖިނަލް މެލޮޑީއެއް" ކަމަށް ބުނެ ކަމަށެވެ. އަދި ލަވަ ރެކޯޑްކޮށް ނިންމާލި އިރު ވެސް، އެއީ ކުރީގެ ރާގަކަށް ހަދާފައި އޮތް ލަވައެއްކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.

ލައިޝާގެ ލަވަ އާއި އައިންގެ ލަވަ އެއްކޮށްލައިގެން ހަދާފައިވާ ވީޑިއޯއެއް.

އޭނާ ބުނި ގޮތުގައި "ހޯދޭތޯ މަންޒިލެއް" އަކީ "ކޮޕީކޮށްފައި އޮތް ރާގެއްކަން އެނގުމުން ބޮޑު ޝޮކެއް" ލިބުނެވެ.

"...އަހަންނަކީ ހަމައެކަނި ލަވަ ކިޔުންތެރިއެއް. ލަވަ ކިޔުންތެރިއެއްގެ ޒިންމާ މީގައި އަހަރެން އަދާކޮށްފައި އެ އޮތީ. ލަވައިގެ ކޮންމެ ނޯޓެއް އަހަރެން ކިޔާފައި ވާނީ ކޮމްޕޯޒަރު ބުނި ގޮތަށް،" ޒުވާން ލަވަކިޔުންތެރިޔާ ބުންޏެވެ.

"އަދި މި ލަވައަކީ އޮރިޖިނަލް ލަވައެއްގެ ގޮތުގައި ދޫކޮށްލެވުނީތީ އެކަމަށް މައާފަށް ވެސް އެދެން."

ލައިޝާ ބުނީ ލަވަ ކިއުން ފިޔަވައި އޭގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

މި ތަޖުރިބާއާ އެކު އޭނާ ދިން ޔަގީންކަމަކީ ކުރިއަށް އޮތް ތަނުގައި "100 ޕަސަންޓް އަމިއްލަ ރާގަކަށް" ނޫނީ ލަވަ ނުކިޔާނެ ކަމެވެ.

video icon

"ކުރިއަށް އޮތް ތަނުގައި އަހަރެންގެ ފަރާތުން ފެންނާނީ ހަމަ މުޅިން ވެސް 100 ޕަސެންޓް އަމިއްލަ އުފެއްދުންކަމުގެ ޔަގީންކަން ދެން،" ލައިޝާ ބުންޏެވެ.

"ހޯދޭތޯ މަންޒިލެއް" ލަވަ ހެދުމުގައި ޒިންމާވި ހުރިހާ މީހުން އެ މީހުންގެ ކުށް ގަބޫލްކޮށް މައާފަށް އެދުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.

މިި މައްސަލާގައި ކުޑައިއްބެމެންގެ ފަރާތުން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އޭނާގެ ފޯނު ނިންވާލާފައި އޮތުމުން ގުޅޭ ގޮތް ވަނީ ނުވެފަ އެވެ.

40 ކޮމެންޓް, 192 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 12%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯތި

19 February 2017

މިހާރުވެސް ތިއީ ހަމަ 100% ދިވެހި އުފެއްދުމެވެ. އެހެން ގައުެމެއްގެ ކޮޕީއެއް ނޫނެވެ.

The name is already taken The name is available. Register?

މީނާ

19 February 2017

ބަލަ ލިބުނު ކޯރސް ތައް އެހެން ކުއްޖަކަށް ދިން ނަމަ މިހާރު އެކުއްޖާ ކިޔަވާތާ އަހަރެއްވެދާނެދޯ

The name is already taken The name is available. Register?

ޢުބައިދު

18 February 2017

ޢެހެން ނޫނަސް ތީކީ މާކަ ރީތި ލަވައެއްވެސްނޫން

The name is already taken The name is available. Register?

އަދުރޭ

18 February 2017

އެއްވެސް މީހަކު އެހެން މީހަކަށް ދެރައެއް ދޭން ކުރިކަމެއްނޫން މީކީ. ކުޑައިއްބެ ހެދި ރާގެއްމީ. ކުޑައިއްބެ އަށް އެރާގު ކިތައްމެ ފަހަރަކުވެސް ބޭނުން ކުރެވިދާނެ. ކުރިން ހެދި ޅެމަށް ކީ ލަވަ މާ ބޮޑަށް މަޝްޙޫރު ނުވީމަ، އެ ރާގަށް ދެވަނަ ފުރުސަތެއް ދިނީ...މީ ވަރަށް ގިނައިން މިއުޒިޝަނުން ކުރާކަމެއް... މިސާލަކަށް: ފައްތެ ގެ ރީތިކަން، ސިންދިތާ، ފަސީ ގެ ހަނދާ، ... ގެ ރާގަައް އެބަހުރި ކުރިން ސްކޫލް ކުދިން ލައްވާ ލަވަ ކިއުއްވާފަ...

The name is already taken The name is available. Register?

އިބޫ

18 February 2017

ގްރޭޓް މޫވް ލައިޝާ ޒިންމާ ނަގާ، ކަމުގެ ހަގީގަަތް އޮޅުންފިލުވައިދިނުން ވަރަށް ސަޅި. ދެން ތިބިމީހުންވެސް ލައިޝާ ފަލޯވ ކުރާން ކަމަށް ދެކެމު

The name is already taken The name is available. Register?

އައްޑޫ ރަދުން

18 February 2017

ތީ ދެން ރާގްތަ....؟..ރާގެއް ރާގަކަށްވަނީ އެހެން ލަވައެއްގެ އެސެންސް އޭގައި ނެތުމުން ޔުނީކުވުމުން މިޒާތުގެ އަމިއްލަ ރާގަކީ އަމިއްލަ ރާގެއްތޯ ބަލަން މިޖެހެނީ ފެކްޓްޗެކަރ އެއްބޭނުން ކުރަން.މިހެންވެ މިކިޔާ ޕޮޕް ލަވަ އަޑުނާހަނީވެސް ކީބޯޑުގައި ހުންނަށް ފިތަކަށް ފިތާލާފަ ކޮންމެވެސް ބީޓެއް އައިމަ ކޮންމެވެސް ނޯޓުތަކަކުން ޕޫޕޫ ޕޫޕޫ ލައްވާނެ.އެވީ އާރާގަކަށް.މިމީހުންނަށް ރާގެއް ނެހެދޭކަން ވަރަށް ސާފުކޮ އިނގޭނެ ދޮހޮއްކޮ ގެންގުޅޭ ހަރުމަނިޔާ ދީފަ ތިރާގުތަށް ކިޔުއްވީމަ...މީ ޔޫސޭ ބުނާކަހަލަ "އަލް ބޮން"..

The name is already taken The name is available. Register?

ސިފަ

18 February 2017

ތި ފެންނަނީ ތި ކަމަށް ކުރާ ޚަރަދު. ތި ޝޯގެ ބަދަލުގައި މީހުންގެ ލޮލުގައި އަދުން އެޅުވުމަށް ބާއްވާ ދީނީ ޝޯއަކީ އަލިގަދަ ތަރި. މިދައަހަރު އެ މުބާރާތް ފެށިގެން ފުރަތަމަ ބުރުން މީހުން ކެޓިއިރުވެސް ތަމްރީނެއް ނުދޭ. އެއްވެސް އޮގަނަައިޒް ކަމެއް ނެތް. ތިވަރަށް ޚަރަދުކޮށްގެން އަލިގަދަ ތަރި ބާއްވާފި ނަމަ އެ މުބާރާތުން އެއްވަނައަށް ދާ ކުއްޖާ ވެގެންދާނީ ހަމަ އަލި ގަދަ ތަރިއަކަށް.

The name is already taken The name is available. Register?

އިޙްސާންތެރިޔާ

18 February 2017

ތިއީ ލައިޝާ މާފަށް އެދެންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ތިއީ ކުޑަ އިއްބެ އާއި ޕީއެސްއެމް އިން ލައިޝާއަށް ކުރި ވަރަށް ބޮޑު މަލާމާތެއްކަން އެބައެނގެއެވެ. އެނގިތިބެމެ ނުވަތަ ނޭގިތިބެމެއެވެ. މިހާރު ކުރިއަށްދާ މޯލްޑިވިއަން އައިޑަލް ސ2 އިން ކުޑައިއްބެ ބޭރުކުރަން ޖެހެއެވެ. އަދި އޭނާއަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ ޕީއެސްއެމް އިން ނުދީ ހިފަހައްޓަން ޖެހޭނެއެވެ. ތިއީ ލައިޝާއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އަދީ ޕީއެސްއެމްގެ އަގުވެސް ވެއްޓުނީއެވެ. ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެއެވެ. އެހެން ނޫނީ މިފަދަ ކަންކަން ތަކުރާރުވާނެއެވެ. މަޝަކީ ޝަލަބީގެ ސަޕޯޓަރެކެވެ. އެހެނަސް ލައިޝާއަށް އަށް ވެސް މިކަމުގައި އިންސާފު ލިބެން ޖެހޭނެއެވެ.

The name is already taken The name is available. Register?

މުހައްމަދު

18 February 2017

އޭ މީނަ އަދިވެސް ޑޮކްޓަރުކަން ނުކިޔަވާ ލަވަކިޔަނީތަ، އިރެއްގަ ހީވި ދެންމެ ދެންމެ ހެން ޑޮކްޓަރަކަށް ވެދާނެ ހެން

The name is already taken The name is available. Register?

ނީނާ

19 February 2017

ޑޮކްޓަރ ލައިޝާއޭ ކިޔައިގެން އުޅުނު އިރު ޑޮކްޓަރ ގެ ލަޤަބު ލިބެނީ ލައްކަ މަސައްކަތް ކޮށްގެން ކަމަކަށް ނޭގުނު.. ރޯނު އެދުރު

The name is already taken The name is available. Register?

ކެހެރި

18 February 2017

ތީއަމިއްލަ ރާގެއް ކަމަށްވަންޏާ ކުރިން ބަޔަކު ކިޔަސް ވާނީ އޮރިޖިނަލް އަކަށް. މެލޮޑީ އަކީއިއްބެމެންގެ އަމިއްލަ އެއްޗެއްކަމަށްވަންޏާ ކޮބާ މައްސަލައަކީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454